މިނާ- 17 ޑިސެމްބަރު 2007 (ހޯމަ) : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ރާއްޖެއިން މައްކާއަށް ވަޑައިގެންނެވި ޙައްޖުވެރިން މިއަދު ހެނދުނުގެ ވަގުތެއްގައި މިނާއަށް ވަޑައިގެންފިއެވެ.
ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންނެވި ހުރިހާ ގުރޫޕުގެ ޙައްޖުވެރިން މިހާރު ތިބީ މިނާގައެވެ.
މިނާގައި ހުންނެވި ނޫރުލްއިސްލާމްގެ މުރާސިލު ޚަބަރު ދެއްވި ގޮތުގައި މިނާގައި ތިބި ދިވެހި ޙައްޖާޖީންގެ ޙާލު ރަނގަޅެވެ. އަދި މިނާގެ ފިނިހޫނުމިން ހުރީ އާދައިގެ ވަރަކަށެވެ.
އަދި މިރޭގެ ދަންވަރު ވަގުތެއްގައި ޢަރަފާތަށް ދިޔުމަށްޓަކައި ދަތުރު ފަށާނެކަމަށް ގުރޫޕްތަކުން މަޢުލޫމާތު ދެއްވައެވެ.
|