Noorul-islam.NET :: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން
Category »  ދީނީ ލިޔުން

ތާރީޚް: 6 ނޮވެމްބަރ 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ބަރަކާތްތެރި ޙައްޖުމަހުގެ ދުވަސްތަކެއެވެ. ޘަވާބާއި ދަރުމަ އިތުރުކުރެއްވުމުގައި، އެ މަހުގެ ފުރަމަތަ ދިހަ ދުވަހަކީ އެފަދަ ދެވަނައެއް ނުވާ ދުވަސްތަކެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައިވެއެވެ. مَا مِنْ أَيَّامٍ اَلْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللهِ مِنْهُ فِيْ هَذِهِ اْلأَيَامِ الْعَشْرِ. قَالُوْا وَلاَ الْجِهَادُ فِيْ سَبِيْلِ اللهِ! قَالَ: وَلاَ الْجِهَادُ فِيْ سَبِيْلِ اللهِ، إِلاَّ رَجْلٌ خَرَجَ بِنَفْسِهِ وَمَالِهِ وَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ " [رواه البخاري] މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ. އަޞްޙާބް ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟" ޙަދިޘްކުރެވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މެއެވެ. އެހެނެއްކަމަކު، މީހަކު އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވައެވެ."

މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޢަރަފާތު ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ފާފަތައް ﷲ ފުއްސަވަތެވެ. އެއީ މަޢާފުދެއްވުމާއި ފާފަތައް ފުއްސެވުމުގެ ދުވަހެވެ. ނަރަކައިން ދިންނެވުމުގެ ދުވަހެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ޘަވާބުން މަޙުރޫމެއް ނުވެއެވެ. ޙައްޖަށް ނުދެވޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދިފާފަ ފުހެވޭ ކަމެއްކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘުން ސާބިތުވެއެވެ.

شيخ الإسلام ابن تيمية ވިދާޅުވާގޮތުގައި، ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށް ވުރެ ވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރުވެގެންވެއެވެ. އެހެނަސް ރޭތަކަށް ބަލާއިރު ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފަހު ދިހައިގެ ރޭތަކަށްވުރެ މާތްވެގެންވެއެވެ.

މި ދުވަސްތަކުގެ ތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. މި ދުވަހަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތްވެގެންވާ ދުވަހެވެ. މި ދުވަހުގައި ކުރެވޭ ހެޔޮކަންތައްތަކުގެ ތެރެއިން ޘަވާބު އެންމެ އިތުރުވެގެންވާ ކަމަކީ އުޟްޙިޔާ ކަތިލުމެވެ. އެއީ ނަޢަމް ސޫފީގެ ބާވަތްތަކުގެ ތެރެއިން އެއްޗެއް ޤުރްބާންކުރުމެވެ. ކަތިލެވޭ އެއްޗެއްގެ ލޭ އޮހޮރިގެން ގޮސް ބިމުގައި ޖެހުމުގެ ކުރިން އުޟްޙިޔާ ކަތިލާ މީހާގެ ފާފަތައް ފުހެވޭނޭކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަންގަވައިފައެވެ. عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ رَسُوْلَ اللهِ قَالَ مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللهِ مِنْ إِهْرَاقِ دَمٍ، وَإِنَّهُ لَيَأْتِيْ يَوْمَ الْقِيَامَةِ فِيْ قَرْنِهِ بِقُرُوْنِهَا وَأَشْعَارِهَا وَأظْلاَفِهَا وَإِنَّ الدَّمَ لَيَقَعُ مِنَ اللهِ بِمَكَانٍ قَبْلَ أَنْ يَقَعَ فِي اْلأَرْضِ فَطِيْبُوا بِهَا نَفْسًا [أخرجه الترمذي و ابن ماجه و الحاكم والبيهقي] މާނައީ" عَائِشَةَ رَضِيَ اللهُ عَنْهَا ގެ އަރިހުން ވާރިދުވެގެންވެއެވެ. ހަމަކަށަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އުޟްޙިޔާ ކަތިލުމަށްވުރެ ﷲ ލޯބިވެ ވޮޑިގެންވާ އެހެން އެއްވެސް ކަމެއް ޢީދު ދުވަހު އެއްވެސް މީހަކު ނުކުރާނެއެވެ. ހަމަކަށަވަރުން އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެއްޗެއް ޤިޔާމަތްދުވަހު އެ އެއްޗެއް ޤުރުބާންކުރި މީހަކަށް ފާފަ ފުއްސެވުމަށް އެދިގެން އޭގެ ކެހެރިތަކާއި ދަޅުތަކާއި މޮށްގަނޑާއެކު އަންނަހުއްޓެވެ. އުޟްޙިޔާ ކަތިލުމުން ފައިބައިގެންދާ ލޭ ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފޮހެވޭނެއެވެ. ފަހެ ތިޔަބައިމީހުން ތެދު ނިޔަތުގައި ހިތްނިޔަތް ޚާލިޞްކޮށްގެން ﷲ އަށްޓަކައި އުޟްޙީޔާ ކަތިލާށެވެ!

އެހެންކަމުން މިފަދަ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަވަސްވެގަންނަމާ ހިންގަވާށެވެ. ވަގުތު ފާއިތުވުމުގެ ކުރިން ޙަޔާތުގެ ދުވަސްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުން ހިފުމަށް ސަމާލުވަމާ ހިނގާށެވެ.

 

ހިދާޔަތުގެ އަލި - 5 ނޮވެމްބަރ2010


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި