 ދުޢާ އަކީ އެންމެ މަތިވެރިވެގެންވާ އަދި އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ހިމެނޭ އަޅުކަމެކެވެ. އަދި އަޅާއާއި އޭނަގެ ވެރިއިލާހު އެންމެ ކުއްތަންކުރުވަނިވި އެއް ޢަމަލެވެ. ދުއާކުރުމުގައި އަޅާ އަތް އުފުލުމުން އޭނަގެ ނިކަމެތިކަން ދައްކައިދޭ ފަދައިން، ކީރިތިވަންތަ ﷲ ގެ މަތިވެރިކަން އަންގައިދެއެވެ. އެގޮތުން ދުޢާކުރުމުގައި ތަފާތު އަދަބުތަކެއް ވެއެވެ. އަޅާ އަތް އުފުލައިގެން ދުޢާކުރުމީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމްގެ ސުންނަތްތަކުގެ ތެރެއިން މުސްތަޙައްބުވެގެންވާ ކަމެކެވެ. އަނަސްގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. |