Noorul-islam.NET :: މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއީ ކޮންބޭކަލެއްކަން އެނގޭހެއްޔެވެ؟؟؟ އަހުރެންގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ!!! ޞައްލަﷲ ޢަލައިހި ވަސައްލަމް... (1)

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއީ ކޮންބޭކަލެއްކަން އެނގޭހެއްޔެވެ؟؟؟ އަހުރެންގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ!!! ޞައްލަﷲ ޢަލައިހި ވަސައްލަމް... (1)
Category »  محمد صلى الله عليه وسلم

ތާރީޚް: 16 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލްالحمد لله رب العالمين، والصلاة والسلام على المبعوث رحمة للعالَمين وعلى آله وصحبه ومن اتبع سنته بإحسان إلى يوم الدِّين

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި، އިހާއި ފަހުގެ އެންމެހާ މީސްތަކުންގެ ސާހިބާއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. [ ތިމަންކަލޭގެފާނަކީ އާދަމުގެ ދަރީންގެ ސައްޔިދެވެ. - މިއީ ފަޚުރުވެރިވުމުގެ ބަހެއް ނޫނެވެ."

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ރަޙްމަތުގެ ނަބިއްޔާއެވެ. ﷲ ވަޙީ ކުރައްވަނީ: ((وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ )) (އަލް އަންބިޔާ : 107 ) މާނައީ: " ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ."

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މުޅި އިންސާނިއްޔަތަށް ފޮނުއްވުނު ނަބިއްޔެކެވެ. ﷲ ވަޙީ ކުރައްވަނީ ((قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا)) (އަލް އަޢްރާފް : 158 ) މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ. އޭމީސްތަކުންނޭވެ! ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން އެންމެންގެ ގާތަށް ފޮނުއްވިގެންވާ ﷲ ގެ ރަސޫލަކީމެވެ."

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ބޮޑުވެގެންވާ ޝަފާޢަތުގެ ވެރި ކަލޭގެފާނެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. " ފަހެ މީސްތަކުން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާނެއެވެ. އަދި ދަންނަވާނެއެވެ. 'އޭ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ! ތިޔައީ ﷲގެ ރަސޫލާއެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފާނެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކަލޭގެފާނުގެ އިސްވެގޮސްފައިވާ ފާފަތަކާއި ފަސްވެގެންވާ ފާފަތައް ފުއްސަވާ ދެއްވާފައެވެ. ތިމަންމެންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވެދެއްވާށެވެ! ތިމަންމެން މިވާ ކަންތައްތައް ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވަނީ ތޯއެވެ؟' ދެން ތިމަންކަލޭގެފާނު ޢަރުޝީގެ ދަށަށް ވަޑައިގެން ތިމަންކަލޭގެފާނުގެ ވެރި އިލާހަށް ސަޖިދަ ކުރައްވާނަމެވެ. ދެން އޭގެ ކުރިން އެއްވެސް މީހަކު ﷲ އަށް ދަންނަވާފައި ނުވާފަދަ ރިވެތި ޙަމްދާއި ޘަނާ ދެންނެވުމަށް މަގުފަހި ކޮށްދެއްވައެވެ. ދެން ތިމަންކަލޭގެފާނަށް ނިދާ އިއްވެވޭނެއެވެ. "އޭ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ! އިސްތަށިފުޅު އުފުއްލަވާށެވެ! ދަންނަވާށެވެ! (ދަންނަވާ ކަމެއް) ލިބިވަޑައިގަންނަވާނެއެވެ. ޝަފާޢަތްތެރިވެ ވަޑައިގަންނަވާށެވެ. ޝަފާޢަތް ޤަބޫލު ކުރެއްވޭނެއެވެ. (މިޙަދީޘް ރިވާ ކުރައްވާފައިވަނީ އިމާމް ބުޚާރީ އާއި އިމާމް މުސްލިމް އެވެ.)

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޙަމްދު ލިބިގެންވާ މަޤާމުގެ ވެރި ކަލޭގެފާނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (( عسى أن يبعثك ربك مقاما محمودا )) (އަލް އިސްރާ:79) މާނައީ: "ކަލޭގެފާނުގެ ވެރި އިލާހު ކަލޭގެފާނަށް ޙަމްދުލިބިގެންވާ މަޤާމު ދެއްވުމަށްޓަކައެވެ."

 

(ނުނިމޭ)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި