The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ސުޢޫދީ ޢަރަބިއްޔާގައި

Category »  ޙައްޖު 1429
Saturday, November 15, 2008
 : 

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދިވެހި ޙައްޖުވެރިންގެ ތެރެއިން ބައެއް ހައްޖުވެރިން ސުޢޫދީ ޢަރަބިއްޔާއަށް އަތުވެއްޖެއެވެ. މިއަދު ސުޢޫދީ ގަޑިން މެންދުރު 2:30 ގެ ހާއިރު ޖެއްސި ފްލައިޓްއިން ޖިއްދާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިވެހި ދެ ޙައްޖު ގްރޫޕެއްގެ 250 އަށްވުރެ ގިނަ ޙައްޖުވެރިން އައިސްފައިވެއެވެ.

މިއަދު ސުޢޫދީ ޢަރަބިއްޔާއަށް އައިސްފައިވަނީ ސިސިލްފަރު ޙައްޖު ޢުމްރާ ގުރޫޕުގެ ޙަވާލުގައި ޙައްޖަށްއައި 150 އެއްހާ ޙައްޖުވެރިންނާއި މަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި އައި 86 ޙައްޖުވެރިންނެވެ. މި ދެ ގުރޫޕުގެ އިތުރު ޙައްޖުވެރިން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ސުޢޫދީޢަރަބިއްޔާއަށް އަންނާނެކަމަށް ދެ ގުރޫޕުން ޚަބަރު ދެއްވައެވެ.

މަނާސިކް ގުރޫޕުން ޚަބަރު ދޭ ގޮތުގައި އެ ގުރޫޕުން ޙައްޖަށް އައި ޙައްޖުވެރިން، ނޮވެމްބަރު 17 ވާ ހޯމަ ދުވަހު މަދީނާއަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޢާއްމުކޮށް ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށާއި، ދަތި ކަމަކަށް ދިމާވީ ކަމަކީ، އެއާޕޯޓުގައި ފުދޭވަރަކަށް ގިނައިރު މަޑުކުރަން ޖެހުން ކަމަށް ސިސިލްފަރުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވިއެވެ. އެއާޕޯޓުގައި ގިނައިރު ތިބެން ޖެހުނީ އިމިގްރޭޝަނުން ޙައްޖުވެރިންގެ އިނގިލީގެ ނިޝާން ނެގުންފަދަ ބައެއް ކަންތައް ކުރަންޖެހޭތީކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި