Noorul-islam.NET :: ދީނީ ޢިލްމުގެ މާތްކަން
ދީނީ ޢިލްމުގެ މާތްކަން
Category »  ދީނީ ލިޔުން

ތާރީޚް: 14 އޭޕްރީލް 2010

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރު)

އިސްލާމްދީނުގައި ޝަރުޢީ ޢިލްމަކީ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައިވާ ޢިލްމެކެވެ. އަދި އެއީ އެހާމެ މަތީ މަޤާމެއް ދެއްވާފައިވާ ޢިލްމެކެވެ. ﷲ ތަޢާލާ ވަނީ އެޢިލްމު އުނގެނުމަށް ބާރުއަޅުއްވާފައެވެ. އެޢިލްމުގެ އަހުލުވެރިން އެހެންމީހުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި އެޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ.

ފަހެ، އެހެންކަމުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުންގެ ފަރާތުން މީސްތަކުންނަށް ވަރުތަކުރުވި އެއްޗައްކީ ޝަރުޢީ ޢިލްމެވެ. މިޢިލްމު ލިބިގަތްމީހަކީ އެބޭކަލުންގެ ވާރުތަވެރިއެކެވެ. ފަހެ، ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް ހެޔޮގޮތް މިންވަރުކުރައްވަން އިރާދަ ކުރައްވައިފިނަމަ އޭނައަށް މިޢިލްމު އުނގެނުމަށް މަގުފަހިކުރައްވައެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.{ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لا يَعْلَمُونَ }{ الزمر 9}.މާނައީ:"ކަލޭގެފާނުވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟". އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.{ يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ}{ المجادلة 11}މާނައީ:"ތިޔަބައިމީހުންގެ ތެރެއިން އީމާންވިމީހުންނާއި، ޢިލްމުލިބިގެންވާމީހުން ﷲ ދަރަޖަތަކަށް އުފުއްލަވާނެތެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ.{ وَقُلْ رَبِّ زِدْنِي عِلْمًا}{ طه 114}. މާނައީ:"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭއެވެ".

ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ }{ رواه البخاري، ومسلم }.މާނައީ:"ﷲ ތަޢާލާ އެމީހަކަށް ހެޔޮގޮތްމިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އޭނައަށް ދީނުގެ ޢިލްމު ދެއްވައެވެ". ދީނީ ތަޢުލީމު އުނގެނުމަކީ ސުވަރުގެއަށް ދިއުމަށް މަގުފަހިކޮށްދޭކެމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ. { مَنْ سَلَكَ سَبِيْلاً يَبْتَغِي بِهِ عِلْماً، سَهَّلَ اللهُ لَهُ طَرِيْقاً إِلَى الْجَّنَّةِ، وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضاً بِماَ يَصْنَعُ، وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ كُلُّ شَيْءٍ حَتَّى الْحِيْتَانُ فِيْ الْمَاءِ، وَفَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوْا دِيْنَاراً وَلاَ دِرْهَماً إِنَّماَ وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ}{ أبو داود والترمذي}. މާނައީ:" ޢިލްމު އުނގެނުމަށްޓަކައި މަގެއް ޚިޔާރުކޮށްފިމިހާއަށް ﷲ ތަޢާލާ ސުވަރުގެއަށް ދިއުމަށްޓަކައި މަގެއް ފަސޭހަކޮށްދެއްވައެވެ. އަދި ހަމަކަށަވަރުން މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަފުޅުތައް ކިޔާވާކުއްޖާއަށްޓަކައި އޭނާ ކުރާ ކަންތަކަށް (އެބަހީ ޢިލްމު އުނގެނުމަށް) ރުހިވަޑައިގެންވާ ޙާލު ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން ހުރިހާ އެއްޗެއް  ޢިލްމުވެރިޔާއަށްޓަކައި ފާފަފުއްސެވުން އެދި ދުޢާކުރެއެވެ. ކަނޑުގައިވާ މަހަށް ދާންދެނެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާއަށް މާތްކަންލިބިގެންވާ ފަދައީ، ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއްވެސް ވާރުތައެއް ނުކުރައްވައެވެ. އެބޭކަލުން ވާރުތައިގެ ގޮތުގައި ދޫކުރެއްވި އެއްޗަކީ ޢިލްމެވެ. އެޢިލްމު އުނގެނި ހޯދައިފިމީހާ އެހޯދީ ބޮޑުވެގެންވާ ނަސީބެކެވެ. ".

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި