The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ޙައްޖުވެރިން ޢަރަފާތް ބިމުގައި

Category »  ޙައްޖު 1429
Sunday, December 07, 2008
 : 

07 ޑިސެމްބރު 2008 (އާދިއްތަ): މިއަދަކީ 1429 ވަނަ އަހަރުގެ ޢަރަފާތް ދުވަހެވެ. ޙައްޖުގެ ޢަޅުކަމަށްޓަކައި ހުރިހާ ޙައްޖުވެރިންވެސް މިއަދު ޢަރާފާތް ބިމަށް ދާނެއެވެ. އެހެން ޤައުމުތަކުގެ ޙައްޖުވެރިން ޢަރަފާތަށް ދަތުރުކުމުންދާއިރު ދިވެހި ހުރިހާ ޙައްޖާޖީން މިވަގުތު ތިބީ ޢަރަފާތުގެ މާތް ބިމުގައެވެ.

މިއަދުގެ މެންދުރު ނަމާދަށްފަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލް-މަނާސިކް، ޞަފާ އަދި ޒަޢީ ޖަމާޢަތުގެ ޙާޖީންނަށް ޚާއްޞަ ދީނީ ތަޤްރީރެއް މަނާސިކްގެ ފޭލިގޭގައި ހުންނަވައިގެން ދެއްވިއެއެވެ. މި ތަޤްރީރުގައި ޢަރަފާތްދުވަހުގެ މާތްކަމާއި އަދި ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވުމާއި މައިންބަފައިން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ. މިނިސްޓަރުގެ ތަޤްރީރަށްފަހު ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިންގެ ފޭލިގޭގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވަރަށް އަސަރުގަދަ ތަޤްރީރެއް ދެއްވިއެވެ. މިތަގުރީރުގައި މިއަދު ސަޢުދީ ޢަރަބިއްޔާގެ މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުއްﷲ އާލް ޝައިޚް ޢަރަފާތް ބިމުގައި ދެއްވި ޚުޠުބާގެ ކުރު ޚުލާޞާއެއް ގެނެސްދެއްވިއެވެ. އަދި މިއަދުގެ މާތްކަމާއި ދުޢާ ކުރުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން ޒަޢީ ޖަމާޢަތާއި އަލްޚައިރު ޖަމާޢަތުގެ ފޭލިގޭގައިވެސް އެ ދެޖަމާޢަތުން ވަޑައިގެންތިއްބެވި ޝައިޚުން ދީނީ ތަގްރީރު ކުރެއްވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިރޭ މުޒްދަލިފާއަށް ދިއުމަށްޓަކައި ދިވެހި ޙައްޖާޖީން މިއަދުގެ އިރު އޮއްސެންކައިރިވާއިރަށް ބަސްތަކަށް އެރުމަށްވަނީ ހަމަޖެހިފައެވެ.


 



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި