Noorul-islam.NET :: ޚާއްޞަކޮށް އަންހެން ދަރީންނަށް ތަޢުލީމު ދިނުމުގެ މުހިންމުކަން
ޚާއްޞަކޮށް އަންހެން ދަރީންނަށް ތަޢުލީމު ދިނުމުގެ މުހިންމުކަން
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 22 މޭއި 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު

 

ހަމަކަށަވަރުން ވެސް ޢިލްމާއި ތަޢުލީމަކީ އިންސާނީ ޙަޔާތުގެ މައިބަދަ ކަމުގައި ނޫނީ ނުވެއެވެ. އިންސާނިއްޔަތުގެ ތާރީޚުގައި އިންސާނުން ޙާޞިލްކޮށްފައިވާ ތަރައްޤީއާއި ތަމައްދުނާއި ތަހްޛީބުގެ އުސްމިންތަކަކީ ޢިލްމުގެ އަލީގައި ހޯދާފައިވާ ކާމިޔާބުތަކެއް ކަންޔަޤީނެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ތަޢުލީމަށް ދީފައިވާ މަތިވެރި ދަރަޖައާއި މަޤާމު އެހެން އެއްވެސް ވަޟްޢީ ނުވަތަ، ފަލްސަވީ ނިޒާމެއްގައި ދެވިފައިނުވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ﷲ ބާވާލެއްވި އެންމެ ފުރަތަމަ ވަޙީގެ ބަސްފުޅަކީ ތަޢުލީމާމެދު ބާވާލައްވާފައިވާ ބަސްފުޅެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (العلق:1)   މާނައީ:  " ކަލޭގެފާނުގެ ހައްދަވާބޮޑުކުރެއްވި ވެރިރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ކިޔަވާވިދާޅުވާށެވެ! " މިފަދަ މަތިވެރި އަމުރުފުޅަކުން އުންމަތުގެ ޢިލްމީ ޙަޔާތުގެ ޞަފްޙާތައް ލިޔެވެން ފެށިއެވެ.

އާދެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ޙަޔާތްޕުޅުގައި އިސްލާމީ އުންމަތުގެ ދަރީންނަށް ތަޢުލީމު ދެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މިގޮތުން ބަދުރު ހަނގުރާމައިގައި ހައްޔަރުކުރެވުނު ދުޝްމަނުންގެ ބައެއް އަސީރުން ދޫކޮށްލުމުގެ ފިދުޔައެއްގެ ގޮތުން މުސްލިމުންގެ ދަރީންނަށް ލިޔަންކިޔަން ދަސްކޮށްދިނުން ކަނޑައެޅުއްވިއެވެ. އަދި މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން ދިއުމަށް ފަހު އެކި ފަންނުތަކުގެ ޤާބިލު ޢިލްމީ ދަރީންތަކެއް ވަނީ އިސްލާމީ މުޖުތަމަޢުން ފެނިފައެވެ.

ޚާއްޞަކޮށް އަންހެން ބޭކަނބަލުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭކަނބަލުންތަކެއް ފެނިފައިވެއެވެ. މިގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި، އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާއާއި، ނުސައިބާ ބިންތި ކަޢުބު  ރަޟިޔަﷲ ޢަންހާއާއި މިފަދަ ވަރަށް ގިނަ ބޭކަނބަލުން ފެނިފައިވެއެވެ. މިއީ އިސްލާމުންގެ ފުރަތަމަ ޖީލުން ފެނަން އޮތް ވަރުގަދަ ޙަޤީޤަތެކެވެ.

އިސްލާމީ އުންމަތުގެ މުޅި ތާރީޚުގައި ވެސް ތަޢުލީމަށް ވަރަށް މުހިންމުކަމެއް މުސްލިމުން ދީފައިވެއެވެ. ނަމަވެސް ހިތާމައަކީ އަދުގެ ދުނިޔޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި ދުރުގައި ދިރިއުޅޭ ބައެއް މީހުން ތަޢުލީމާ ދުރަށް ދާކަމެވެ. އަދި އެމީހުންގެ ދަރީން ވެސް ތަޢުލީމުން މަޙްރޫމު ކުރުވާ ކަމެވެ. ޚާއްޞަކޮށް އަންހެންދަރީން ތަޢުލީމުން މަޙްރޫމުކުރާ ބައެއް މީހުން މަދުން ނަމަވެސް މުޖުތަމަޢުން ފެންނަމުން އެބަދެއެވެ. މިއީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމަށް އަންހެން ދީނީ ޢިލްމުވެރިޔަކު ބޭނުންވާ ފަދައިން އަންހެން ޑަކްޓަރަކު ވެސް ބޭނުންވެއެވެ. އަންހެން ނަރުހަކުވެސް ބޭނުންވެއެވެ. ޤައުމުގެ ދެޖިންސުގެ ދަރީން ތަފާތު ފަންނުތަކުން ތަޢުލީމު ހޯދައި ހުނަރުވެރިވެގެން ނޫން ގޮތަކުން މިއަދު މުޖުތަމަޢަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ނުކުރެވޭނެކަން ޔަޤީނެވެ. ވީމާ ދެޖިންސުގެ ޒުވާނުންނަށް ތަފާތު ޢިލްމީ ދާއިރާތަކުން ތަޢުލީމު ދިނުމަކީ ދީނާއި ޤައުމަށްޓަކައި ވެވޭ ވަރަށް މަތިވެރި ޤުރްބާނީއެކެވެ.  


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި