|
15 މިއީ 29 ޖެނުއަރީ 2009 ވީ ހުކުރު ދުވަހުގެ ރޭ މާލޭ އަލިމަސް ކާނިވަލުގެ ސްޓޭޖްގައި ބޭއްވުނު ދީނީ ނަސޭހަތުގެ ޕްރޮގްރާމް ގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސެވެ. ސުވަރުގޭގައި މަރުވުމެއް ނެތްކަމަށާއި މުސްކުޅިވުމެއް، ހިތާމައެއް، ބުރައެއް ނެތްކަމުގައާއި ސުވަރުގެ ހޯދުމަށް ވާދަ ނުކުރަންވީ ކީއްވެގެންތޯ ހާޒިރީންނަށް ސުވާލުކުރެއްވިއެވެ. މުސްލިމުންނަށް ދުނިޔެއަކީ ޖަލެއް ކަމުގައާއި ކާފަރުންނަށް މިދުނިޔެއަކީ ސުވަރުގެ ކަމަށްވެސް ޝެއިހްވަނީ ވިދާޅުވެފައެވެ..
|