Noorul-islam.NET :: ހޯމަ ބުރާސްފަތި މިދެދުވަހު ޤަވާޢިދުން ރޯދަ ހިފުމަކީ ބިދުޢައެއް ތޯއެވެ؟

ހޯމަ ބުރާސްފަތި މިދެދުވަހު ޤަވާޢިދުން ރޯދަ ހިފުމަކީ ބިދުޢައެއް ތޯއެވެ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 29 މޭއި 2009

ޖަވާބު : ނޫރުލްއިސްލާމް



ސުވާލު: ހޯމަ ބުރާސްފަތި މިދެދުވަހު ޤަވާޢިދުން ރޯދަ ހިފުމަކީ ބިދުޢައެއް ތޯއެވެ؟

 

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހަކީ އެ ދެދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ހުށަހެޅުއްވޭ ދެދުވަހެވެ. އަދި އެދެދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދައަށް ހުންނަވާ ކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((تُعْرَضُ الأَعْمَالُ يَوْمَ الاثْنَيْنِ وَالْخَمِيْسِ, فَأُحِبُّ أَنْ يُعْرَضَ عَمَلِيْ وَأَنَا صَائِمٌ)) رواه الترمذي: 747

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު (މީސްތަކުންގެ) ޢަމަލުތައް (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލު (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.

މިޙަދީޘާއި އަދިވެސް މިބާބުގައި އައިސްފައިވާ އެހެނިހެން ޞައްޙަ ޙަދީޘްތަކަށް ވިސްނައި ބަލާއިރު، ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވީ މިންވަރަކުން މި ސުއްނަތް އަދާކުރުންމަތީ ދެމި ހުންނަން ވީއެވެ.

އަދި (ސުންނަތް އަޅުކަންތަކުގެ ތެރެއިން) ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެން ވަނީ، ކިތަންމެ މަދު ނަމަވެސް، ދެމިގެންވާ ގޮތުގައި އެ ޢަމަލެއްގެ މަތީގައި އަޅާ ދެމިހުންނަ ޢަމަލެވެ.

އެހެންކަމުން، ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ބިދުޢައެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އަދި ކިއެއްހެއްޔެވެ. އެއީ ގަދަވެގެންވާ ސުއްނަތެކެވެ. والله أعلم

 

ޖަވާބު: ނޫރުލްއިސްލާމް


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި