Noorul-islam.NET :: ނަމާދަށް ޖަމާޢަތަށް މިސްކިތަށް ދިޔައިރު، ޖަމާޢަތުގައި ކުރަނީ ކޮން ރަކުޢަތެއް ކަން ނޭނގޭނަމަ...؟

ނަމާދަށް ޖަމާޢަތަށް މިސްކިތަށް ދިޔައިރު، ޖަމާޢަތުގައި ކުރަނީ ކޮން ރަކުޢަތެއް ކަން ނޭނގޭނަމަ...؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 21 މޭއި 2009

ޖަވާބު : ނޫރުލްއިސްލާމް

ސުވާލު:  ނަމާދަށް ޖަމާޢަތަށް މިސްކިތަށް ދިޔައިރު، ޖަމާޢަތުގައި ކުރަނީ ކޮން ރަކުޢަތެއް ކަން ނޭނގޭނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ދެން ހަށަންބަނދެ ހަށަންބަން ތަކުބީރު ކިޔަން ޖެހޭނެތޯ؟ އަދި ދުޢާއުލްއިފްތިތާޙު ކިޔަން ޖެހޭނެތޯ؟

 

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ނަމާދަށް ޖަމާޢަތަށް މިސްކިތަށް ދިޔައިރު، ޖަމާޢަތުގައި ކުރަނީ ކޮން ރަކުޢަތެއް ކަން ނޭނގުނު ކަމުގައި ވިޔަސް، އަވަހަށް ހަށަން ބަން ތަކުބީރު ކިޔުމަށްފަހު، އިމާމާ ހުރި ހިސާބަކުން ނަމާދުގައި އިމާމާއާއި ތަބާވެ، ނަމާދު ކުރާނީއެވެ. އަދި ޖަމާޢަތް ނިމުމުން ފާއިތުވީ ބައި ފުރިހަމަ ކުރާނީއެވެ. އަދި މިޙާލަތުގައި ދުޢާއުލްއިފްތިތާޙް (ވައްޖަހުތު) ކިޔާކަށް ނުޖެހޭނެއެވެ.

އަދި އިމާމާ ރުކޫޢުގައި އޮއްވާ ޖަމާޢަތުގައި އިމާމާއާ ބައިވެރިވެވިއްޖެ ނަމަ އެ ރަކުޢަތް ލިބޭނެއެވެ. والله أعلم

 

ޖަވާބު: ނޫރުލްއިސްލާމް



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި