The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ތިބާގެ ދަރިފުޅު ނަމާދަށް ހޭލައްވަން އުނދަގޫވޭހެއްޔެވެ؟

Category »  އެޑިޓޯރިއަލް
Sunday, May 03, 2009
ތަރުޖަމާ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

ތިބާގެ ދަރި ނަމާދަށް ހޭލެއްވުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު، ނުހޭލާން، ބޮޑާހާކައި، ގަދަ ދައްކާ ހަދާހެއްޔެވެ؟ ނުވަތަ ނިދި ގަދަ ކަމަށް ދައްކައި، ނަމާދަށް ނުދާން އުޅޭ ހެއްޔެވެ؟

ހާސް ނުވާށެވެ! ފިކުރު ބޮޑު ނުކުރާށެވެ. މިކަންތައްތައް އެ ދަރިއާއެކު ތަޖުރިބާ ކޮށްލާށެވެ!

 

·        ރިވެތި ބަހުން ވާހަކަ ދައްކައި، ވިސްނައިދީގެން، އޯގާތެރިކަމާއެކު ނަމާދަށް ހޭލައްވާށެވެ.

·        ދަރިފުޅުގެ ބޮލާއި ބުރަކަށީގައި ލޯބިން ފިރުމާލާށެވެ.

·        ދަރިފުޅު އުފާވާފަދަ ޚަބަރެއް ދޭށެވެ. އެއީ އޭގެ ސަބަބުން އޭނާގެ ނިދި ހިނގައިދާފަދަ ޚަބަރެކެވެ. މިސާލަކަށް؛ މިއަދު އަހަރެމެން މިވެނި ތަނަކަށް ދާން..... މިއަދު އަހަރެމެންނަށް ޒިޔާރަތް ކުރަން މިވެނި މީހަކު އަންނާނެ.... ދަރިފުޅު މިވެނި ކަމެއްގައި ކާމިޔާބު ހޯދައިފިން..... ދަރިފުޅަށް މިވެނި މީހަކު ގުޅި........ (މި ފަދަ ވާހަކަ ދެއްކުމުގައިވެސް ދޮގު ހެދުމުން އެއްކިބާ ވާށެވެ.!)

·        ދެތިން މިނެޓަށް ނިދާލުމަށް ދަރިފުޅު ބާއްވާށެވެ. އެއަށްފަހު ގޮވާށެވެ. ޚާއްޞަކޮށް ނަމާދަށް ވަގުތު އޮތްނަމަ މިގޮތަށް ހަދާށެވެ. އެހެން ނަމަވެސް، ޖަމާޢަތުގެ ނަމާދު ލިބޭފަދަ ގޮތަކަށް މިކަންތައް ކުރާށެވެ.

·        ފަންކާ ނުވަތަ އެއާކޯން ކަނޑާލާށެވެ.

·        ބޮކި ދިއްލާލާށެވެ.

·        ބޭނުން ޖެހިއްޖެ ޙާލަތެއްގައި ދަރިފުޅުގެ މޫނުގައި ފެން ހާކާށެވެ. (ނަމަވެސް މިއީ އެންމެ ފުރަތަމަ ފިޔަޅަށް ނަހަދާށެވެ.)

·        އެ ދަރިފުޅަށްޓަކައި ދުޢާކުރާށެވެ. މިސާލަކަށް: ދަރިފުޅާއެވެ! ތެދުވާށެވެ! ﷲ ދަރިފުޅުގެ ހިތް ތަނަވަސް ކުރައްވާށިއެވެ.

·        ނަމާދު ޤާއިމް ކުރާ މީހުންނަށްޓަކައި ވާ އުފާވެރި ޚަބަރުތަކާއި، އެމީހުންނަށް ޤަބުރުގައި ނޫރަކަށް އެ ނަމާދު ވާނެކަން ހަނދާން ކޮށްދޭށެވެ. އަދި ނަމާދު ޤާއިމް ނުކުރާމީހާއަށްޓަކައި ނޫރެއް ނުވާނެކަން ވެސް ހަނދާން ކޮށްދޭށެވެ.

·        ދަރިފުޅުގެ ރަޖާގަނޑު ނަގާށެވެ. އަދި އޯގާތެރިކަމާއެކު ގޮވަމުން ދާށެވެ.

·        ބަންގީގެ އަޑުން އެލާމްވާ ސޯނާގަޑިއެއް ހޯދައިދޭށެވެ.

·        މަދަރުސާއަށް ދިޔުމަށް ތެދުވާށޭ ނުބުނާށެވެ! އޭގެ ބަދަލުގައި ފަތިސްނަމާދަށް ތެދުވާށޭ ބުނާށެވެ.

·        ދަރި ހޭލެއްވުމަށް ފަހު، ނަމާދާބެހޭ އާޔަތްތަކާއި ޙަދީޘްތަކާއި މަދަހަ ފަދަ ކޮންމެވެސް އެއްޗެއް ދަރިފުޅަށް އިވާވަރަށް ކިޔަމުން ދާށެވެ.

·        ދަރިފުޅު ނަމާދަށް ހޭލެއްވުމަށްފަހު އެ ދަރިފުޅު އަލުން އަނެއްކާ ނުނިދާކަން ޔަޤީން ކުރާށެވެ. ދެވަނަ ފަހަރަށް ނުވަތަ ތިންވަނަ ފަހަރަށް ދަރިފުޅުގެ ކޮޓަރިއަށް އައިސް، ހޭލާއުޅޭތޯއާއި ނަމާދަށް ތައްޔާރުވޭތޯ ބަލާށެވެ.

·        ދަރިންގެ ތެރެއިން އެންމެ ފުރަތަމަ ނަމާދަށް ހޭލައި ނަމާދު ކުރާ ކުއްޖަކަށް އިނާމެއް ކަނޑައަޅާށެވެ.

·        އަދި ފުރަތަމަ ތެދުވާ ކުއްޖާ، އެހެން ކުދިންނަށް ގޮވަން ޙަވާލުކޮށް އެކަމަށްޓަކައިވެސް އިނާމެއް ކަނޑައަޅާށެވެ.

·        އެންމެ ފަހުގެ ކަމެއްގެ ގޮތުގައި، ނަމާދަށް ނުތެދުވެ ބޮޑާހާކައި ހަދާނަމަ، އަދަބު ދޭށެވެ. އެއީ ދިހަ އަހަރު ވުމަށް ފަހުގައެވެ. ތިބާ އެދަރިއަށް މިއަދު އަދަބު ތިޔަ ދެނީ، ނަރަކައިގެ އަލިފާނުގައި ތިބާގެ ދަރި އެނދުމަށް ތިބާ ނުރުހޭތީއެވެ. (އަދި ދަންނާށެވެ. ދަރިފުޅަށް އަދަބު ދިނުމަށް އޭނާގެ ގައިގައި އެތިފަހަރެއް ޖަހާއިރު، ތިމަންނަ އޭނާއަށް މިދެނީ އަޒާބެއް ނޫންކަން ހަނދާން ކުރާށެވެ. އެހެނެއް ކަމަކު އެއީ އޭނާ އަދަބުވެރި ކުރުވުމަށް އޭނާއަށް ދެވޭ އަދަބެކެވެ. – ދަންނާށެވެ! އިސްލާމްދީނުގައި ދަރިންނަށް އަނިޔާކުރުން ވަނީ މަނާކުރެއްވިގެންނެވެ.)

 

 



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި