Noorul-islam.NET :: ޒަމްޒަމް ފެނުން ޝިފާ ލިބިގަތުން




ޒަމްޒަމް ފެނުން ޝިފާ ލިބިގަތުން
Category »  ދީނީ ލިޔުން

ތާރީޚް: 30 ޑިސެމްބަރު 2009

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ނައިބު އެޑިޓަރ)

ޒަމްޒަމް ފެނުން ޝިފާ ލިބިގަތުމުގައި އެފެން ބަނޑު ފުރައި ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( إِنَّ آيَةَ مَا بَيْنَنَا وَ بَيْنَ الْمُنَافِقِيْنَ أَنَّهُمْ لاَ يَتَضَلَّعُوْنَ مِنْ زَمْزَمَ )) =رواه ابن ماجه و الدار قطني والحاكم و رمز له السيوطي الجامع بالصحة= މާނައަކީ؛ "ހަމަކަށަވަރުން މުއުމިނުންނާއި މުނާފިޤުންނާ ދެމެދުގައިވާ ހެއްކަކީ، (ހެކިތަކުގެ ތެރެއިން އެއްކަމަކީ) މުނާފިޤުން ޒަމްޒަމް ފެންބޯއިރި ބަނޑުފުރައި ނުބޯނެއެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. (( الْتَّضَلُّعُ مِنْ مَاءِ زَمْزَمَ بَرَاءَةٌ مِنَ النِّفَاقِ )) މާނައަކީ؛ " ބަނޑުފުރެންދެން ޒަމްޒަމްފެން ބުއިމަކީ މުނާފިޤު ކަމުން މީހާ ބަރީއަވާ ކަމެކެވެ."

         އަދި މިބަރަކާތްތެރި ފެނުން ޝިފާ ލިބިގަތުމާއި ބެހޭ ގޮތުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( خَيْرُ مِاءٍ عَلَى وَجْهِ اْلأَرْضِ مَاءُ زَمْزَمَ فِيْهِ طَعَامُ الطُّعُمِ وَ شِفَاءُ الُّسقُمِ )) = رواه ابن حبان في صحيحه و حسنه السيوطي في الجامع الصغير = މާނައަކީ؛ " މިބިންމަތީގައިވާ އެއްމެ މާތް ފެނަކީ ޒަމްޒަމް ފެނެވެ. ފަހެ އެއީ ކެއުމެކެވެ. އަދި ބައްޔެއްގެ ފަރުވާއަކަށް އެދި ބޮއެފިނަމަ ފަރުވާއެއްވެސް މެއެވެ."

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި