Noorul-islam.NET :: އިސްލާމިކް މިނިސްޓްރީ ފެއިލްވުން - ދިވެހި މުޖުތަމަޢްގައި އިސްލާމްދީން ފެއިލްވުން

އިސްލާމިކް މިނިސްޓްރީ ފެއިލްވުން - ދިވެހި މުޖުތަމަޢްގައި އިސްލާމްދީން ފެއިލްވުން
Category »  އެޑިޓޯރިއަލް

ތާރީޚް: 9 ޑިސެމްބަރު 2009

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

 

    ޤާނޫނު ހަދާ މަޖިލީހަށް ވަނުމަކީ ޢިލްމުވެރިންގެ ބުރަދަން ބުނެދޭ ތިލަފަތެއްނޫނެވެ. މުއުމިނުންގެ މީޒާނަކީ ތަޤުވާއެވެ. ހަމަ އެކަނި ތުނބުޅިޔާއި ފައިކުރި ކަމަށް ތިޔަ ދަޢުވާ ކުރެވެނީ " ނެޓް އެދުރު " ވީމައެވެ. ކިޔަވާށެވެ. އުނގަންނައި ދިނުމުގެ ކުރިން އުނގެނިގަންނާށެވެ.

    މަޖިލިސް ގޮނޑިތަކުން ޢިލްމުވެރިންނަށް ޖާގަ ނުލިބުމުގެ ޒިންމާ ތިބޭފުޅުންވެސް އުފުއްލަވަންޖެހޭނެއެވެ. ސަބަބަކީ ކޮންމެ ބަޔަކުވެސް ބޭނުންވަނީ ތިމަތިމާމެންގެ އަމިއްލަ " މެންޑޭޓެއް " ހަދައިގެން އެއްބަޔަކު ފިއްތާލާފައި ކުރިޔަށް ދެމިގަންނާށެވެ. ދެމިގަންނަ ދިމާ އެއީ ޙަލާލު ތޯ ނުވަތަ ޙަރާމްތޯ ބަލައެއްނުލެވެއެވެ. ދީން ކުރިއަރުވައި ނަޞްރު ދިނުމަށް ހުރިހައި ގޮނޑިއެއްގައި އިށީންނާކަށް ލާޒިމެއްނޫނެވެ.

    ކުރުތާލުމަކީ އަޅުކަމުގެ ގޮތުގައި ހިފައިގެން ދަމައިނެރެވެން އޮތް " ސުންނަތް ތަޢައްބުދިއްޔާ " އެއް ތޯ އުނގެނިލައްވާށެވެ.

    ކޯޓް ފަޓްލޫނު.....ތޯއެވެ ؟ ހުޅަނގުގެ މީހުން ކުރާކޮންމެ ކަމަކީ މުސްލިމުންގެ މައްޗަށް ކުރުން ޙަރާމް ކުރައްވާފައިވާ ކަންކަމެއްނޫނެވެ. ތިހެން ތިކަން އޮތްނަމަ ބަތް ކެއުންވެސް ޙަރާމްވަނެއެވެ. ހުޅަނގުގެ މީހުން ކާއެއްޗަކަށް ވީތީއެވެ. ﷲ އަށް ދޮގުހަދައި މީހުން ވަކަރު ކުރަން ނޫޅޭށެވެ.

    ކުރުތާ ލެވި ފަގުޑި އެޅުނީ ކޮންބައެއްގެ މަސައްކަތަކުން ހެއްޔެވެ؟ ޖަވާބު ދެއްވާށެވެ. އަދާލަތު ޕާޓީގެ މިންނެތް މަސައްކަތުންނޫން ހެއްޔެވެ؟ ބަހަނާދައްކައި ސަލާމަތްވާން ކިތަންމެ ވަރަކަސް ދުވިޔަސް މިނޫން ފުރިހަމަ ޖަވާބެއް މިކަމުގައި ނެތްކަން އިންޞާފަށް ލޯބި ކުރާ " ކާފިރުވެސް " ޤަބޫލު ކުރާއެވެ.

    ޒާތީ  ޙަސަދަ ވެރިކަން ދޫކޮށްލައްވާށެވެ. އެހެންނޫނީ ހަމަ ބޭލުނު ސަރުކާރުގައި ދިމާވިގޮތަށް ދިމާވުން ވަރަށްގާތެވެ. އެވެސް ކަމުނުދިޔައީއެވެ. މިވެސް ކަމުދާގޮތެއް ނުވީއެވެ. ތާއްޕާހަކަށް ވީއެވެ.

    އާސަރުކާރު ވުޖޫދަށް އައިސް ކުރި ރަނގަޅުކަންތައް ގިނަ ގުނައެވެ. އެހެންނަމަވެސް ނުރުހޭ ލޮލަކައް ހެވެއް ނުފެންނާނެތީވެ ފެނިވަޑައި ނުގަތީއެވެ.

    ދީނީ ނަޒަރަކުން ބެލޭ ކޮންމެކަމަކީ އިސްލާމިކް މިނިސްޓްރީގެ ހަމަ އެކަނި ޒިންމާއެއް ކަމުގައި ނުދެކެމެވެ. ނަބަވީ މަދުރަސާގައިވެސް ކުރެވިދާނެ އަދި ކުރުން ހެޔޮ ވެގެންވާ ކަންކަން އިސްލާމްދީނުގައި ނުކޮށް ފަސްކޮށްފައި އެހެރީ ފެންނަންނޫންތޯއެވެ. އެނގިވަޑައިނުގަންނަވާނަމަ އެނގޭމީހުން ކުރެން އައްސަވާށެވެ.

    އިސްލާމިކް މިނިސްޓްރީއަކީ ވަކި ސަރުކާރެއް ނޫނެވެ. ދިމާވާ ހުރިހާކަމެއް ޚަވާރިޖުންގެ އުޞޫލުން ކަނޑި ބަޑި ޖަންބިޔާ ފުރޯ ހިފައިގެން ނިކުމެ ތަޅައި ފޮޅުން އެއީ ޝަރުޢީހަމައެއްނޫނެވެ. އެއީ ވަކިހަމައެއްގައި މެނުވީ ނުކުރެވޭނޭކަންތަކެވެ. ވަކި ޖަމާޢަތް ހަދައިގެން އުޅޭމީހުން ހުއްޓުވުމަކީ، މަންމަ ރޮށި ފިހެފައި ރިހަކެއްކީމަ ކައިގެން އައިސް، ސައިބަރއަކަށް ވަދެ އޮންލައިން ނޫހަކަށް ލިޔުމެއް އަޕްލޯޑް ކުރުންކަހަލަ ކަމެއްނޫނެވެ. އެކަމަށްޓަކައި ޙިކްމަތްތެރި ރޭވުންތަކާއި ޤަވާއިދުތަކައި ޤާނޫނުތައް ބޭނުންވެއެވެ.

    މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ވަކި ޖަމްޢިއްޔާ ޖަމާޢަތް ހެދުމުގެ ބަދަލުގައި ކޮންމެވެސް ބަޔެއްގެ ހިޔަލުގައި ތިބެގެން މަސައްކަތް ކުރުން ފަހެ ބުއްދިވެރިއެއް ނޫން ތޯއެވެ؟

    އޮރިޔާމުން ތިބުމަށްވުރެން ބޮލުގައި ފޮތިކޮޅުއަޅައިގެން ތިބުން ރަނގަޅުކަމަށް ޤަބޫލުކުރައްވާށެވެ. އެފަދަ މީހުންނަށް ބޭނުންވަނީ އިތުރު ނަޞޭޙަތާއި ފުރިހަމަ އިރުޝާދު ކަމުގައި ފަހެ ޤަބޫލުފުޅު ނުކުރައްވަން ތޯއެވެ؟

    ވީމާ މުޅި މުޖުތަމަޢްގެ މަޞްލަޙަތު ގެއްލޭނޭހެން ވިޔާނުދާ ޚަބަރު ފެތުރުމުގެ ބަދަލުގައި ހެޔޮ މީހުންގެ ސިއްރުތަކާއި ފޮރުވުންތައް ފޮރުވައިދީ އިޞްލާޙައް މުޖުތަމަޢް ނަގަހައްޓަން އަތުކުރި އޮޅާލަމާ ހިނގާށެވެ. ޝަރުޢީ ހަމައަކީވެސް މިއީނޫންތޯއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި