The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގައިގެން ނުވާނެ - މަދަނީ އިއްތިޙާދު

Category »  ޚަބަރު
Thursday, February 25, 2010
 : 

 

ރާއްޖޭގެ އެކިކަން ކޮޅުތަކުން މަދަނީ ޖަމިއްޔާތަކާއި، ކްލަބްތަށް ބައިވެރިވެފައިވާ މަދަނީ އިއްތިޙާދުން މަސައްކަތްކުރަމުންދަނީ، ދިވެހިރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގުން ހުއްދަކުރުމާއި ދެކޮޅަށްކަމަށް މަދަނީ އިއްތިޙާދުން ހާމަކުރައްވާފިއެވެ. މިހެން ހާމަކުރެއްވީ، މިއަދު ޓެލެވިޜަން މޯލްޑިވްސުން ވަގުތުން ލައިވް ކުރި ނޫސް ކޮންފަރެއްސެއްގައި ވާހަކަ ދައްކަވަމުން އައްޝައިޚް މުޙައްމަދު ދީދީއެވެ.

މަދަނީ އިއްތިޙާދާއި އަދާލަތު ޕާޓީ ގުޅިގެން އިންތިޒާމް ކުރި މިނޫސް ކޮންފަރެންސްގައި އަދާލަތު ޕާޓީގެ އިތުރުން މަދަނީ އިއްތިޙާދުގައި ބައިވެރި ވެފައިވާ ބައެއް ބޮޑެތި ޖަމިއްޔާތަކައި އެމް.ޑީ.ޕީގެ އިސްލާމިކް ކައުންސިލްގެ ރައީސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޖަމިއްޔަތުއްސަލަފްގެ ނައިބްރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ހާމަ ކުރެއްވިގޮތުގައި، ހުކުރު ދުވަހު އޮންނަ އެއްވުމުގައި ޖަމިއްޔަތުއްސަލަފުން ހަމަ އެންމެ އިސްސަފުގައި ބައިވެރިވާނެއެވެ. އަދި ދިވެހިރާއްޖޭގެ ކުޑަބޮޑު އެންމެހާރައްޔަތުން މިއެއްވުމުގައި ބައިވެރިވުމަށްވެސް އެބޭފުޅާ ގޮވާލެއްވިއެވެ.

އަދާލަތު ޕާޓިގެ ފަރާތުން ވާހަކަ ދެއްކެވި އަލްއުސްތާޒް އަސަދުﷲ ޝާފީ ފާހަގަ ކުރެއްވި ގޮތުގައި، ހުކުރު ދުވަހުގެ މުޒާހަރާއަށް ކުރިން އުންމީދުކުރި ވަރަށްވުރެވެސް ބޮޑު އެއްބާރުލުމެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅުއްވާ ދިވެހިރައްޔަތުންގެ ފަރާތުން ލިބެމުން ދެއެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ސަރުކާރަށް ގޮވާލެއްވީ، އެކަކުގެ ނުވަތަ މަދުބައެއްގެ އެދުމުގެ މައްޗަށް އިޖާބަދީ ޅައެއްޗެއް ނޭޅުވުމަށެވެ. ޝާފީގެ ވާހަކަފުޅުގައި ސަރުކާރުގެ އިސްފަރާތްތަކަށް އިންޒާރު ދެއްވަމުން ވިދާޅުވީ، ބަނގުރާ ވިއްކުމުގެ ހުއްދަ ނުހުއްޓުވާ ކުރިއަށްގެންދާ ކަމުގައި ވަންޏާ، ކުރީ ސަރުކާރު ބަދަލުކުރި ފަދައިން މިސަރުކާރުވެސް ބަދަލުކުރާނެ ކަމުގައެވެ.

އަދާލަތު ޕާޓީއާއި މަދަނީ އިއްތިޙާދު ގުޅިގެން އިންތިޒާމުކުރާ ބޮޑު މުޒާހަރާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ފެށިގެންނެވެ. މުސްލިމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކުދިބޮޑު ހުރިހާ ރައްޔަތުން މިމުޒާހަރާގައި ބައިވެރިވުމަކީ މަދަނީ އިއްތިޙާދުގެ ވަރަށްބޮޑު އެދުމެކެވެ.

 

 

މަދަނީ އިއްތިހާދުގެ ރަސްމީ ވެބްސައިޓުން ނަގާފައި



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި