ނޫރުލްއިސްލާމް
##siteName##

ވީޑިއޯ » 5 ފެބްރުއަރީ 2010 ވީ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ދެވުނު ހުކުރު ޚުޠުބާ
Monday, February 08, 2010

މިއީ 2010 ވަނަ އަހަރުގެ ފެބްރުއަރީ 05 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ފަޟީލަތުއްޝައިޚް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދެއްވި ޚުޠުބާއެވެ. ޚުޠުބާގެ މައުޟޫއަކީ 'ސުލްޙަވެރި މުޖުތުމައެއް ބިނާކުރުން.' މިއެވެ. ޚުޠުބާގައި ސިޔާސީ ބައިބައިވުންތަކާއި ޚިލާފްތައް އެއްފަރާތްކޮށް ރަނގަޅު އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމަށް ގޮވާލެއްވިއެވެ.

ފިޤްހު » އިޢުތިދާލުގައި ހަށަންބަނުން
Saturday, February 06, 2010

ނަމާދުކުރާމީހާ އިޢްތިދާލުގައި ހުންނައިރު ހަށަންބަނދެގެން ނުވަތަ ހަށަންނުބަނދެ ހުރެ ނަމާދުކުރިއަސް ނަމާދު ޞައްޙަވާނެވެ. ހަށަން ބަންނަން ވިދާޅުވާ ބޭފުޅުންގެ ދަލީލަކީވެސް އާއްމުކޮށް ނަމާދުގައި ހަށަންބަނުމަށް އައިސްފައިވާ ދަލީލުތަކެވެ. ވަކި ޚާއްސަ ދަލީލެއްނޫނެވެ. ވީމާ މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވެ ޒުވާބުކޮށް ވާހަކަނުދައްކާ ތިބެން އެކަށީގެންވާ ކަހަލަ ކަންތައްތަކެއް ނޫނެވެ. އަދި ހަށަން ބަންނަށްމީހާ ބިދުޢަވެރިކޮށް އަދި ނުބަންނަށްމީހާ އަކީ ސުންނަތަށް ލޯބިނުކުރާ މީހެކޭ ބުނެ ވާހަކަދައްކާ ހަދަން ހެޔޮ ނުވާ ހުއްޓެވެ.

ލައިބްރަރީ » ޙިޞްނުލްމުސްލިމް
Sunday, January 31, 2010

މިއީ ފަޟީލަތުއްޝައިޚް ޑރ ސަޢީދު ބުނު ޢަލީ އަލްޤަޙްޠާނީ އެކުލަވާލައްވާފައިވާ ވަރަށްފުރިހަމަ އަތްމަތީ ދުޢާ ފޮތެއްގެ ތަރުޖަމާއެވެ. މިފޮތްވަނީ ދުނިޔޭގެ އެތައް ބަހަށް ތަރުޖަމާ ކުރެވިފައެވެ. މިފޮތް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވަނީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް (ޅ.ނައިފަރު) އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި ފޮތުން ފައިދާ ހޯދުމުގެ ތައުފީޤް އެންމެހާ ދިވެހިންނަށް ދެއްވާށި! އާމީން...

ވީޑިއޯ » ސުވަރުގެއަށް އެދޭ މީހާ
Sunday, January 31, 2010

މިއީ 29 ޖެނުއަރީ 2009 ވީ ހުކުރު ދުވަހުގެ ރޭ މާލޭ އަލިމަސް ކާނިވަލުގެ ސްޓޭޖްގައި ބޭއްވުނު ދީނީ ނަސޭހަތުގެ ޕްރޮގްރާމް ގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސެވެ. ސުވަރުގޭގައި މަރުވުމެއް ނެތްކަމަށާއި މުސްކުޅިވުމެއް، ހިތާމައެއް، ބުރައެއް ނެތްކަމުގައާއި ސުވަރުގެ ހޯދުމަށް ވާދަ ނުކުރަންވީ ކީއްވެގެންތޯ ހާޒިރީންނަށް ސުވާލުކުރެއްވިއެވެ. މުސްލިމުންނަށް ދުނިޔެއަކީ ޖަލެއް ކަމުގައާއި ކާފަރުންނަށް މިދުނިޔެއަކީ ސުވަރުގެ ކަމަށްވެސް ޝެއިހްވަނީ ވިދާޅުވެފައެވެ.

އެޑިޓޯރިއަލް » އޯލެވެލް ނަތީޖާއަށް އިންތިޒާރު ކުރަމުން ދާ ދަރިވަރުންނަށް ...
Friday, January 29, 2010

މިދުވަސްކޮޅަކީ ފާއިތުވި އަހަރުގެ ފަހުކޮޅުގައި ބޭއްވުނު އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރުގައި ތިބި ދަރިވަރުންގެ ހިތްތައް އަތްމައްޗަށް ލައިގެން ހަމަ ނިދި ނުނިދިފައި ތިބި ދުވަސްކޮޅެކެވެ. އެއީ އެކަން ވާނެ ގޮތް ވެސް މެއެވެ. އެތައް ރެއެއްގެ ފޮނި މީރު ނިދި ނަގާލާފައި ކުރި މަސައްކަތުގެ ނަތީޖާ ފާޅުކުރެވޭ ދުވަހެވެ. ނަތީޖާގެ އިންތިޒާރީ ވަގުތުގައި ދިވެހި ލޮބުވެތި ދަރިވަރުންނަށް ކުޑަކުޑަ ނަސޭހަތުގެ ބަހެއް ބުނެލަން ގަސްތު ކުރީމެވެ. އެއީ އަމިއްލަ ނަފްސަށާއި އެދަރިވަރުންނަށް އެއިން ފައިދާއެއް ލިބިގަނެވޭނެކަމުގެ އުއްމީދާއި ދުޢާއަށްފަހުގައެވެ. ކޮއްކޮމެންނޭވެ! މިއަދުގެ ނަތީޖާ ލިބޭ ވަގުތު ދަރިވަރުން ދެ ބަޔަކަށް ބެހިގެންދާނެއެވެ.

 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1430
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި