 ޔުމްނާ އަކީ ވަރަށް ރީތި ގުރައެކެވެ. ކޮންމެ ދުވަހަކުވެސް ޔުމްނާ އޭނާގެ މަންމައާ އެކީ އުދުހި، މަގުމަތިން ދިމާވާ މީހުންނަށް ރީތި ލަވަ ކިޔައިދެއެވެ. އެއްދުވަހަކު ހެނދުނު ޔުމްނާ އޭނާގެ މަންމަ ގާތުގައި އިނދެފައި ބޭރަށް އުދުހިގަތެވެ. ރީތި ރާގުތަށް ކިޔަމުންނެވެ. މިހެން ދަނިކޮށް ޔުމްނާއަށް ކާޅެއް ފެނުނެވެ. ކާޅު ފެނުމުން ޔުމްނާ ސުވަލު ކުރިއެވެ. "ތިޔައީ ކާކު؟ އަދި ތިބާ އަށް ކުރެވޭ މޮޅުކަމަކީ ކޮބާ؟" ކާޅު ބުންޏެވެ. "އަހަންނަކީ ކާޅެކެވެ. މީހުން ދުނިޔޭގެ ބިމަށް އަޅާ ކުނި އަހަރެން ސާފު ކުރަމެވެ." ޔުމްނާ ބުންޏެވެ. "އަހަރެންނަކީ ތެދުވެރި ދޫންޏެކެވެ. އަދި ހަގީގަތަކީ ތި ލަވާ ހަޅޭކުން މީހުންނަށް އުނދަގޫވާކަމެވެ. ތިބާގެ ކުލައަކީ ހުސް ކަޅު ކުލައެވެ. ބަލާލައިކަށް ވެސް ރީއްޗެއް ނޫނެވެ." މިހެން ބުނެފައި ޔުމްނާ ދިޔައިރު އެއްކަލަ ކާޅު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. |