Noorul-islam.NET :: އަސްތަޣުފާރުކުރުމާ ބެހޭގޮތުން ސަލަފުންގެ ބަސްފުޅުތަކުގެ ތެރެއިން




އަސްތަޣުފާރުކުރުމާ ބެހޭގޮތުން ސަލަފުންގެ ބަސްފުޅުތަކުގެ ތެރެއިން
Category »  ދީނީ ލިޔުން

ތާރީޚް: 4 ނޮވެމްބަރ 2010

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

        ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. (طُوبَى لِمَنْ وَجَدَ فِيْ صَحِيْفَتِهِ اسْتِغْفَاراً كَثِيْراً) އެމީހެއްގެ ޢަމަލުގެ ފަތުގައި ގިނަ އަސްތަޣުފާރު ފެނިއްޖެ މީހާއަށް އުފާވެރިކަން ހުއްޓެވެ!

        ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. އޭދަރިފުޅާއެވެ! ދުވާލުގެ ވަގުތުތަކުގެ ތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެއިލާހަށް ދަންނަވާ މީހުންގެ ދެންނެވުން ރައްދު ނުކުރައްވާ ވަގުތެއް ވެއެވެ. ފަހެ އަސްތަޣްފާރު ކުރުން ގިނަކުރާށެވެ.

        އަބޫ މޫސާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ﷲގެ ޢަޛާބުން އަހަރެމެން ސަލާމަތް ކޮށްދޭ ދެއަމާނެއް އަހަރުމެންނަށް ލިބިގެންވިއެވެ. އެއިގެ ތެރެއިން އެއް އަމާންކަން އަހަރެމެންނާ ވަކިވެއްޖެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އަދި އަސްތަޣްފާރު ކުރުން އަހަރެމެންނާ އެކު ވެއެވެ. ފަހެ އަސްތަޣްފާރު ކުރުން އަހަރެމެންގެ ތެރެއިން ނެތި ހިނގައްޖެނަމަ، އަހަރެމެން ހަލާކުވެ ނެތިދާނެއެވެ.

        އަލްޙަސަނުލް ބަޞްރީ ރަޙިމަހުﷲ ވިދާޅުވާ ކަމުގައި ވިއެވެ.

ތިޔަބައިމީހުންގެ ގެތަކުގައްޔާއި، ކާމޭޒު ދޮށުގައްޔާއި، މަގުތަކުގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ތިޔަބައިމީހުން އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ފަހެ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން ބާވާލައްވާނެ ވަގުތެއް ތިޔަބައިމީހުންނަކަށް ނޭނގެއެވެ.

        ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. ހަމަކަށަވަރުން މިޤުރްއާން ތިޔަބައިމީހުންގެ ބައްޔާއި އެބަލީގެ ފަރުވާ ތިޔަބައިމީހުންނަށް ބުނެދެއެވެ. ފަހެ ތިޔަބައިމީހުންގެ ބައްޔަކީ ކުށްފާފައެވެ. އަދި ތިޔަބައިމީހުންގެ އެބަލީގެ ފަރުވާއަކީ އަސްތަޣްފާރެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި