Noorul-islam.NET :: ދަމު ނަމާދު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟

ދަމު ނަމާދު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 11 އޯގަސްޓް 2009

ޖަވާބު : ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން ބުނު ޖިބްރީން (ރަޙިމަހުﷲ)

ސުވާލު: ދަމު ނަމާދު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

އެއްވެސް ޝައްކެއް ނެތްގޮތުގައި ރޭގަނޑުގެ ފުރަތަމަކޮޅަށްވުރެ ފަހުކޮޅު މާތްވެގެންވެއެވެ. އެއީ ރޭގަނޑުގެ ފަހުބައެވެ. ރޭގަނޑު ތިންބައިކޮށްފައި ފަހުބައެވެ. އެއީ ޢާލަމްތަކުގެ ވެރި އިލާހު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާގޮތަކަށް ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހުގެ އަޅުންނަށް މިފަދައިން ވަޙީ ކުރައްވާ ވަގުތެވެ. (( ފާފަ ފުއްސެވުމަށް އެދޭ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަން އިލާހު އެމީހަކަށް ފާފަފުއްސަވާ ދެއްވާހުށީމެވެ. ތައުބާ ވާ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކަށް ތައުބާ ލައްވާހުށީމެވެ. ކަމަކަށް އެދި ދަންނަވާމީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކު އެދޭކަމެއް އެމީހަކަށް ދެއްވާހުށީމެވެ.)) ފަހެ މީހާއަށް ރޭގަނޑުގެ ފަހުބައިގައި ނަމާދު ކުރުމަށް ބުރަވެއްޖެ ނަމަ ރޭގަނޑުގެ  ކުރީކޮޅުންވިޔަސް އޭނާއަށް ފަސޭހަ ވަގުތެއްގައި ދަމުނަމާދު ކުރާނީއެވެ.  

والله أعلم

 

ޖަވާބު: ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން ބުނު ޖިބްރީން (ރަޙިމަހުﷲ)

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި