Noorul-islam.NET :: އޭނަގެ ކުފުރު އިޢްލާން ކުރުމުގައި...

އޭނަގެ ކުފުރު އިޢްލާން ކުރުމުގައި...
Category »  އެޑިޓޯރިއަލް

ތާރީޚް: 31 މޭއި 2010

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ނައިބު އެޑިޓަރ)

 

އޭނަގެ ކުފުރު އިޢްލާން ކުރުމުގައި...

ބްރިޓޭނިއަރ އަށް އުފަން ކްރިސްޓިއަން ދެމަފިރީންގެ ހުރި އެއްމެ ދަރިއެކެވެ. އޭނަވެސް ހުންނަނީ އޭނަގެ މައިން ބަފައިންގެ ދީން މަތީއެވެ. އިސްލާމް ޔުނިވަރސިޓީ އަކުން ބައްދަލުވެގެން އިސްލާމްދީން ޤަބޫލުކުރަން ދިމާވީ ކޮން ސަބަބެއްތޯ އަހާލުމުން ވަރަށް ހައިރާންވާ ފަދަ ޖަވާބެއް ދިނެވެ. ބުންޏެވެ ؛ "އެއްދުވަހަކު ރައްޓެއްސެއްގެ ލައިބްރަރީ އަށް ވަދެ އުޅެނިކޮށް އެތަނުން ފެނުނު ޢަރަބިފޮތެއް އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައި އޮތްވާ، ދެން އެފޮތް ބެލި އިރު އޭގެ 2 ވަނަ ސަފްހާގައި މިއޮންނަނީ މީ މިފޮތުގައި އެއްވެސް އޮޅުމެއް ޝައްކެއް ނުވާ ފޮތެކެވެ. އެހިސާބުން އެއީ ތެދެއްތޯ ބަލަން ވެގެން ވަރަށް ޝައުގު ވެރިކަމާއެކު އެފޮތޮތްކީމެވެ. އެއަށްފަހު ޢަދުލުވެރި ހައްގު ދީނަކީ އިސްލާމްދީން ކަން ހަމަބުއްދިއަށްވެސް ވިސްނުނެވެ. އެއްމެ ފުރަތަމަ އެއީ ކީރިތި ޤުރުއާންކަމެއް ނުދަނެހުރިން. އާދެ! ބަޤަރާ ސޫރަތުގެ 2 ވަނަ އާޔަތުގެ ތަރުޖަމާ ފެނުމުގެ ސަބަބުން މިމަތިވެރި ދީނުގެ ހިދާޔަތް ﷲ އޭނަޔަށް ދެއްކެވިއެވެ.

އިސްލާމް ދީނަކީ ވަރަށް މަތިވެރިވެގެންވާ ފުރިހަމަ ދީނެކެވެ. ދުނިޔެ ދައުރުވަމުންދާ ވަރަކަށް އިސްލާމްދީނުގެ ހަގީގަތް ނޭނގޭ މީހުންނަށް އެދީނުގެ ތެދުކަމާއި މަތިވެރިކަން އޮޅުން ފިލައި ދެއެވެ. ދުނިޔޭގެ ސްޓެޓިސްޓިކަށް ބަލާއިރުގައިވެސް ޢައިރުމުސްލިމުންގެ ތެރެއިން އެތަށް ބަޔަކު ކޮންމެ ދުވަހެއްގެ މައްޗަށް އިސްލާމްދީން ގަބޫލުކުރެއެވެ. މިބައިމީހުންގެ ތެރޭގައި ބާޠިލު ދީންތަކަށް ތަބާވާ މީހުންނާއި ވަކި ދީނެއް ޤަބޫލު ނުކުރާމީހުންވެސް ހިމެނެއެވެ.

ދިވެހި މުޖުތަމަޢުގައި ވެސް ދީނަށް ފުރައްސާރަކޮށް ދީންނާމެދު ޝައްކު އުފައްދަން މަސައްކަތް ކުރާމީހުން މިއަދު މިއަންނަނީ ފާޅުވަމުންނެވެ. އޭގެ ހިތިނަތީޖާ މިއަދު އެވަނީ ފެނިފައެވެ. ދިވެހި ލޮބުވެތި ވަޠަނުގައި މިކަމެއް ފެށިފައިވަނީ މީގެ 19 އަހަރުކުރިންކަން މިކަމާމެދު ވިސްނާލުމުން އެނގެއެވެ. މި ފިތުނައިގައި ޖެހި ދީނާމެދު ޝައްކު އުފެދިފައިވާ މީހުންގެ ތެރޭގައި މިއުޅެނީ މައިގަނޑު އެއް އުމުރު ފުރާއެއްގެ އެކުއެކީގައި ސްކޫލްގައި ކިޔެވި ބައެކެވެ. މިހެން މިކަން ދިމަވާންޖެހޭ ސަބަބެއްވެސް އެބައޮތެވެ. ދީނާ މެދު ސައްހަ މައުލޫމާތު ފޯރުކޮށް ނުދެވުން އެއީ މީގެ މައިގަނޑު އެއް ސަބަބެވެ. ޢިލްމުވެރިން ގެ ދުލުގައި ހިލިހިލާ އެޅުވުންވެސް މި ސަބަބުތަކުގެ ފުރަތަމަ ރޭންކުގައި ހިމެނޭނެކަން ޔަގީނެވެ. އެހެން ނަމަވެސް މިހިނދުވެސް މިމަސައްކަތް ކުރެވެމުން އަންނަނީ "އިސްލާމް" އިޚްތިޔާރީ މާއްދާއަކަށް ހެދުމަށެވެ. ވިސްނައި ފިކުރު ކުރުން ހުއްޓެވެ.

އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ހުންނަ މުއުމިނާ އަކީ ދީންދޫކުރާނެމީހެއްނޫނެވެ. މިހެނީ އިސްލާމް ދީނުގެ ސައްހަ އަގީދާ އަކީ ވަރަށްބޮޑަށް ހިތުގައި ބިންވަޅު ނެގިފައިވާ އެއްޗެކެވެ. އެހެން ދީންތަކުގެ މީހުންނާ ޚިލާފަށް މުސްލިމަކު އޭނާގެ މަސް ކޮށާ ކުދިކުދި ކުރިނަމަވެސް ދީން ދޫކޮށެއްނުލާނެއެވެ. ޢައިރު މުސްލިމުންގެ އުސޫލަކީ 1 ބުރި ޢިމާރާތެއްގެ މަތިން މިވައްޓަލަނީއޭބުންޏަސް އޭނަގެ ޢަގީދާ ބަދަލުކުރުމެވެ.

ކޮންމެކަމެއްގައިވެސް ﷲ މަތިވެރި ޙިކުމަތްތަކެއް ލައްވަވާފައި ވާނެކަން ކަށަވަރެވެ. އޭނާގެ ހަގީގަތް އޭނަ ބަޔާން ކުރުމުގައިވެސް ހިކުމަތެއްވާނެއެވެ. ނޫރުލް އިސްލާމުން އުއްމީދު ކުރަނީ އޭނައަށް ހިދާޔަތުގެ އަލިމަގު ލިބުމަށާއި އޭނަގެ ހިތުގައި އުފެދިފައިވާ ބާޠިލު އަގީދާ، ހައްގު ހެޔޮ މަގަށް އެޅުވުމަށްޓަކައި ﷲ މިންވަރު ކުރެއްވި ކަމެއްކަމުގައި އެކަން ލެއްވުމެވެ. އަދި އެކަމުގެ ފަހަތުގައި ތިބި މީހިންނަށް ހިދާޔަތު ދެއްކެވުން އެއީ އަޅުގަނޑުމެންގެ އިޚްލާސްތެރި ދުއާއެވެ. ދިވެހި ގައުމުގެ އުޖާލާ ކަމުގައި އިބަ ﷲ ލެއްވެވި އިސްލާމީ ނޫރު އެތަނުން ނައްތާލުމަށް މަސައްކަތް ކުރާމީހުން ނައްތަވާލައްވާނދޭވެ!

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި