بســـم الله الرحمن الرحيم
(ނިޝާން)
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ،
ދިވެހިރާއްޖެ
1998 ސާކިއުލަރ
ލިބެންވީ: ސަރުކާރުގެ ސްކޫލްތައް، ރައްޔިތުންގެ ސްކޫލްތައް ، އަމިއްލަ ސްކޫލްތައް، އަތޮޅު އޮފީސްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގާ ފަންނީ މަރުކަޒުތައް
ކޮޕީ: ރަށުއޮފީސްތައް، އަވަށު އޮފީސްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގާ ޖަމިއްޔާތައް
ނަންބަރު: 25/98
ތާރީޚް: 13 ރަޖަބު 1419 ( 2 ނޮވެމްބަރު 1998 )
ނިވާކަން ކުޑަ ހެދުންތަކުން ކުދިން ދުރުހެލިކުރުވުން
މިސަރކިއުލަރާ އެކު މި ދޮނުވަނީ ނިވާކަންކުޑަ ހެދުންތަކުން ކުދިން ދުރުހެލިކުރެއްވުމަށް މި މިނިސްޓިރީއިން ބެލެނިވެރިންނަށް ކޮށްފައިވާ 2 ނޮވެމްބަރު 1998 ގެ އިލްތިމާސެވެ.
މި އިލްތިމާސްގައި ބަޔާންކުރާ އުސޫލުތައް ހިފަހައްޓަވައިގެން ބެލެނިވެރިންނާއި މުއާސަލާތު ކުރައްވައިގެން އަދި ސްކޫލުން ސީދާ ފިޔަވަޅު އެޅެން ހުންނަ ކަންކަމުގައި ސީދާ ފިޔަވަޅު އަޅުއްވައިގެން ކުދިންގެ ހެދުންތައް ދިވެހި އިސްލާމީ މުޖްތަމަޢުގެ އަޚުލާޤީ މިންގަނޑުގެ ތެރޭގައި ހިފެހެއްޓެވުމަށް ބާރުއަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ.
އަދި މި ފުރުޞަތުގައި ސްކޫލް ޔުނީފޯމްތަކުގެ މިންތައް ބައެއް ސްކޫލްތަކުގެ ކުދިންގެ ޔުނީފޯމުގައި ނުހިފެހެއްޓި ހުންނަކަން ފާހަގަކުރެވެމުންދާ ކަމުގަޔާ އެކަންވެސް އިޞްލާޙު ކުރެއްވުމަށް ދަންނަވަމެވެ. އާ އަހަރު ފެށޭއިރު ބެލެނިވެރިން ޔުނީފޯމު ފައްސަވާއިރުވެސް ކުއްޖާ ބޮޑުވަމުން ދާނެކަމަށް ވިސްނަވައިގެން މިކަމަށް ސަމާލުކަން ދެއްވުމަށް ބެލެނިވެރިންނަށް ހަނދާންކޮށްދެއްވުންވެސް އެދެމެވެ.
އަޚުލާޤީ އެކިއެކި މައްސަލަތަކުގައި ކުދިން އިޞްލާޙު ކުރެއްވުމަށް ދަންނަވާ ދެންނެވުންތަކުގައި މުދައްރިސުންނާއި އެހެނިހެން މުއައްޒަފުން ނަމޫނާއަށް ވެވަޑައިގަތުމަށް ދަންނަވަމުން ގެންދާ ގެންދިޔުންވެސް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވައި،، ސްކޫލުގަޔާ ސްކޫލުން ބޭރުގައި މިސާކިޔުލަރާ އެކުގައި ވާ އިލްތިމާސުގައި ދަންނަވާފައިވާ އުޞޫލުތައް ހިފެހެއްޓެވުމަށް މުދައްރިސުންނާއި އެނޫން މުއައްޒަފުންނަށް އިލްތިމާސް ކުރަމެވެ.
(ސޮއި)
މުޙައްމަދު ލަޠީފް
މިނިސްޓަރ އޮފް އެޑިޔުކޭޝަން
| |
| |
|
Click on each image below to see the FULL sized image |
|

|
|
|
|
|
|