Noorul-islam.NET :: ސުވަރުގެ ވަންނާނީ
ސުވަރުގެ ވަންނާނީ
Category »  ދީނީ ލިޔުން

ތާރީޚް: 22 އޮކްޓޯބަރ 2010

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ސުވަރުގެ އަކީ މާތްﷲ ގެ އަޅުތަކުންގެ ތެރެއިން ދުނިޔެމަތީގައި އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަތް އަޅުންނަށް އެކަލާނގެ މިހާރުވެސް ތައްޔާރު ކުރައްވަވާފައިވާ އެކަލާނގެ ރަޙްމަތުގެ ގޯއްޗެވެ. ފަހެ އެތަނުގައި ތާއަބަދު ތިބުމަށް ނޭދޭނީ ކޮންބައެއް ހެއްޔެވެ!

އޯގާތެރިވަންތަ ﷲގެ މި މަތިވެރި ނަޞީބުލިބޭނީ އަރަހުށި ހުސްޠާހިރުވަންތަ ﷲގެ ފަޟްލަވަންތަވެރިކަމާއި އޯގާވަންތަވެރިކަމުގެ ސަބަބުންނެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ؛ "لَنْ يَدْخُلَ أَحَدًا عَمَلُهُ الَجَنَّةَ  " ޢަމަލުގެ ސަބަބުން އެއްވެސް މީހަކު ސުވަރުގެ ނުވަންނަ ހުއްޓެވެ " قَالُوْا: وَ لَا أَنْتَ يَا رَسُوْلُ الله؟ " ސުވާލުދެންނެވުނެވެ! ޢަމަލުގެ ސަބަބުން ކަލޭގެފާނުވެސް ނުވަންނާނެތޯއެވެ؟ "قاَلَ وَلَا أَنَا إِلَّا أَنْ يَتَغَمَّدَنِيَ الله بِفَضْلٍ وَ رَحْمَةٍ" ޙަދީޘް ކުރެއްވިއެވެ! ﷲގެ ރަޙްމަތް ތިމަންކަލޭގެފާނުގެ މައްޗަށް ނުވާނަމަ ތިމަންކަލޭގެފާނުވެސް ނުވަންނަ ހުއްޓެވެ." ((رواه البخاري))

ފަހަރެއްގައިވެސް ސުވަރުގެ އަކީ ތިމާކުރާޢަމަލުގެ ބަދަލެއްކަމުގައި ނުވެއެވެ. މާތްﷲ ގެ ރަޙްމަތް އެމީހަކަށް ތަނަވަސް ވެގެންނުވާ މީހަކަށް އެމަތިވެރި ސުވަރުގެ ނުލިބޭހުއްޓެވެ. މިހެނީ އަޅާކުރާ ޢަމަލަކީ ސުވަރުގޭގެ ނިމުމެއްނުވާ ފޫހިކަމެއް ނުވާ އަދި އެދުމުން ފުރިގެންވާ މަތިވެރި ނިޢުމަތްތަކާ އަޅާކިޔާލެވޭނެ އެއްޗެއްނުމެނޫންމެއެވެ.

ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ؛ "لَوْ أَنَّ الله عَذَّبَ أَهْلَ سَماَوَاتهِ وَ أَهْلِ أَرْضِهِ لَعَذَّبَهُمْ وَ هُوَ غَيْرُ ظَالِمٍ لَّهُمْ وَ لَوْ رَحِمَهُمْ لَكَانَتْ رَحْمَتُهُ خَيْرًا لَهُمْ مِنْ أَعْمَالِهِمْ" ((سنن ابن ماجه)) މާނައަކީ: " އުޑުތަކާއި ބިމުގެ އަހުލުވެރިންނަށް އެކީއެކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަޒާބު ދެއްވެވި ކަމުގައި ވިޔަސް އެކަލާނގެ އެބައި މީހުންނަށް އަނިޔާވެރިވެ ވޮޑިގަތީކަމުގައި ނުބެލެވެއެވެ. (ﷲ ގެ ނިޢްމަތްތައް ގިނަގުނަ ކަމުންނެވެ.) އަދި އެބައި މީހުންނަށް އެކީ އެކަށް  އެކަލާނގެ ރަޙުމް ކޮށްފިނަމަ އެބައިމީހުންގެ ޢަމަލު ތަކަށް ވުރެން އެކަލާނގެ ރަޙުމަތް މަތިވެރި ވެގެންވެއެވެ."

ވީމާ އަބަދުވެސް ﷲގެ ތަނަވަސްވެގެންވާ ރަޙްމަތަށް އެދި އެކަލާނގެ ހަޟްރަތުގައި އާދޭސް ދަންނަވަންވާނެއެވެ.

މާތް ﷲގެ ހެޔޮ ރަޙްމަތް އެބައެއްގެ މައްޗަށް ތަނަވަސްވެގެންވާ ބަޔަކުކަމުގައި އަޅަމެން ލައްވަވައި އެކަލާނގެ ރަހްމަތުގެ ގޯތި ސުވަރުގޭގެ ދާއިމީ ނިޢްމަތް އަޅަމެނަށް މިންވަރު ކުރައްވާށި! އާމީން...

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި