Noorul-islam.NET :: އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.
އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.
Category »  ދީނީ ލިޔުން

ތާރީޚް: 8 ޖޫން 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއިލީ ކަންކަމުގައި ޢަމަލު ކުރުމަށް އައިސްފައިވާ ގޮތްކަމަށެވެ. ވެރިކަން ހިންގުމުގައިޔާއި ދިރިއުޅުމުގެ މައިދާނުގައި ޢަމަލުކުރުމަށް އިސްލާމް ދީނުގައި ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމެއް، މުސްލިމުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ނުދަނެއެވެ. އަދި އެނގުނު ކަމުގައިވީނަމަވެސް، މުސްލިމުން އެގޮތްތަކަށް ތަބާވާންޖެހޭނޭ ކަމެއްވެސް ގިނަބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ.

ޝައްކެއްނެތް ގޮތުގައި، الله سبحانه وتعالى މިދުނިޔެއަށް އިންސާނުން ފޮނުއްވިއިރު އެބައިމީހުން އުޅެންވީގޮތް އެކުލެވޭ ދިރިއުޅުމުގެ ފުރިހަމަ މަންހަޖެއް އެބައިމީހުންނާއެކު ބާވާލައްވާފައިވެއެވެ. އިސްލާމީ ޝަރީޢަތަކީ އެއީއެވެ. މިކަމަށް އިޝާރަތްކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.  قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى [طه 123] މާނައީ:"އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަ ދެކަނބަލުން އެކުގައި ސުވަރުގެއިން ބިމަށް ފައިބައިވަޑައިގަންނަވާށެވެ! ތިޔަދެކަނބަލުން އަންނާނޭ ދަރިފަސްކޮޅުމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޢަދާވާތްތެރިން ކަމުގައި ވެގެންދާނެއެވެ. އަދި ތިޔަބައިމީހުން އުޅެންވީގޮތް އަންގައިދޭ ތެދުމަގު ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. އެމަގަށް ތަބާވެއްޖެ މީހަކު މަގުފުރެދިގެން ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ."

އިސްލާމީ ނަޒަރުން ބަލާއިރު ދިރިއުޅުމުގެ މައިދާނުގައި ކުރެވޭ މުޢާމަލާތްތަކާއި ވެރިކަން ކުރުމާއި މިކަންކަމަކީވެސް އިސްލާމީ ޝަރީޢަތުގައި އެކުލެވިގެންގެންވާ މައިގަނޑު ބައެކެވެ. މިދީނުގައި މީސްތަކުން އުޅުމަށް މާތް ﷲ ދައްކަވާފައި މަގާއި، ވެރިންނާއި ރައްޔިތުންކުރެ ކޮންމެފަރާތެއްގެވެސް ޙައްޤުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ވަރަށް ފުރިހަމައަށް ކަނޑައަޅުއްވާފައިއެވެ. ކީރިތި ޤުރުއާނުގައި  ވެރިކަން ހިންގުމުގެ ނިޒާމާބެހޭ އެތަކެއް އާޔަތެއް އައިސްފައި ވެއެވެ. ހަމަ އެފަދައިން ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަތަކާއި ޢާއިލީ މައްސަލަތަކާއި ވިޔަފާރިއާއި ލޭންދޭނާއި އިޤްތިސާދީކަންކަމާއި އެގްރިމެންޓްތަކާއި އެއްބަސްވުންތަކާއި ހަނގުރާމައާއި ޞުލްޙައާއި އިސްލާމީ ދައުލަތާއި އެހެނިހެން ޤައުމުތަކާ މެދުގައި އޮންނަންވާ ގުޅުމާބެހޭ ވާހަކަތަކާއި މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު އޮންނަ ގުޅުމުގެ ވާހަކައާއި މިހުރިހާ ކަމެއްގައި މުސްލިމުން ޢަމަލުކުރަންވީގޮތް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ.

މިއަކީ ފުލޯކުވާހަކަތަކެއްނޫނެވެ! އަދި ޚިޔާލީ ވާހަކަތަކެއްވެސް ނޫނެވެ! ކީރިތި ޤުރުއާން ބާވާލެއްވި ގޮތަށް އަޅުގަނޑުމެންގެ އަތްމަތީގައި މިވަނީއެވެ. މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތްވެސް މިވަނީއެވެ. މިދެ މަސްދަރަށް ރުޖޫޢަވާއިރު އަޅުގަނޑުމެންނަށް މިވަހަކަތައް ވަރަށް ޞަރީޙަބަހުން އައިސްފައިވަނިކޮށް ފެންނަން އެބައޮތެވެ.

ޤުރުއާނުގައި ވެރިންނާއި ރައްޔިތުންގެ ޙައްޤުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތު އަންގައިދޭ އެތަކެއް އާޔަތެއް އައިސްފައިވެއެވެ.  އަދި މަޝްވަރާގެ އުޞޫލުތަކާ އެއްގޮތަށް ވެރިކަން ހިންގާނޭ ގޮތާއި، ވެރިންނާއި ރައްޔިތުންނާ ދެމެދު ދެބަސްވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތާއި، ސިލްމާއި ސަލާމާއި ހަނގުރާމައާއި ޞުލްޙައާއި މުސްލިމުންނާއި ޣައިރު މުސްލިމުންނާ އޮންނަ ގުޅުމާއި މިފަދަ އެތައް ޙުކުމެއް ޤުރުއާނުގައި އައިސްފައިވެއެވެ. މިއީ، އެއްވެސް ޙާލެއްގައި ބޭނުމެއްނެތި ބާވާލައްވާފައިވާ ޙުކުމްތަކެއްނޫނެވެ.

ކީރިތިވަންތަ ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ މުޚާޠަބު ކުރައްވައި ވަޙީ ކުރައްވާފައިވެއެވެ.  إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلا تَكُنْ لِلْخَائِنِينَ خَصِيمًا  [النساء 105]  މާނައީ: "ހަމަކަށަވަރުން ޙައްޤުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވާލެއްވީ، ކަލޭގެފާނަށް ދައްކަވާފައި ގޮތުގެ މަތީން މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވުމަށެވެ. ޚިޔާނާތްތެރީންގެ ދަފާޢުގައި ވަކާލާތުކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ"!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި