ނަބީބޭކަލުންގެ ޤާތިލުންނާއި ރާމާމަކުނުތަކުގެ ދަރިފަސްކޮޅު ޔަހޫދީން ބިންމަތީގައި ފަސާދަކޮށްފިއެވެ. ޤަތުލު ޢާއްމު ހިންގައިފިއެވެ. އިންސާފެއްނެތް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އެހީގައެވެ. މިކަމުގެ ކުރިމަތީގައި އިންސާފުގެ ބަހެއް ބުނެލާނެ ހަމަ އެކަކުވެސް އިސްލާމީ އުންމަތުގެ ލީޑަރުންގެ ތެރޭގައިނެތެވެ.
އެތައް ދުވަހެއް ވަންދެން ފަލަޞްޠީނު ޙިޞާރުކުރުމަށްފަހު އެތަނުގެ ކުޑަކުދީންނާއި މުސްކުޅިން މަރުގެ ތުންފަތް މައްޗަށް ގެނެސް، ދެން ފެށީ މަތިން ބޮމުގެ ވާރޭ ވެއްސާށެވެ. ޔަހޫދީންނަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެމީހުންގެ މިޖަރީމާތަކާމެދު ސުކޫތުވެ، އެއްޗެއް ނުބުނެ ތިބި ޙާކިމުން ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ޤިޔާމަތްދުވަހު މިއުންމަތުގެ ކަންކަމާމެދު އެބައިމީހުންނާ ސުވާލުކުރެވޭނެތެވެ.
މުސްލިމު އަޚުންނޭވެ! ހަފްތާއެއްގެ ތެރޭގައި އެތައްކުޑަކުދީންނާއި އެތައް އަންހެނުންނާއި އެތައްބަޔަކު ވަނީ ކަތިލައިފައެވެ. ފަލަޞްޠީނުގެ ބިމުގެ ދަހިވެތިކަމުގައި ޔަހޫދީން މިހިންގާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް އިސްލާމީ އުންމަތުގެ ޙާކިމުންވަނީ ނުކުޅެދިފައެވެ.
މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ދިމާވެފައިވާ ގިނަގުނަ ހުރަސްތައް ޖިހާދުގެ މައިދާނާއި އަޅުގަނޑުމެންނާ ދެމެދުގައި ވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުޢާއެވެ. ﷲ އަށް ދުޢާކުރަންވީއެވެ. އަޅުގަނޑުމެންގެ އަޚުންނަށް ނަޞްރު ދެއްވާތޯއެވެ. ﷲ ލަޢްނަތްލެއްވި ޔަހޫދީންނާ ދެކޮޅަށް އަޅުގަނޑުމެންގެ އަޚުން ކުރަމުން އެދަނީ ޝަރުޢީ ޖިހާދެކެވެ. މަސްޖިދުލްއަޤްޞާއާއި، އިސްރާއާއި މިޢްރާޖުގެ މާތް ބިމެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީބޭކަލުންނާއިގެން އިމާމުވެ ނަމާދުކުރެއްވި މާތް ބިމުގެ ދިފާޢުގައި އަޅުގަނޑުމެންގެ އަޚުން އެކުރަނީ ތާރީޚު ނުދެކޭ ފަދަ މަތިވެރި ޖިހާދެކެވެ. އާދައިގެ ހަތިޔާރުތަކާއެކު ދުނިޔޭގެ އެންމެ ވަރުގަދަ ވަސީލަތްތަކާ ދެކޮޅަށެވެ. ފަލަޞްޠީނުގެ ބިމަކީ މުސްލިމުންގެ ބިމެކެވެ. ޢަރަބީންގެ ބިމެކެވެ. ޔަހޫދީންގެ ތަނެއްނޫނެވެ.
މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ފަލަޞްޠީނުގެ ޖިހާދުގައި ބައިވެރިވާށެވެ. ދުޢާއިންނެވެ. އެންމެ ވަރުގަތަ ހަތިޔާރަކީ އެވެ. މިކަމުގައި ޖާނާއި މާލުން ބައިވެރިވުމަކީ އަޅުގަނޑުމެންގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ. އަޅުގަނޑުމެންނަށް މައިދާނަށް ހަނގުރާމައަށް ދެވޭނެ މަގުވަނީ ބަންދުވެފައެވެ. ނަމަވެސް ﷲ އާދެމެދުގައިވާ ދޮރު ބަންދެއްނުވެއެވެ. ވީމާ ދުޢާކުރުން ގިނަ ކުރެއްވުމަށް އިލްތިމާސްކުރަމެވެ. މާތް ﷲ ތިޔަ ބޭފުޅުންނަށް ހެޔޮ ތައުފީޤްދެއްވާށިއެވެ.
|