Noorul-islam.NET :: 1432 ވަނަ އަހަރުގެ ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ.

1432 ވަނަ އަހަރުގެ ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ.
Category »  ދީނީ ލިޔުން

ތާރީޚް: 11 ޑިސެމްބަރު 2010

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

އެންމެހައި ޙަމްދު ޘަނާއެއް ވަނީ މީސްތަކުންނަށް ހެޔޮކަންތައްތައް ކުރުމުގެ ތަޥްފީޤު ދެއްވި މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެ ހެޔޮކަންތައްތައް އެންމެ ފުރިހަމައަށް ދަސްކޮށްދެއްވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم  އަށެވެ.

ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ.

ޔަހޫދީންނާއި ތަފާތުވުމުގެ ގޮތުން އެދުވަހުގެ ރޯދަ ހިފުމަށް ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ ތިރީގައި މި ދަންނަވާ ދެގޮތުގެ ތެރެއިން ގޮތަކަށް އެ ރޯދަ ހިފުމަށެވެ. އެހެނީ ޔަހޫދީން ރޯދަ ހިފައި އުޅުނީ މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ.

1-     މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަ ހިފުން. ނުވަތަ

2-      މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަދުވަހު ރޯދަ ހިފުން.

3- މުޙައްރަމް މަހުގެ 9 ، 10 އަދި 11 މި ތިން ދުވަހު ރޯދަ ހިފުން.

 

މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ 10 ވަނަ ދުވަހާއި ) ދިމާ ވަނީ 2010 ޑިސެމްބަރު މަހުގެ 16  ވާ ބުރާސްފަތި ދުވަހާއެވެ. އެހެން ކަމުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ވީއެވެ.

މިގޮތުން ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް އެދޭމީހާ އަންނަނިވި ތިން ގޮތުން ކުރެ ގޮތެއް އިޚްތިޔާރުކުރުމުން ފުދޭނެއެވެ.

އެއް ގޮތަކީ ޑިސެމްބަރު މަހުގެ  15  ވާ ބުދަ ދުވަހާއި 16 ވާ ބުރާސްފަތި ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 9ވަނަ ދުވަހާއި 10ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.

އަނެއް ގޮތަކީ ޑިސެމްބަރު 16  ވާ ބުރާސްފަތި ދުވަހާއި 17 ވާ ހުކުރު  ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 10ވަނަ ދުވަހާއި 11ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.

ތިންވަނަ ގޮތަކީ ޑިސެމްބަރު މަހުގެ  15  ވާ ބުދަ ދުވަހާއި 16 ވާ ބުރާސްފަތި ދުވަހާއި އަދި 17 ވާ ހުކުރު ދުވަހު ރޯދަ ހިފުމެވެ. (އެއީ މުޙައްރަމް 9، 10 އަދި 11 މި ތިން ދުވަހެވެ.)

އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުން، އެންމެ ރައްކާތެރި ގޮތަކީ 3 ދުވަހު ރޯދަހިފުމެވެ. އެއީ މުޙައްރަމް 9، 10 އަދި 11 މި ތިން ދުވަހެވެ. ސަބަބަކީ އެއީ އެންމެ ރައްކާތެރި ގޮތެވެ. އޭރުން ޢާޝޫރާ ދުވަސް ލިބުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.

ޢާޝޫރާ ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. "وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ".  މާނައިގައި ވަނީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. (މި ޙަދީޘް ރިވާ ކުރެއްވީ އިމާމް މުސްލިމް އެވެ)

އެހެން ކަމުން ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަވަސްވެވަޑައިގެންނެވުމަށް ނަސޭހަތްތެރިވަމެވެ. އަދި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް މިދުވަހުގެ ރޯދަ ހިފުމަށް ބާރު އަޅުއްވައި އިރުޝާދު ދެއްވާށެވެ.

ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކާށެވެ. އީމެއިލް ކުރާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅާށެވެ.

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން

 

 

 

 

* މި ލިޔުމާއި ގުޅުން ހުރި ޕޯސްޓަރ

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި