Noorul-islam.NET :: އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (ފުރަތަބައި)




އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (ފުރަތަބައި)
Category »  މުޖުތަމަޢު

ތާރީޚް: 16 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

 

އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ވަރަށް މަތިވެރި ޙިކްމަތްތެރި ކަންތައްތަކެއްގެ މައްޗަށެވެ. ސަބަބަކީ އެޝަރީޢަތް ބާވާލެއްވި ފަރާތަކީ ޙަކީމްވަންތަ އިލާހުކަމަށްވާތީވެއެވެ. އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި ފައިދާއެއް ލިބެނިވި ކޮންމެ ކަމެއް ކުރުމަށް އިސްލާމްދީން ގޮވާލައްވައެވެ. އަދި އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި ގެއްލުން ދެނިވި ކޮންމެ ކަމަކުނ ދުރުހެލިވެ ރައްކާތެރިވުމަށްވެސް ގޮވާލައްވައެވެ. އެހެންކަމުން ޟަރޫރީ ފަސް ކަމަކަށް ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ. އެއީ ދީން ރައްކާތެރިކުރުމާއި، ނަފްސު ރައްކާތެރިކުރުމާއި، ބުއްދި ރައްކާތެރިކުރުމާއި، ނަސްލު ރައްކާތެރިކުރުމާއި، މުދާ ރައްކާތެރިކުރުމެވެ. މި ފަސްކަންތަކަށް ރައްކާތެރިވެގެން މެނުވީ އިންސާނާގެ ޙަޔާތް ބާއްޖެވެރި ނުވާނެއެވެ. މިއީ އިސްލާމްދީނުގައި އިންސާނުންނަށް ދެއްވާފައިވާ ޙައްގުތަކެކެވެ.

ޢުމަރުގެފާނުގެ ޒަމާނުގައި ޔަމަނުން ހެދުންތަކެއް ލިބިވަޑައިގަތެވެ. އެހެދުންތައް ކޮންމެ މުސްލިމަކަށް ހެދުމެއްގެ މަގުން ޢުމަރު ރަޟިޔަﷲ ޢަންހު ބެއްސެވިއެވެ. އެކަލޭގެފާނަށްވެސް އެއް ހެދުން ލިބިވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ހެދުންކޮޅު ކުރުކަމުންގޮސް އަރަނީ ކަކުލާއި ހަމައަށެވެ. އެހިނދު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު އަށް ދެންނެވިއެވެ. ދަރިފުޅުގެ ޙިއްޞާ ބައްޕަ އަށް ދޭށެވެ. އެހިނދު ޢަބްދުﷲ އެކަލޭގެފާނުގެ ޙިއްޞާ ބައްޕަ އަށް ދެއްވުމުން ދެ ހެދުން ގުޅުއްވާލައްވައިގެން މެމްބަރަށް އަރައި ވަޑައިގެން ﷲ އަށް ޙަމްދު ޘަނާ ކިޔަވާ ވިދާޅުވުމަށްފަހުގައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ. ތިމަންކަލޭގެފާނު މިދައްކާ ވާހަކަ ތިޔަބައިމީހުން ކަނުލާ އަޑު އަހަން ތިބޭށެވެ. އެހިނދު ސަލްމާނުލް ފާރިސީ އަޑުހަރުކޮށް ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންމެން ކަލޭގެފާނު ދައްކަވާ ވާހަކަ އެއް އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ނުވެސް އަހާނަމެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ކީއްވެގެންތޯއެވެ؟ ސަލްމާނުލް ފާރިސީ ވިދާޅުވިއެވެ. އެއީ ކަލޭގެފާނު ދެ ހެދުން ތުރުކުރައްވައިގެން ހުންނެވީމައެވެ. އަހަރުމެންނަށް ދެއްވީ އެންމެ ހެދުމެކެވެ. އިންޞާފު ކޮބައިތޯއވެ؟ އެހިނދު ޢުމަރުގެފާނު ދަރިކަލުން ޢަބްދުﷲ އަށް ދެންނެވިއެވެ. ތެދުވެ ޖަވާބު ދޭށެވެ. އެހިނދު ޢަބްދުﷲ ބިން ޢުމަރު-ރަޟިޔަﷲ ޢަންހު- ތެދުވެވަޑައިގެން ވިދާޅުވިއެވެ. ތިމަންނާގެ ބައްޕާފުޅަކީ ދިގު ބޭފުޅެއްކަމުން އެންމެ ހެދުމަކުން ނުފުދެއެވެ. އެހެންވެ ތިމަން ކަލޭގެފާނުގެ ހެދުންކޮޅު ހަދިޔާ އަކަށް އެރުވުމުން ދެހެދުން ގުޅާލުމުގެ ސަބަބުން ދެހެދުންވީ އެވެ". އެހިނދު ސަލްމާނުލް ފާރިސީ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. މިހާރު ކަލޭގެފާނު ދައްކަވާ ވާހަކަފުޅު ތިމަންމެން އަޑު އަހާނަމެވެ. އަދި ކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެސް ވާނަމެވެ".

މިއީ އިސްލާމްދީން މީސްތަކުންނަށް ގެނެސްދީފައިވާ ޙައްގުތަކެވެ. މީސްތަކުން ދުނިޔޭގައި އުޅެންވާނީ އިޙްތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައެވެ. ބިރުވެރި ނާމާން ކަމެއްގެ ތެރޭގައެއް ނޫނެވެ. މިކަމުގައި އިސްލާމްދީން ދޮނެއް ކަޅެއް، ބޮޑެއް ކުޑައެއް ތަފާތެއް ނުކުރެއެވެ. ހުރިހާ އެންމެންވެސް އިސްލާމީ ތިލަފަތުން ވަޒަން ކުރައްވައެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު އިސްލާމްދީނުގައި ވަނީ ދެއްވާފައެވެ. ރަސޫލު ބޭކަލުން ފޮނުއްވާ އެބޭކަލުންގެ ޙައްގުތަކާއި ވާޖިބުތައްވަނީ އަންގަވާފައެވެ. ޙައްޖަތުލް ވަދާޢިގެ ދުވަހުގައި މީސްތަކުންގެ ޙައްގުތައް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أيها الناس إنّ دماءكم وأموالكم عليكم حرام إلى أن تلقوا ربكم) މާނައަކީ: "އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި މުދާވަނީ ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހާއި ބައްދަލުވުމަށް ދާންދެން، ޙަރާމް ކުރެވިގެންނެވެ". މާނައަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، ލޭ އޮހޮރުވާ، އެކަކު އަނެކަކު ގެ މުދާ ނުޙައްގު ގޮތުގައި ފޭރި ހެދުން ވަނީ ޙަރާމް ކުރައްވާފައެވެ.

އިތުރު އެކަލޭގެފާނުގެ ވަދާޢީ ޚުޠުބާގައި މިވަޞިއްޔަތްތައް ވަނީ ތަކްރާރު ކުރައްވާފައެވެ. ވަކިން ޚާއްޞަ ގޮތެއްގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަނީ އުއްމަތަށް ވަޞިއްޔަތް ކުރައްވާފައެވެ. އަދި މީސްތަކުންގެ ލެޔާއި މުދާ އަދަ އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަން ތަކްރާރުކޮށް ވަނީ ބަޔާންކޮށް ދެއްވާފައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި