މައްކާ - 17 ޑިސެމްބަރު 2007 (އާދީއްތަ): 1428ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އިއްޔެ (ޑިސެމްބަރު 15 ) ގެ ނިޔަލަށް ސުޢޫދީ ޢަރަބިއްޔާ އަށް 1.6 މިލިއަނަށް ވުރެ ގިނަމީހުން އެތެރެވެފައި ވާކަމަށް ސުޢޫދީ ޓީވީ އިން މިއަދު ޚަބަރު ދީފިއެވެ.
ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ މިއަދު ހަވީރު ސުޢޫދީ ޓީވީން މަޢުލޫމާތު ދިން ގޮތުގައި މިހާތަނަށް ދިނިޔޭގެ އެކި ކަންކޮޅުތަކުން 1685637 މީހުން ސަޢުދީގެ އެކިއެކި ބަނދަރުތަކުން، އިއްޔެއާ ހަމައަށް ސައުދީއަށް އެތެރެވެފައި ވާކަމަށެވެ.
ޙައްޖުވެރިންނަށް އެހީތެރިވުމަށާއި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދިމާވާ ދަތިތައް މަދު ކުރުމުގެ ގޮތުން ސުޢޫދީ ސަރުކާރުން ވަރަށްގިނަ ފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ. މިގޮތުން ސިއްހީ ދާއިރާގެ ޚިދުމަތާއި އަދި އެހެނިހެން އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ރާއްވަވާފައެވެ.
|