Noorul-islam.NET :: މިސްކިތުގައި ވާހަކަ ދެއްކުން ؟؟؟

މިސްކިތުގައި ވާހަކަ ދެއްކުން ؟؟؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 25 އޮކްޓޯބަރ 2009

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ނައިބު އެޑިޓަރ)

 

ސުވާލު: މިސްކިތުގައި ދުނިޔަވީ ވާހަކަ ދެއްކުމުގެ ޙުކުމަކީ ކޮބާ؟

ޖަވާބު: بســـم الله، والحــمد لله، والصلاة والسـلام على رسـولله، وعلى آله و صحبـه أجمعيـن: و بعـد:-

މިސްކިތަކީ ބިންމަތީގައި ﷲ ލެއްވެވި އެންމެ މާތް ތަނެވެ. އެއީ އެކަލާނގެ ގެކޮޅުތަކެވެ. އެތަނުގައި އެކަލާނގެ ޛިކުރުނޫން އެހެން ޛިކުރެއް، ނޫނީ ދުނިޔަވީ އެހެން އެއްވެސް ވާހަކައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

މިސްކިތުގައި ހޭދަކުރާވަގުތުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފަންވާނެއެވެ. މިސްކިތްތައް ޚާއްޞަކުރަންވާނީ ނަމާދުކުރުމަށާއި ޤުރުއާން ކިޔެވުމަށާއި އަދި ދީނުގެ އެކިއެކި ވާހަކަ ދެއްކުމަށާއި ދީނީ ވަޢުޒާއި ނަޞޭޙަތް ދީ ހެދުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:  ) فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآَصَالِ , رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ   (سورة النـور 36،37 =  މާނައީ ؛ " ރެއާއި ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް އެ މިސްކިތްތަކުގައި އެކަލާނގެ ޛިކުރުކުރެވި އަދި އެކަލާނގެ ނަންފުޅުގަނެވި އަދި އެކަލާނގެ ކިބައަށް ނަމާދުކޮށް އުޅެތެވެ. ފިރިހެނުންތަކެކެވެ. އެބައިމީހުން އެ މިސްކިތްތަކުގައި އެކަލާނގެއަށް ނަމާދުކުރުމުންނާއި ޒަކާތްދިނުމުން ޢާފިލުވެ ވިޔަފާރި ފަދަ ދުނިޔަވީ މުޢާމަލާތުތައް ކޮށްނަހަދައެވެ. އެދުވަހެއްގައި ހިތްތައް އެފުށްމިފުށަށް ފުރޮޅިގެންދާ ދުވަހަށް އެބައިމީހުން ބިރުވެތިވެއެވެ. އަދި رسـول اللـه صـلى اللـه علـيه و سـلم ޙަދީޘްކުރެއްވިއެވެ. (( إِنَّ المَسَـاجِدَ إِنَّـمَا بُنِيَـتْ لِـذِكْرِ الـلَّهِ عَزَّ وَ جَـلَّ )) = رواه مسـلم =  މާނައަކީ؛ " ހަމަކަށަވަރުން މިސްކިތްތަށް ބިނާކުރެވިފައި ވަނީ ހަމައެކަނި ﷲ އަށް ޛިކުރުކުރުމަށްޓަކައެވެ. "

އެހެންނަމަވެސް ހުއްދަކަމަކާ ވިދިގެން ކޮންމެހެން ދައްކަން ޖެހިއްޖެ ވާހަކައެއް މިސްކިތުގައި، މިސްކިތުގެ ރޫޙާ ޚިލާފުނުވާގޮތަށް ދެއްކުމަކުން މައްސަލައެއްނެތެވެ.

މިއާ ޚިލާފަށް ފަހަކަށްއައިސް ނަމާދުކޮށް ސަލާމްދީ ނިމުމުން ބައެއްމީހުން މިސްކިތުން ނިކުމެ މިސްކިތުގެ ފެންޑާގައި ވާހަކަދެއްކުމުގެ ސަބަބުން މިސްކިތުގައި ސުންނަތްނަމާދު ކުރުމަށާއި އަދި، އެ ނިމުނު ފަރުޟުނަމާދަށް، ފަހުން ޙާޟިރުވާމީހުންނަށް އުނދަގޫވާ ޙާލަތު އާދެއެވެ. ވީމާ ނަޞޭޙަތަކީ މިކަމުގައިވެސް ހުރިހާބޭފުޅުންސަމާލުވެ ލެއްވުމެވެ. والله أعلـى و أعـلم.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި