Noorul-islam.NET :: އަލްވާޤިޢާ ސޫރަތާއި އައްދުޚާން ސޫރަތް ރޭގަނޑުގައި ކިޔެވުމާ ބެހޭ ގޮތުން އައިސްފައިވާ ދެ ޙަދީޘަކީ ޞައްޙަ ދެ ޙަދީޘްތޯ؟




އަލްވާޤިޢާ ސޫރަތާއި އައްދުޚާން ސޫރަތް ރޭގަނޑުގައި ކިޔެވުމާ ބެހޭ ގޮތުން އައިސްފައިވާ ދެ ޙަދީޘަކީ ޞައްޙަ ދެ ޙަދީޘްތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 30 މޭއި 2009

ޖަވާބު : ނޫރުލްއިސްލާމް


ސުވާލު: ރޭގަޑު ސޫރަތުލް ވާޤިއާ ކިޔަވައިފި ނަމަ އައްމަތި ދަތި ހާލެއް ނުޖައްސަވާނެ ކަމަށް އޮންނަ ހަދީސް އާއި ރޭގަޑު ދުހާން ސޫރަތް ކިޔަވަފިނަމަ މަލާއިކަތުން އެރޭ ފަތިސް ވަންދެން ހެޔޮދުޢާ ކުރައްވާނެ ކަމަށް އޮންނަ ހަދީސް އަކީ ސައްހަ އެއްޗެއްތޯ؟

 

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. އަލްވާޤިޢާ ސޫރަތް ރޭގަނޑު ކިޔަވައިފި މީހާގެ އަތްމަތި ދަތި ނުވާނެކަމަށް އޮތް ޙަދީޘަކީ އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން އަލްއިމާމް އަލްބައިހަޤީ ރިވާކުރައްވާފައިވާ ޙަދީޘެކެވެ. ނަމަވެސް ޙަދީޘް ޢިލްމުވެރިން ވިދާޅުވަނީ މިއީ ބަލި ޙަދީޘެއް ކަމަށެވެ. ސަބަބަކީ މި ޙަދީޘްގެ ސަނަދުގައި އަބޫ ޝުޖާޢު ނަމަކަށް ކިޔޭ ބޭކަލަކު ހިމެނެއެވެ. އެއީ ކާކު ކަމެއް ނޭނގޭކަމަށް އަލްމީޒާނޭ ކިޔުނު ފޮތުގައި ބަޔާންވެގެން ވެއެވެ. އަދި އަލްއިމާމް އިބްނުލްޖައުޒީ (ރަޙިމަހުﷲ)  އެކަލޭގެފާނުގެ އަލްޢިލަލު އޭ ކިޔުނު ފޮތުގައި ވިދާޅުވިއެވެ. އިމާމް އަޙްމަދު (ރަޙިމަހުﷲ) ވިދާޅުވިއެވެ. އެއީ މުންކަރު ޙަދީޘެކެވެ. އަދި އެ ޙަދީޘަކީ ބަލިކަށި ޙަދީޘެއް ކަމަށް ފަހުގެ މުޙައްދިޘެއް ކަމުގައިވާ އަލްއަލްބާނީ (ރަޙިމަހުﷲ) ވެސް ވިދާޅުވެފައިވެއެވެ. އަދި އެ ޙަދީޘްގެ ބަލިކަށިކަމާމެދު އެއްބަސްވެވަޑައިގެންނެވި ޢިލްމުވެރިންގެ ތެރޭގައި؛ އިމާމް އަޙްމަދު އާއި އިމާމް އަބޫ ޙާތިމް އާއި އެކަލޭގެފާނުގެ ދަރިކަލުންނާއި ، އިމާމް އައްދާރުޤުޠްނީ އާއި އިމާމް އަލްބައިހަޤީ (ރަޙިމަހުމުﷲ) ހިމެނެއެވެ.

އައްދުޚާން ސޫރަތް ރޭގަނޑު ކިޔަވައިފި ނަމަ އޭނާގެ މައްޗަށް މަލާއިކަތުން އަސްތަޣުފާރު ކުރައްވާނެކަމަށް އައިސްފައިވާ ޙަދީޘް އަބޫހުރައިރާގެ އަރިހުން ރިވާ ކުރައްވާފައިވަނީ އިމާމް ތިރްމިޛީ (ރަޙިމަހުﷲ) އެވެ. އެހެންނަމަވެސް މިޙަދީޘަކީ ބަލިކަށިކަމުގެ ގޮތުން ވަރަށް ބޮޑަށް ބަލިކަށި، ނުވަތަ މައުޟޫޢު (ހަދާފައިވާ) ޙަދީޘެއް ކަމަށް ޙަދީޘް ޢިލްމުވެރިން ވިދާޅުވެއެވެ. އަލްއަލްބާނީ (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ މިއީ މައުޟޫޢު ޙަދީޘެއް ކަމަށެވެ. والله أعلم

 

ޖަވާބު: ނޫރުލްއިސްލާމް

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި