Noorul-islam.NET :: ނަމާދު އެޅުމާމެދު އައިސްފައިވާ ވަޢީދުތަކުގެ ތެރެއިން
ނަމާދު އެޅުމާމެދު އައިސްފައިވާ ވަޢީދުތަކުގެ ތެރެއިން
Category »  ދީނީ ލިޔުން

ތާރީޚް: 29 މާޗް 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

 

1- މާތް ﷲ ރުއްސުންލެއްވި ޙަޟްރަތު ޖާބިރު ބުނު ޢަބްދުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ((بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ)) [1] މާނައީ: މީހާއާއި ކުފުރާއި ނުވަތަ ޝިރުކާ ދެމެދުހުރި އިންފަރާކީ ނަމާދު އަޅައިފުމެވެ. މިއެވެ.

2- މާތް ﷲ ރުއްސުންލެއްވި ޙަޟްރަތު ޢަބްދުﷲ ބުނު ޢަމްރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަމާދަށް ރައްކާތެރިވުމާމެދު، އެއްދުވަހަކު ވަޞިއްޔަތްކުރަވަމުން، رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ((مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًا وَبُرْهَانًا وَنَجَاةً مِنَ النَّارِ يَوْمَ الْقِيَامَةِ وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُورًا وَلاَ نَجَاةً وَلاَ بُرْهَانًا وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَفِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَف))[2] މާނައީ: ނަމާދަށް ރައްކައުތެރިވާ މީހާއަށް ޤިޔާމަތް ދުވަހުން ނޫރާއި ހެއްކާއި ސަލާމަތްތެރިކަން ލިބިގެންވެއެވެ. އަދި އެއަށް ރައްކައުތެރި ނުވާ މީހާއަށް ނޫރެއް، ހެއްކެއް، އަދި ސަލާމަތްތެރި ކަމެއްވެސް ނުވެއެވެ. އަދި އޭނާވާހުށީ ޤާރޫނާއި ފިރްޢައުނާއި ހާމާނާއި އުބައްޔުބްނު ޚަލަފާ އެކުގައެވެ. މިއެވެ.[1] ރިވާކުރެއްވީ އަޙްމަދެވެ. އަދި ބުޚާރީ ފިޔަވައި ފަސްއިމާމުންނާއި ދާރަމީ އެވެ.

[2] ރިވާކުރެއްވީ އަޙްމަދު (6288)، ދާރަމީ (2605)، ޠަބަރާނީ މިބޭކަލުންނެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި