Noorul-islam.NET :: އަޑު ހަރުކޮށް ޤުރުއާން ކިޔެވުން؟؟؟؟
އަޑު ހަރުކޮށް ޤުރުއާން ކިޔެވުން؟؟؟؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 24 އޮކްޓޯބަރ 2009

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ނައިބު އެޑިޓަރ)

 

 

ސުވާލު: އަޅުގަނޑުމެން އަވަށު މިސްކިތުގައި ތިބޭ، ޢުމުރުން ދުވަސްވީ ބައެއްމީހުން މިސްކިތުގައި އަޑުހަރުކޮށް ޤުރުއާން ކިޔެވުން މަނާކުރެއެވެ. އެމީހުން ބުނަނީ އެވަގުތު ޚާއްޞަކުރަން ޖެހޭނީ އެހެނިހެން ޛިކުކުރު ކުރުމަށް ކަމަށެވެ. ވީމާ މިކަމުގައި އޮތް އެއްމެ ހެޔޮ ރަނގަޅުގޮތަކީ ކޮބައިތޯއެވެ؟

ޖަވާބު: بســـم الله، والحــمد لله، والصلاة والسـلام على رسـولله، وعلى  آله و صحبـه أجمعيـن: و بعـد:-

އާދެ، ކީރިތި ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އަދި އެއީ އެންމެ މާތް ޛިކުރުކަމާމެދުވެސް އެއްވެސް ޝައްކެއް ނެތެވެ. އަދި ހަމަ އެހެންމެ އެފޮތް ކިޔެވުމުން ނުހަނު ގިނަގުނަ ޘަވާބާއި ދަރުމަ ﷲގެ ހަޒުރަތުން އެކިޔަވާމީހަކަށް ހުއްޓެވެ.

ޤުރުއާން ކިޔަވާކަށް ވަކިވަގުތެއް ނެތެވެ. ހަމަ ކޮންމެ ނަމާދެއްގެ ފަހުގައިވެސް އަދި ކޮންމެ ވަގުތެއްގައިވެސް ޤުރުއާން ކިޔަވަންވީއެވެ. އެހެންނަމަވެސް މިސްކިތުގައި އެވަގުތު ނަމާދުކުރަން، ނޫނީ ހެނދުނާއި ހަވީރުގެ ޛިކުރު ފަދަ ޛިކުރެއް ކުރަން ތިބޭ މީހުންނަށް އުނދަގޫނުވާ ފަދަ ގޮތެއް ޚިޔާރުކުރުން ޤުރުއާން ކިޔަވާ މީހާގެ މައްޗަށް ހުއްޓެވެ. މިހެނީ އޭގެ ސަބަބުން ނަމާދު ކުރާ މީހުންނަށާއި އެފަދަ ޛިކުރުތައް ކުރާމީހުންނަށް ދަތިވެދާނެ ކަމަށްޓަކައެވެ. والله أعلـى و أعـلم.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި