Noorul-islam.NET :: ހަސްތީގެ ވެށި - 1

ހަސްތީގެ ވެށި - 1
Category »  ދީނީ ލިޔުން

ތާރީޚް: 26 ޖެނުއަރީ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން (އިބްނުލްޖުޒުރު)

 

ފެށުން

1-     ރައްބީގެ އިސްމުން ވާގި އެދިގެން ނޭ ފެށީ

ޙަމްދާ ޘަނާ ރައްބީގެ  ކުރަމުން ނޭ ފެށީ

2-      ލޮބުވެތި މަގޭ ދީބުގާ އުޅޭ  އަޚުނަށް ޓަކައި

އޮޅުމެއްނުވާ ހަސްތީގެ ވެށި ލިޔުމަށް ފެށީ

3-      ތައުފީޤު ދެއްވުން އެދި އަދާ ރަޙުމާނ އަށް

ތަކުރާރުކޮށް ގިނަ ހެޔޮ ދުޢާ ކުރަމުން ފެށީ

4-      އިލްހާމުކޮށް ތެދުމަގު އަޅަށް އަދި ދައްކަވައި

އިޚުލާޞުވެސް ދެއްވުން އަޅަށް އެދިގެން ފެށީ

5-      ރަޙުމަތް އިލާހީ  ލެއްވުމަށް އެދުމާ އެކީ

ރަޙުމާނުއަށް ގިނަގުނަ  ދުޢާ ކުރަމުން ފެށީ

 

***************

އާދަމް އަލައިހިއްސަލާމު ހެއްދެވުން

 

1- އިންސާނަކަށް  ފުރަތަމަ އެއާދަމު ލައްވަވާ

ބިންގަނޑުގެވާ  ޠާހިރު  މަށިންނޭ   ހެއްދެވީ

2-ބިމުގައި ޚަލީފާއެއް ކަމަށް އަދި ލައްވަވަން

އިޢުލާނުކޮށް  އާދަމުގެ   ނަންފުޅު  ލެއްވެވީ

3- ވަޤުތުން މަލާއިކަތުން އެކީ އެންމެން އެކަށް

މަޑުނުވެ ސުއާލު   ކުރައްވަވާ އެދި ދެންނެވީ

4- ބިމުގައި ފަސާދު ކުރަން އުޅޭ ލޭ އޮހޮރުވާ

ބިރުވެތި ނުވާނޭ  ބަޔަކުތޯ   ތިޔަ ލެއްވެވީ

5- އަޅަމެން އަބަދު ތަސްބީޙަޔާ ޙަމްދާ ޘަނާ

ތިޔަ ޙަޟްރަތަށް   ކުރުމުގެ މަތީގައި ތިއްބެވީ

6- ﷲދެން އާދަމް صفى އަށް ޢިލްމުއިން

ނަންތައް އެކަށް ތަކެތީގެ   ދަސްކޮށް ދެއްވެވީ

7- ފަހުގައި އެގެން މަލަކުން ތެރޭ ފަތުރުއް ވަވާ

އެއުރެން ކުރެން ތަކެތީގެ  ނަންތައް އެއްސެވީ

8- މަލަކުން އެކީ  ލާޢިލްމުއަށް  އިޤުރާރު ކޮށް

އަވަހަށް އިލާހުގެ ޙަޟްރަތަށް  ފަހެ  ދެންނެވީ

9- ވަކިސަޖިދައެއް އާދަމް صفى އަށް ކޮށްލުމުން

ހުރިހާ  މަލާއިކަތުން   އެކީ ދެން  އެންގެވީ

10- އިބުލީސު  ނޫނީ  އެންމެހާ   މަލަކުން އެކީ

ތަޢުޡީމުކޮށް ވަކި   ސަޖިދައެއް ކޮށް ލެއްވެވީ

11- އިބުލީސު ގޮސް އަމުރަށް އިލާހުގެ އުރެދުމުން

ވަޤުތުން އެސޮރު  މަލް އޫނަކަށް ހަމަ ލެއްވެވީ

12- ރަހުމާނު  ދުރުކޮށް ރަޙުމަތުން ފައްސާލުމުން

ވަގުތުން އެސޮރުގޮސް  މުހުލަތަށް އެދި ދެންނެވީ

13- ރަހުމާނު ވެސް ރަޙުމަތުގެ ބޮޑުކަން ދައްކަވާ

ވަގުތުން އެއަށް މުހުލަތު  އެކަށް ހަމަ ދެއްވެވީ

14- އިބުލީސުއަށް މުހުލަތު އެގޮސް ލިބުމާ އެކީ

ޙިޤުދުން ނިކަން މަތިވެރި   އިލާހަށް ދެންނެވީ

15- އިޚުލާޞްނުވާ ހަމަ އެކަކުވެސް ދޫކޮށް ނުލާ

އިންސީން އެކަށް މަގު  އޮލުވުމަށް ޢަހުދޭ މިވީ

 

 

(ނުނިމޭ)

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި