The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމަށް މަދީނާ ޔުނިވާސިޓީގައި ކިޔަވާ ބޭފުޅުން މައްކާއަށް

Category »  ޚަބަރު
Thursday, October 16, 2008
 : 

 

(މަދީނާ) 13 ޑިސެމްބަރު 2007 (ބުރާސްފަތި): ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިއަހަރު މައްކާއަށް ވަޑައިގެންނެވި ދިވެހި ޙައްޖުވެރިންނަށް އެހީތެރިވެވަޑައިގެންނެވުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކިޔަވާ ކުދިންގެ ތެރެއިން 8 ބޭފުޅަކު ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މައްކާއަށް ވަޑައިގަންނަވައިފިއެވެ.

އެއީ ކުއްލިޔަތުއް ޝަރީޢާގައި ކިޔަވާ ވިދާޅުވާ 6 ބޭފުޅަކާއި، ކުއްލިޔަތުލް ޙަދީޘްގައި ކިޔަވާ ވިދާޅުވާ ބޭފުޅަކާއި މަޢުހަދުއްލުޣާ (ޢަރަބި ކިޔަވައިދޭ މައުހަދު) ގައި ކިޔަވާ ބޭފުޅެކެވެ.

އެބޭފުޅުންގެ ތެރެއިން ބޭފުޅަކު މިއަދު މައްކާގައި ހުންނަވައިގެން ފޯނުން ނޫރުލްއިސްލާމް.ނެޓް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ " އަޅުގަނޑުމެން މިއައީ އިއްޔެ ނޫން އޭގެ ކުރީދުވަހު ހެނދުނު. އަޅުގަނޑުމެން 8 މީހުން މިފަހަރު މިއައީ. އަދި ކުރިއަށް އޮތް ދުވަސްކޮޅުގައި އިތުރު ކުދިން އަންނާނެ- އިރާދަކުރެއްވިއްޔާ."

"މައްކާއަށް އައިސް ޢުމްރާ ވުމަށް ފަހު އަޅުގަނޑުމެން މިތިބީ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ކުރުމުގައި. ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް. އަޅުގަނޑުމެން ދެކެނީ މިއީ އަޅުގަނޑުމެންގެ ދީނީ ވާޖިބެއްކަމަށް." އޭނާ ވިދާޅުވިއެވެ.

ޙައްޖުވެރިންނަށް އެހީތެރިވެލެއްވުމަށް މި ވަޑައިގެންނެވި ބޭފުޅުން އިއްޔެއާއި މިއަދުވެސް ޙާޖީންނަށް އެހީތެރިވެލެއްވުމުގައި ޙަރަކާތްތެރިވިކަމުގައި ޙައްޖުވެރިން މަޢުލޫމާތު ދެއްވިއެވެ. އެގޮތުން ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހޭ މީހުން ހޮސްޕިޓަލަށް ގެންދިޔުމާއި ޙާޖީންނަށް ދިމާވާ އެހެނިހެން ކަންކަމުގައި އެބޭފުޅުންގެ އެހީތެރިކަން ގުރޫޕުތަކަށް ލިބެމުން ދެއެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ މި ޑިސެމްބަރު މަހުގެ 18 ވާ އަންގާރަދުވަހެވެ.

 



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި