Noorul-islam.NET :: ބުމަ ހެދުމާއި އަދި ...




ބުމަ ހެދުމާއި އަދި ...
Category »  ދީނީ ލިޔުން

ތާރީޚް: 16 ޖެނުއަރީ 2010

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ (www.mvislamqa.com)

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ﷲ ވަޙީކުރައްވާފައިވެއެވެ.(( إِن يَدْعُونَ مِن دُونِهِ إِلاَّ إِنَاثًا وَإِن يَدْعُونَ إِلاَّ شَيْطَانًا مَّرِيدًا . لَّعَنَهُ اللّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا . وَلأُضِلَّنَّهُمْ وَلأُمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللّهِ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا )) { النساء : 117 119} މާނައީ: " އެކަލާނގެ ފިޔަވައި  އަންހެން(ނަންތަކެއް ކިއިގެންވާ) ބުދުތަކަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި، ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ ޝައިޠާނާއަށް މެނުވީ އެބައިމީހުން އަޅުކަމެއްނުކުރެތެވެ.* މާތް ﷲ ޝައިތާނާއަށް ލަޢުނަތް ލައްވައިފައިވެއެވެ. އަދި އެޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަންގެ ބަޔަށް ވައްދާހުށީމެވެ.* އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެންލައްވައި، ޙަޤީޤަތެއްނެތް އުއްމީދުތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި،ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި، ﷲ ހެއްދެވި ހެއްދެވުން ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކުކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.

މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ޝައިތާނާ، ﷲ ތަޢާލާ  އާދަމުގެ ދަރިން ހެއްދެވި ހެއްދެވުން ބަދަލުކުރަން އަމުރުކުރާނެކަމެވެ. އަދި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައި "ހެއްދެވި ހެއްދެވެން" ބަދަލުކުރުވާ ބަހުގެ މުރާދަކީ ބުމަހެދުމާއި، ޓެޓޫ ޖެހުމާއި އަދި ދެދަތްދޭތެރެ ދުރުކުރުންފަދަ ކަންކަމެވެ.

އިމާމް ބުޚާރި އާއި މުސްލިމް އަދި ސުނަނުގެ ބޭކަލުން، އަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ޞައްޙައް ޙަދިޘްފުޅެއްގައިވެއެވެ. ((أن النبي صلى الله عليه وسلم لعن النامصات والمتنمصات)) މާނައީ: " މާތް ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމް ބުމަހަދައިދޭމީހާއާއި އަދި ބުމަހަދުވާމީހާއަށް ލަޢުނަތްލެއްވިއެވެ. "

އިސްވެދިޔަ އާޔަތާއި ޙަދީޘުން ބުމަ ހެދުމަކީ ޙަރާމްކަމެއްކަމަށް ވަރަށް ސާފުކޮށް އެނގެއެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގަދަޔަށް، ނުވަތަ އިންސާނީ ވަންތަކަން ގެއްލޭފަދަ ގޮތަކަށް ބުމަފަޅާފައިހުރި މީހެއްނަމަ، އެފަދަ ހުތުރުކަމެއް ފިލައިދާވަރަށް ބުމަކޮށުމަށް ބައެއް ޢިލްމުވެރިން ހުއްދަދެއްވައެވެ. ނަމަވެސް އެއީ އެފަދަ ޟަރޫރީ ޙާލަތަކަށް ޓަކައި އެކަންޏެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނެގުމަކަށް ނޫނެވެ.

އިސްވެދެންނެވުނު ޙަދީޘް ފުޅުގައިބަޔާން ކުރެވިގެންވާ ބުމަ ހެދުމާއި މީގެ އިތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ އެހެން ޙަދީޘް ފުޅެއްގައި ބަޔާން ކުރައްވާފައިވާ ޓެޓޫ ކުރުމާއި ދަތްތައް ދުރުކުރުން މިއީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގައި މަނާ ކަންކަމެވެ. އަދި މިއީ ދެމަފިރިން އެކަކު އަނެކަކަށް ޒީނަތްތެރި ވުމުގެ ގޮތުންވެސް ކުރުން ހުއްދަ ކަމެއްނޫނެވެ.ދެ ޖިންސުގެ މީހުންނަށްވެސް މިކަމުގެ ޙުކުމަކީ ޙަރާމެވެ.

ޝައްކެތްނެއްގޮތުގައި އިސްލާމްދީނަކީ ރިވެތިކަމަށް ލޯބިކުރާ އަދި އެކަމަށް ބާރުއަޅާ ދީނެކެވެ. އަދި ވަކިން ޙާއްޞަކޮށް އަނބިމީހާ އޭނަގެ ފިރިމީހާއަށްޓަކައި ޒީނަތްތެރިވުމަކީ މުސްތަޙައްބުވެގެންވާކަމެކެވެ. އެގޮތުގެ މަތިން އަންހެނުން ޒީނަތްތެރިވާން ބޭނުންކުރާ ތަފާތުކުރީމް ތަކަކީ (ފެއާރ އެން ލަވްލީ ފަދަ) އޭގެ ސަބަބުން ހަމަށް ދާއިމީ ބަދަލެއް އަންނަ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ހަމުގެކުލަޔަށް ވަގުތީ ގޮތުން ގެނެވޭ ރީތިކަމެކެވެ. އެއާ ޚިލާފަށް ސާޖަރީ ކޮށްގެން މޫނަށް ގެނެވޭ ބަދަލުތައް، ވާނީ ﷲ ތަޢާލާ ހެއްދެވި ހެއްދެވުމަށް ގެނެވޭ ބަދަލަކަށެވެ.  އަދި މިފަދަ ކުރީމްތަކަކީ އޭގައި ލާބަޔާއި މަންފާލިބޭނަމަ ހުއްދައެއްޗެއްސެވެ. ނަމަވެސް މިފަދަ އެއްޗެއްހި ބޭނުންކުރުމުގައި ދެނަގަންނަންޖެހޭ މުހިއްމު ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި އެބޭނުންކުރާ އެއްޗެހީގައި އިސްލާމްދީން ޙަރާމްކުރާ، އަދި އެއީ އެއްވެސް ގެއްލުމެއްލިބޭ މާއްދާއެއް އެކުލެވިގެން ނުވާއެއްޗަކަށްވުމާއި އަދި އެގެއްލުމަކީ އަވަސް ނުވަތަ ދުރު މުސްތަޤްބަލުގައިވެސް ލިބިދާނެ ގެއްލުމެއްކަމުގައި ވެގެންނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ( لا ضرر ولا ضرار ) މާނައީ: "ގެއްލުންދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ" އަދި އެއުފެއްދުމުގައި (އޫރުގެ ޖެލެޓިންފަދަ) އެއްވެސް ނަޖިސްބާވަތެއް ހިމެނިފައިނުވުމެވެ. އަދި މިފަދަ ބޭނުންތަކަށް އަޅުގަނޑުމެން އިސްރާފުވެސް ކޮށްގެންނުވާނެވެ. މިދެންނެވި ޝަރުޠުތަކާއެކު ޒީނަތްތެރިވުމަށް ތަފާތު ކުރީމް ބޭނުންކުރުމަކީ ހުއްދަކަމެކެވެ. والله أعلم


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި