The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


އިޢުތިދާލުގައި ހަށަންބަނުން

Category »  ފިޤްހު
Saturday, February 06, 2010
އަޞްލު : އެމްވީ އިސްލާމް ކިޔުއޭ (www.mvislamqa.com)

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރުކޫޢުން ތެދުވެ އިޢްތިދާލުގައި ހުންނައިރު ހަށަން ބަނުމާއި މެދު ޢިލްމުވެރިން ވަނީ އިޚްތިލާފުވެފައެވެ. މިމައްސަލައާއި ބެހޭގޮތުން ޢިލްމުވެރިންގެ ވަނީ ތިންރައުޔެކެވެ.

1.     ޖުމްހޫރު (ގިނަ) ޢިލްމުވެރިން ވިދާޅުވަނީ ރުކޫޢުން ތެދުވެ އިޢުތިދާލުގައި ހުންނައިރު ހަށަންބަނުމަކީ މަޝްރޫޢުވެގެންވާ ކަމެއް ނޫންކަމަށެވެ. އެބޭކަލުން ވިދާޅުވަނީ ރުކޫޢުން ތެދުވެ ހަށަން ބަނުމާއި ބެހޭގޮތުން ޚާއްޞަ ދަލީލެއްނުވާކަމަށެވެ.

2.      އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރުކޫޢުން ތެދުވެ ޢިއްތިދާލުގައި ހުންނައިރު ހަށަންބަނުމަކީ މުސްތަޙްބުވެގެންވާ ސުންނަތެއްކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ސަހްލު ބުން ސަޢުދުގެ ފަރާތުން ބުޚަރީ ރިވާކުރައްވަފައިވާ ޙަދީޘެކެވެ.( كان الناس يؤمرون أن يضع الرجل يده اليمنى على ذراعه اليسرى في الصلاة  ). މާނައީ: "ނަމާދުގައި ވާތްމަތީ ކަނާތްބޭއްވުމަށް މީސްތަކުންނަށް އަމުރުކުރެވިގެންވެއެވެ." އެބޭކަލުން ވިދާޅުވަނީ މިޙަދީޘުން ވަރަށް ސާފުކޮށް ރުކޫޢުން ތެދުވެ ހަށަންބަނުން އޮންނަ ކަމެއްކަމުގައި ސާފުވެގެން ދާކަމަށެވެ. ރުކޫޢުގެ ކުރިން ކޮއްޅައް ޤާއިމްވެހުރުމާއި، އަދި ރުކޫޢުން ތެދުވެ ކޮއްޅައް ހުރުމަކީ ވެސް ޤިޔާމުގައި ހުރުމެވެ.

3.      އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ނަމާދުކުރާމީހާއަށް ރުކޫޢުން ތެދުވެ އިޢްތިދާލުގައި ހުންނައިރު ހަށަންބަނުމުގެ އިޚްތިޔާރު އަދި ހަށަންނުބަނދެ ދޫކޮށްލުމުގެ އިޚްތިޔާރުވާކަމަށެވެ. އެއީ ސުންނަތުން މިކަމުގައި އެއްވެސް ޞަރީޙަ ދަލީލެއް ނުވާތީއެވެ. އިމާމް އަޙްމަދުގެ ރައުޔަކީވެސް މިއެވެ.

ނަމާދުކުރާމީހާ އިޢްތިދާލުގައި ހުންނައިރު ހަށަންބަނދެގެން ނުވަތަ ހަށަންނުބަނދެ ހުރެ ނަމާދުކުރިއަސް ނަމާދު ޞައްޙަވާނެވެ. ހަށަން ބަންނަން ވިދާޅުވާ ބޭފުޅުންގެ ދަލީލަކީވެސް އާއްމުކޮށް ނަމާދުގައި ހަށަންބަނުމަށް އައިސްފައިވާ ދަލީލުތަކެވެ. ވަކި ޚާއްސަ ދަލީލެއްނޫނެވެ. ވީމާ މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވެ ޒުވާބުކޮށް ވާހަކަނުދައްކާ ތިބެން އެކަށީގެންވާ ކަހަލަ ކަންތައްތަކެއް ނޫނެވެ. އަދި ހަށަން ބަންނަށްމީހާ ބިދުޢަވެރިކޮށް އަދި ނުބަންނަށްމީހާ އަކީ ސުންނަތަށް ލޯބިނުކުރާ މީހެކޭ ބުނެ ވާހަކަދައްކާ ހަދަން ހެޔޮ ނުވާ ހުއްޓެވެ. والله أعلم

 

 



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި