Noorul-islam.NET :: ފިރިހެނުން ނިޔަފަތީގައި ހީނާފަތް އެޅުން
ފިރިހެނުން ނިޔަފަތީގައި ހީނާފަތް އެޅުން
Category »  ދީނީ ލިޔުން

ތާރީޚް: 9 ޖެނުއަރީ 2010

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ (www.mvislamqa.com)

 

 

ހީނާފަތަކީ އަންހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ އެއިން އެބައިމީހުންގެ އަތާއި ފައި ޒީނަތްތެރި ކުރުމަށްޓަކައެވެ. އެހެނެއްކަމަކު އެއީ ފިރިހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަންހެނަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފަރުދާއެއްގެ ފުރަގަހުން ސިޓީއެއް ދިއްކުރިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަތްޕުޅު ދަންމަވައިގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. (( مَا أَدْرِي أَيَدُ رَجُلٍ أَمْ يَدُ امْرَأَةٍ ؟)) އަންހެނެއްގެ އަތްތޯ ނުވަތަ ފިރިހެނެއްގެ އަތްތޯ ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއަންހެނާ ދެންނެވިއެވެ. އެހެނެއްކަމަކު އަންހެނެއްގެ އަތެވެ. އެހިނދު އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ((لَوْ كُنْتِ امْرَأَةً لَغَيَّرْتِ أَظْفَارَكِ - يَعْنِي بِالْحِنَّاءِ)) ތިޔައީ އަންހެނެއް ނަމަ، ތިބާގެ އަތުގެ ނިޔަފަތިތައް ތަފާތު ކުރީހެވެ. އެބަހީ ހީނާފަތުންނެވެ. رواه أبو داود والنسائي

މި ހަދީޘްގެ ޝަރަޙައިގައި ޢައުނުލް މަޢުބޫދު ކިޔުނު ފޮތުގއި ވެއެވެ. ((وَفِي الْحَدِيث شِدَّة اِسْتِحْبَاب الْخِضَاب بِالْحِنَّاءِ لِلنِّسَاءِ)) މި ޙަދީޘްގައި އަންހެނުން ހީނާފަތް އެޅުމުގެ މުސްތަޙައްބު ކަމުގެ ގަދަކަން ބަޔާންވެއެވެ.

 ފަހެ އެހެންކަމުން އަންހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކުން ޒީނަތްތެރި ވުމަކީ ފިރިހެނުންނަށް ހުއްދަ ކަމެއް ނޫނެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ފިރިހެނުންގެ ތެރެއިން އަންހެނުންނާއި ވައްތަރު ވުމަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްވައްތަރުވުމަށް މަސައްކަތްކުރާ އަންހެނުންނަށް ލަޢުނަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ. رواه البخاري

 ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ދެއަތާއި ދެފައިގައި ހީނާފަތް އަޅާފައިވާ މުޚައްނަޘަކު (އަންހެން ހެދިގެން އުޅޭ ފިރިހެނަކު) ގެނެވުނެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. މީނައަށް ކިހިނެތްވީހެއްޔެވެ؟ އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އޭނާ އަންހެނުންނާއި އެއްވައްތަރުވާން މަސައްކަތް ކުރަނީއެވެ. ދެން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް  ޞަޙާބީންނަށް އަމުރުކުރައްވާ އެމީހާ މަދީނާގެ ރައްބޭރަށް އަރުވާލެއްވިއެވެ. رواه أبو داود

އެހެންކަމުން ނިޔަފަތީގައްޔާއި އަތްފައިގައި ހީނާފަތް އެޅުމަކީ ފިރިހެނުންނަށް ހުއްދަ ކަމެއް ނޫނެވެ. އެއީ އަންހެނުންނަށް ޚާއްޞަ ކަމެކެވެ. އެހެން ނަމަވެސް ބައްޔަކަށް ފަރުވާއެއްގެ ގޮތުން، ހީނާފަތް ނޫން އެހެން އެއްޗެއް ލިބެން ނެތްނަމަ، ހީނާފަތް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. މިގޮތަށް މަޖުބޫރު ޙާލަތެއްގައި ހީނާފަތް އަތްފައިގައި އެޅުމަށް ބޭނުންކުރިނަމަވެސް، އަންހެނުންނާއި އެއްގޮތް ނުވާނޭހެން އެޅުމަށް ސަމާލުވާން ޖެހޭނެއެވެ.

ނަމަވެސް އެހެން އެއްޗެއް ހީނާފަތުގެ ބަދަލުގައި ބޭނުންކުރެވިދާނެ ނަމަ އެއެއްޗެއް ބޭނުން ކުރުން މޮޅުއިތުރުވެގެންވެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި