Noorul-islam.NET :: ޕާކިސްތާނުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް ދީލަތި އަތެއް ދިއްކޮށްލަމާ!

ޕާކިސްތާނުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް ދީލަތި އަތެއް ދިއްކޮށްލަމާ!
Category »  މުޖުތަމަޢު

ތާރީޚް: 19 އޯގަސްޓް 2010

އަޞްލު : ޢަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓުން

ﷲގެ މަގުގައި ކުޑަމިންވަރެއްނަމަވެސް ހޭދަކޮށްލުންކީއްތޯ؟

ޕާކިސްތާނަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާއި ޠޫފާނުގެ ސަބަބުން އެތާގެ 20 މިލިޔަން މީހުންވަނީ ގެދޮރުންބޭރުވެ، ޙާލުގައި ޖެހިފައެވެ. ދަނޑުތައްވަނީ ހަލާކުވެގޮސްފައެވެ. ބަނޑުހައިހޫނު ކަމާއި ގެދޮރުން މަޙުރޫމުވުމުގެ އިތުރުން ތަނުގައި ވަނީ ކޮލެރާއާއި ބޭރަށްހިންގުންފަދަ ނުރައްކައުތެރި ރޯގާތައް ފެތުރެން ފަށައިފައެވެ. ޙާލުގައި ޖެހިފައިތިބި މީހުންގެ ތެރޭގައި 3.5 މިލިޔަން ކުޑަކުދިން އުޅޭކަމުގައި ކަމާބެހޭ ފަރާތްތަކުންވަނީ އިޢުލާންކޮށްފައެވެ.

މުސްލިމް ޤައުމަކަށް ދިމާވެފައިވާ މިނިކަމެތިކަމުން ސަލާމަތްކުރުމަށްޓަކައި މާތްﷲ ގެ ނަމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުސްލިމުންގެ ކިބައިން މާތް ﷲ އެދިވޮޑިގެންވާ ކަމެކެވެ. ވުމާއެކު އެއިލާހުގެ ރުހިވޮޑިގަތުން އެދިތިބެ ތިމާއަށް ވެވުނު މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެދެވިގެންވާ ކަމެކެވެ. މާތް ﷲ ވަޙީކުރަށްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. މާތް ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި އެއިލާހުގެ މަގުގައި ހޭދަކުރާ މީހާގެ މިސާލަކީ، އެންމެ އޮށްޓަރެއް އިންދި މީހާގެ މިސާލެވެ. އެއޮށުން ގަހެއްފަޅައި، އެގަހުގައި ހަތް ކުރާގަނޑު އެޅިއެވެ. އަދި އެއިން ކޮންމެ ކުރާގަނޑެއްގައި ސަކޭތަ އޮށްޓަރު އެޅިއެވެ. އަދި ﷲ އިރާދަ ކުރަށްވާ މީހަކަށް އެއަށްވުރެންވެސް އިތުރަށް ނިޢުމަތް ދެއްވަވައެވެ.

ދަންނާށެވެ! އެއިލާހަކީ، އެންމެ ފުރިހަމައަށް އައްސަވާވޮޑިގެންވާ އިލާހެވެ. އެހެންކަމުން ތިމާއަށް ކެރިކުޅަދާނަވީ މިންވަރަކުން ﷲގެ މަގުގައި ހޭދަކުރެއްވުމަށް ތިޔަބޭފުޅުންނަށް ދަންނަވަމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި