Noorul-islam.NET :: މީސްތަކުންނަށް އުނގަންނައި ދިނުމާއި ހެޔޮކަންތައްތަކަށް ގޮވާލުމުގެ މާތްކަން
މީސްތަކުންނަށް އުނގަންނައި ދިނުމާއި ހެޔޮކަންތައްތަކަށް ގޮވާލުމުގެ މާތްކަން
Category »  ދީނީ ލިޔުން

ތާރީޚް: 19 އޭޕްރީލް 2010

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރު)

 

މީސްތަކުންނަށް އެބައިމީހުންގެ ދީނުގެ ކަންތައްތައް އުނގަންނައިދީ އެބައިމީހުންނަށް ހެޔޮކަންތައްތަކަށް ދަޢުވަތު ދިނުމަކީ ނަބީބޭކަލުންގެ ވަޒީފާއެވެ. ފަހެ، ހަމަކަށަވަރުން އެއީ އެންމެ މަތިވެރި އަދި އެންމެ މާތް ވަޒީފާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިވަޒީފާ އަދާކުރުމަށްޓަކައި ޢިޚްތިޔާރުކުރެއްވީ އެންމެ މާތް އަޅުތަކުންނެވެ. އެހެންކަމުން ﷲ ތަޢާލާ އެމީހަކަށް އެބޭކަލުންގެ މަގުން ހިނގައި، މީސްތަކުންނަށް ދީނުގެ ކަންތައްތައް އޮޅުންފިލުވައިދީ ހެޔޮކަންތައްތަކަށް އިރުޝާދުދީ އެކަންކަންކުރުމަށް މަގުފަހިކުރައްވައި ތައުފީޤުދެއްވައިފިނަމަ ހަމަކަށަވަރުން އެމީހަކު އެޙާޞިލްކުރީ ގިނަވެގެންވާ ހެޔޮކަންތައްތަކެކެވެ. އެހެޔޮކަމަކީ ބިންމަތީގައި ޢިލްމު ފެތުރި ހެޔޮކަންތައްތަކަށް ގޮވާލެވި ނުބައި ކަންތައްތައް މަނާކުރެވުމެވެ. އޭގަ ސަބަބުން ﷲ ތަޢާލާގެ ޙުއްޖަތް ބިންމަތީގައި ޤާއިމްކުރެވެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.{  هُوَ الَّذِي بَعَثَ فِي الأمِّيِّينَ رَسُولا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ} { الجمعة 2} މާނައީ:"އެއީ އުއްމީންގެ ތެރެއަށް (އެބަހީ ލިޔަންކިޔަން ނުދަންނަމީހުންގެ ތެރެއަށް) އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ކަލާނގެއެވެ. އެކަލާނގެ އާޔަތްތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން ޠާހިރުކުރައްވަތެވެ. އަދި ފޮތާއި ޙިކުމަތް އެއުރެންނަށް އުނގެންނަވައިދެއްވަތެވެ ".

އަދިވެސް ވަޙީކުރައްވާފައިވެއެވެ.{  كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ}{ آل عمران 110}. "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރެއެވެ. އަދި، ނުބައިކަންތައްތައް ނަހީކުރަމެވެ".

ހެޔޮކަންތައްތަކަށް މަގުފަހިކޮށްދޭ މީހާއަށް އެހެޔޮކަންކުރާ މީހުންނަށް ލިބޭ އަޖުރުލިބެއެވެ. ފަހެ، އެއީ އެހެޔޮކަންކުރާމީހުންގެ އުޖޫރައިން އެއްވެސް އެއްޗެއް އުނިނުވާ ޙާލުގައެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ مَنْ دَعَا إِلَى هُدًى كَانَ لَهُ مِنْ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا}{ مسلم}. މާނައީ:"  ".ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް (އެހެޔޮކަމެއް ކުރުމުގައި) އޭނާއާ ތަބާވާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހުންގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ."

ހަމަކަށަވަރުން މީސްތަކުންނަށް އުނގަންނައިދޭ މީހާއަށް އަކީ މަތިވެރި ދަރަޖަލިބިގެންވާ މީހެކެވެ. އަދި އެހެނިހެން މަޚްލޫޤުންތައްވެސް އޭނާއަށްޓަކައި ދުޢާކޮށް ފާފަފުއްސެވުން އެދި ދަންނަވަތެވެ. { إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِى جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ } {الترمذى: حسن صحيح}. މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް ހެޔޮކަންތައް އުނގަންނައިދޭ މީހާއަށް ﷲ ތަޢާލާ ޞަލަވާތް ލައްވައެވެ. އަދި އެއިލާހުގެ މަލާއިކަތުންނާއި، ހޮރުގައިވާ ހިންޏާއި ކަނޑުގައިވާ ބޮޑުމަހަށް ދާންދެން، އުޑުތަކާއި ބިމުގެ އަހުލުވެރިން، އޭނާއަށް ފާފަފުއްސަވައި ދެއްވުން އެދި ދުޢާކުރެއެވެ."

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި