Noorul-islam.NET :: އިސްލާމީ ޝަރީޢަތުގެ މަޤްޞަދު
އިސްލާމީ ޝަރީޢަތުގެ މަޤްޞަދު
Category »  މުޖުތަމަޢު

ތާރީޚް: 18 ޖުލައި 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

 

އިސްލާމީ ޝަރީޢަތުގެ މަޤްޞަދަކީ، މީސްތަކުންގެ ޢާއްމު މަޞްލަޙަތު ޙިމާޔަތްކޮށްދީ އެބައިމީހުންނަށް ގެއްލުންހުރި އެންމެހައިކަންތައްތަކުން ރައްކާތެރިކޮށްދިނުމެވެ. އެހެންކަމުން ޝަރީޢަތުގެ އެންމެހައި ޙުކުމްތައް އައިސްފައިވަނީ މިމަޤްޞަދު ޙާޞިލުކޮށް ދިނުމަށަވެ. ޝަރީޢަތުގެ އެކިއެކި ޙުކުމްތަކާ މެދު ވިސްނައި ނަޒަރު ހިންގާލުމުން، މިކަން ވަރަށް ރަނގަޅަށް އެނގި ސާފުވެއެވެ. މާތް ﷲ ވަޙީކުރައްވައެވެ.  وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ [الحج 78] މާނައީ" ތިޔަބައިމީހުންނަށް ދަތި އުނދަގޫވާކަމެއް ދީނުގައި ލައްވާފައިނުވެއެވެ." އެހެންތަނެއްގައި ވަޙީކުރައްވާފައިވެއެވެ. يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ [البقرة 185] މާނައީ : ލުއިފަސޭހަ ގޮތްތައް الله ތިޔަބައިމީހުންނަށް އިރާދަ ކުރައްވައެވެ. އަދި ދަތި އުނދަގޫ ގޮތްތަކެއް އެކަލާނގެ ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ." އަދިވެސް ވަޙީ ކުރައްވައެވެ.  يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ وَخُلِقَ الإنْسَانُ ضَعِيفًا [النساء 28]  މާނައީ"އިންސާނާ ޚަލްޤު ކުރެވިގެންވަނީ ނިކަމަތި ޙާލެއްގައި ކަމުން، ﷲ އެދިވޮޑިގަންނަވަނީ، ތިޔަބައިމީހުންނަށް ލުއިފަސޭހަ ކުރެއްވުމެވެ."

އެހެނަސް މީހަކު ތިމާގެ މަޞްލަޙަތު ކަމުގައި ދެކޭ ކޮންމެ ކަމަކީ، ޝަރީޢަތުގެ ނަޒަރުގައި މަޞްލަޙަތަކަށް ނުވެދާނެއެވެ. މަޞްލަޙަތެއް ކަމުގައި ބެލެވޭނީ، ޝަރީޢަތުގައި ކަނޑައަޅާ މިންގަނޑުން އެއީ މަޞްލަހަތެއްކަމުގައި ޤަބޫލުކުރެވޭ ކަންތައްތަކެވެ.  ތިމާގެ ހަވާ ނަފްސައް ތަބާވެގެންހުރި މީހަކު، މުޖްތަމަޢަށް ފައިދާހުރި ކިތަންމެ ރަނގަޅުކަމެއްކަމުގައިވިއަސް، އެއީ ގެއްލުން ހުރި ކަމެއްކަމުގައި ދެކެފާނެއެވެ. ހަމަ އެފަދައިން ފަހުން ލިބިދާނޭ ބޮޑު ގެއްލުމަށް ބަލާލުމަކާ ނުލައި، ތިމާއަށާއި ތިމާ އުޅެމުންދާ މުޖްތަމަޢަށް ގެއްލުން ހުރި ކަމަކަށްވިޔަސް، އެއީ ފައިދާ ހުރި ކަމެއް ކަމުގައި ދެކެފާނެއެވެ.

މިއަސާސަށްބަލައި، މީހުންގެ މުދާ  ބާޠިލު ގޮތްގޮތަށް ކައި އުޅުމާއި، ރިޝްވަތު ދީގެން ނުވަތަ އެނޫންވެސް ގޮތަކުން ނުފޫޒު ފޯރުވައިގެން ޙުކުމްތައް އަނބުރާލަން މަސައްކަތް ކުރުމާއި، ހުއްދަނޫން ތަފާތު ގޮތްގޮތަށް މުދަލާއި ފައިސާ ލިބިގަތުމާއި، ރިބާ ކެއުމާއި މިފަދަ ކަންކަމީ، އެކަންކަމުން ތިމާއަށް ފައިދާހުރި ކަންތައްތަކެއް ކަމުގައި، ކަންކުރާމީހާ ފަހަރުގައި ދެކެފާނެއެވެ. ޙަޤީޤަތުގައި މިފަދަ ކަންކަމަކީ ދުނިޔެއާއި އާޚިރަތުގައި ބޮޑެތި ގެއްލުން ހުރިކަންކަމެވެ.

ކަން މިހެން ހުރުމާއެކު ޝަރީޢަތުގެ ޢާއްމު މަޤްޞަދުތައް އެނގިފައިއޮތުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. އެއީ، ކޮންމެ މުކައްކަލަފަކަށްވެސް ކަމުގެ ޙަޤީޤަތް އެނގުމުން، ކުރުން ހުއްދަ ކަންތަކާއި ދުރުހެލިވާންޖެހޭ ކަންކަމީ ކޮބައިކަން ދަނެގަތުމަށްޓަކައެވެ. އަދި ތިމާގެ މަޞްލަޙަތުތަކާއި، ގެއްލުން ހުރި ކަންތައްތަކަކީ ކޮބައިކަން، މިމިންގަޑުން ބަލައި ދަނެގަތުމަށްޓަކައިވެސް މެއެވެ.                                   

ޝަރުޢުގައި އައިސްފައިވާ އެކިއެކި ޙުކުމްތަކަށް ބަލައިލުމުން ޢާއްމުންގެ މަޞްލަޙަތަށް ރިޢާޔަތްކުރެވިފައިވާ މިންވަރު ވަރަށް ރަގަޅަށް އެނގޭނެއެވެ. މިގޮތުން ބަލާއިރު ޝަރުޢުގައި އެންމެ އިސްކަން ދީފައިވާ ފަސްކަންތައްތައް ފާހަގަކޮށްލެވެއެވެ. އެހެންވެ ޝަރުޢުގައި މިކަންކަމަށް ދެވިފައިވާ ނަމަކީ ޟަރޫރީ ފަސްކަންތައްތަކެވެ. އެއީ، ދީނާއި ދުނިޔޭގެ  އެންމެހައި ކަންތައް މިކަންކަމާ ނުލައި ނުވާނޭ ކަންކަމެވެ. މިކަންތައްތައް ގެއްލި ހިގައްޖެނަމަ މީސްތަކުންގެ ދިރިއުޅުމުގެ ނިޒާމު ގެއްލި، ބާއްޖަވެރިކަން ގެއްލި ހިނގައިދާނޭތީއެވެ. މީގެ އިތުރުން އެމީހަކަށް އާޚިރަތުގެ ޢުޤޫބާތް ޙައްޤުވެގެން ދާނޭތީއެވެ. މިފަސްކަންތައްތަކަކީ، ދީން ޙިމާޔަތްކުރުމާއި ނަފްސު ޙިމާޔަތްކުރުމާއި މީސްތަކުންގެ މުދާ ޙިމާޔަތްކުރުމާއި އަބުރު ރައްކާތެރި ކުރުމާއި ދަރިފަސްކޮޅު ރައްކާތެރި ކުރުމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި