Noorul-islam.NET :: ރިބާގެ ނުރައްކާތެރިކަން
ރިބާގެ ނުރައްކާތެރިކަން
Category »  ދީނީ ލިޔުން

ތާރީޚް: 9 ޑިސެމްބަރު 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ބައެއްގެ މައްޗަށް އެއްޗެއް ނުވަތަ ކަމެއް ﷲ ޙަރާމް ކުރައްވާފައިވާނަމަ، އެއީ ކޮން އެއްޗެއްކަން ނުވަތަ ކަމެއްކަން އެބަޔަކަށް ނޭނގި އޮވެދާނޭހެން ހިއެއްނުވެއެވެ. އަދި އެއީ ކޮންއެއްޗެއްކަން އެބަޔަކަށް ނޭގޭނަމަ އެއާމެދު ސުވާލުނުކޮށް އޮޅުން ނުފިލުވައި ތިބެދާނޭކަމީވެސް ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ.

ރިބާއަކީ ޖާހިލީ ޒަމާނުގައި ޢަރަބިންނާއި ޔަހޫދީންގެ މެދުގައިވެސް ބޭނުންކުރެވެމުން އައިސްފައިވާ މުޢާމަލާތެއްކަމުން، އެއީ ކޮން އެއްޗެއްކަން އެބައިމީހުންނަށް ނޭނގިއެއް ނޯންނާނެއެވެ. ރިބާ ޙަރާމް ކުރެއްވުމުން އޭގެ މުޢާމަލާތް ކުރަމުންއައި ބައެއްމީހުން ބުނަންފެށީ ރިބާއަކީވެސް ހަމަ ވިޔަފާރިއެވެ. ނަމަވެސް ޖަވާބުގައި ﷲ އެންގެވީ، އެކަލާނގެ ވިޔަފާރި ހުއްދަކުރެއްވިއެވެ. އަދި ރިބާ ޙަރާމްކުރެއްވިއެވެ. މިގޮތުން އިތުރު ސުވާލަކަށް ބޭނުން ނުވާނޭހެން ޤުރުއާންވަނީ ރިބާގެ ޙުކުމް ކަނޑައަޅުއްވާފައެވެ. އެކަލާނގެ ވަޙީކުރައްވައެވެ. وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا   [البقرة 275]  މާނައީ:"ﷲ ވިޔަފާރި ހުއްދަ ކުރެއްވިއެވެ. އަދި ރިބާ ޙަރާމް ކުރެއްވިއެވެ". އެހެންކަމުން މުސްލިމަކު ކަމުގައިވާނަމަ ރިބާއަކީ އިސްލާމް ދީނުގައި ޙަރާމް ވެގެންވާ މުޢާމަލާތެއްކަމާމެދު ދެބަސްވާނޭ ހެނެއް ހީއެއް ނުވެއެވެ. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިބާއަށްވުރެ ހަރުކަށިކޮށް ޙަރާމްކުރައްވާފައިވާ އެއްވެސް ކަމެއް އިސްލާމް ދީނުގައި އައިސްފައިނުވެއެވެ. އެހެނީ ﷲ ޙަރާމް ކުރައްވާފައި އެހެން ކަންތައްތަކުގައި އަންގަވަނީ މިވެނި ކަމެއް ކޮށްފިނަމަ، އެކަމަކަށް ދުނިޔެމަތީގައި ނުވަތަ އާޚިރަތުގައި ކަނޑައެޅޭ މިވެނި ޢުޤޫބާތެއް ވާކަމެވެ. މިއާ ޚިލާފަށް ރިބާ ޙަރާމް ކުރައްވައި ﷲ އަންގަވަނީ، ރިބާގެ މުޢާމަލާތު ކުރުން ތިޔަބައިމީހުން ހުއްޓާލާށެވެ! އަދި އެހެން ނަހަދައިފިނަމަ އޭނާ އެކުރިމަތިލަނީ ﷲ އާ އެކަލާނގެ ރަސޫލާއާ ހަނގުރާމައަށްކަން ދަންނާށެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ (*)فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ [البقرة] މާނައީ:"އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް އީމާންވާނަމަ، ރިބާގެ ތެރެއިން ތިޔަބައިމީހުން ކޮށް އުޅުނު ހުރިހާ މުޢާމަލާތެއް ދޫކޮށްލާށެވެ! މިހެން ނަހަދައިފިނަމަ ދަންނާށެވެ! ފަހެ ﷲ އާ އެކަލާނގެ ރަސޫލާގެ ފަރާތުން ހަނގުރާމައެއް ޢިއުލާނު ކުރެވިއްޖެކަން ދަންނާށެވެ!

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުފުޅުތަކުން އެނގޭގޮތުގައި ރިބާކެއުމާއި ޒިނޭކުރުމާއި ރާބުއިން ޢާއްމުވެގެން ދިއުމީ ޤިޔާމަތް ދުވަސް އައުން ގާތްވެއްޖެކަމުގެ ޢަލާމާތް ތަކުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ.]

ރިބާގެ މުޢާމަލާތްކުރުމަކީ މުދަލުގައި ބަރަކާތް ކެނޑިގެންދާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައެވެ. يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ [البقرة 276] މާނައީ:" ﷲ ރިބާގެ ބަރަކާތް ކަނޑުއްވައެވެ. އަދި ޞަދަޤާތަށް ދޭ އެއްޗެއްގައި އެކަލާނގެ ބަރަކާތްލައްވައެވެ".

ރިބާއަކީ ސަމާވީ ހުރިހާ ދީނެއްގައިވެސް ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. މިކަމުންވެސް ކަމުގެ ނުބައިކަމާއި ނުރައްކާތެރިކަން އެނގެއެވެ. ﷲ ވަޙީކުރައްވައެވެ.   وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًا أَلِيمًا  [النساء 161] މާނައީ:"ޔަހޫދީންނަށް ތިމަންރަސްކަލާނގެ ރިބާ ޙަރާމް ކުރައްވާފައިވަނިކޮށް އެބައިމީހުން ރިބާ ކައިއުޅުމުގެ ސަބަބުން، އަދި ބާޠިލުގޮތުގައި މީހުންގެ މުދާ ކައިއުޅުމުގެ ސަބަބުން، އެބައިމީހުންނަށް ހުއްދަކުރެވިގެންވީ ޙަލާލުތަކެތި ތިމަން ﷲ އެބައިމީހުންނަށް ޙަރާމް ކުރެއްވީމުއެވެ. އަދި އެބައިމީހުންގެ ތެރެއިން އުރެދުނު މީހުންނަށް ވޭންދެނިވި ޢަޒާބު ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމުއެވެ". އެހެންކަމުން ރިބާ ހުއްދަކޮށްގެން ކައިއުޅުމީ ޔަހޫދީންނާ އެއްގޮތްވުން ކަމުގައި މެނުވީ ނުވާނެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި