The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަންތައް ފެށުމަށް ތައްޔާރުވަނީ

Category »  ޚަބަރު
Thursday, October 16, 2008
 : 

 

(މައްކާ) 15 ޑިސެމްބަރު 2007 (ހޮނިހިރު): މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މައްކާގައި މިވަގުތު ތިއްބެވި ދިވެހި ޙައްޖުވެރިން، ޙައްޖުގެ އަޅުކަން ފެށުމަށް ތައްޔާރުވަމުން އެބަ ގެންދަވައެވެ. މިގޮތުންމިމަހުގެ މި ޙައްޖުމަހުގެ 8ވަނަ ދުވަހު (ޑިސެމްބަރު 17 ވަނަ ދުވަހު) މިނާއަށް ދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އެބަ ގެންދަވައެވެ.

ގުރޫޕްތަކުގެ ފަރާތުން މިނާގެ ޓެންޓުތައް ހަމަޖެއްސުމާއި އަދިވެސް ޙައްޖުވެރިންނަށް ބޭނުންވާނެ އެހެނިހެން ސާމާނު ހަމަޖެއްސެވުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުން އެބަދެއެވެ. އަދި އޭގެ އިތުރުން ދީނީ ގޮތުން މި މަތިވެރި އަޅުކަން އަދާ ކުރާނެ ގޮތުގެ ތަފްސީލު ދެއްވަމުން އެބަ ގެންދަވައެވެ. މިކަމުގައި ގުރޫޕްތަކަށް އެހީތެރިވެދެއްވުމުގައި މަދީނާގެ ކިޔަވާ ދިވެހި ބޭފުޅުންގެ 19 ވަރަކަށް ބޭފުޅުން މިހާރު މައްކާގައި ޙަރަކާތްތެރިވަމުން އެބަ ގެންދަވައެވެ.

މިގޮތުން ސިސިލްފަރު ގުރޫޕުން ވަޑައިގެންނެވި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދީނީ ނަސޭހަތް ކޮންމެ ރެއަކު ސިސިލްފަރުގެ ދެ ހޮޓަލުގައި ދަނީ ބާއްވަމުންނެވެ. ކޮންމެ ހޮޓަލެއްގައި ދެރެއިން އެއްރޭ ބާއްވާ މި ނަސޭޙަތުގެ ޕްރޮގްރާމްގައި ޙައްޖުވެރިންގެ ސުވާލުތަކަށް ވަރަށް ތަފްޞީލްކޮށް ޖަވާބު ލިބޭކަމަށް ޙައްޖުވެރިން މަޢުލޫމާތު ދެއްވައެވެ.

ސިސިލްފަރުގެ އިތުރުން އަލްމަނާސިކުގައިވެސް ކޮންމެ ރެއަކު ދީނީ އިރުޝާދު ދެވޭކަމަށް އެ ގުރޫޕުން މަޢުލޫމާތު ދެއްވައެވެ. އަދި އެހެނިހެން ގުރޫޕްތަކުންވެސް ފުދޭވަރަކަށް މި އަޅުކަމުގެ މަޢުލޫމާތު ދެއްވާކަމަށް ފާހަގަ ކުރެވިފައިވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ސަޢޫދީ އަށް ވަޑައިގަންނަވާފައެވެ. މިއަދުގެ ވަގުތެއްގައި ޖިއްދާއިން މަދީނާއަށް ރައީސް ވަނީ ވަޑައިގަންނަވާފައެވެ. އަދި މާދަމާގެ ވަގުތެއްގައި މަދީނާއިން މައްކާއަށް (ޖިއްދާމަގުން) ވަޑައިގަންނަވާނެކަމަށް ނޫރުލްއިސްލާމް.ނެޓް އަށް މަޢުލޫމާތު ލިބިފައިވެއެވެ.



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި