Noorul-islam.NET :: ކޮމްޕިޔުޓަރާއި މޯބައިލްފޯނުން ޤުރްއާން ކިޔެވުން، އަދި އެކަމަށް ވުޟޫ ކުރަން ޖެހޭތޯ؟
ކޮމްޕިޔުޓަރާއި މޯބައިލްފޯނުން ޤުރްއާން ކިޔެވުން، އަދި އެކަމަށް ވުޟޫ ކުރަން ޖެހޭތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 19 މޭއި 2009

ޖަވާބު : ނޫރުލްއިސްލާމް

ސުވާލު: ވުޟޫ ނުކޮށް، މޮބައިލް ފޯނުން ނުވަތަ ކޮމްޕިއުޓަރުން ބަލައިގެން ޤުރުއާން ކިޔެވިދާނެތަ؟ އަދި އެގޮތަށް ކިޔެވުމުގައި ވުޟޫ ކުރަން ޖެހޭތަ؟

 

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ޤުރުއާން ކިޔެވުމުގައި މުޞްޙަފުން ބަލައިގެން ކިޔެވުމަކީ ޝަރުޠެއް ނޫނެވެ. އެހެން ނަމަވެސް، ޤުރުއާން ހިތުދަސް ނޫންނަމަ، ކުށެއް ކީދާނެކަމުގެ ބިރަށްޓަކައި، މުޞްޙަފުން ކިޔުން އައުލާވެގެން ވެއެވެ. މިއަދުގެ ތަރައްޤީވެފައިވާ ދުނިޔޭގައި ކޮމްޕއުޓަރާއި މޯބައިލްފޯނުގައިވެސް ޤުރުއާނުގެ ދެލިގަނޑު، ފެންނަ ގޮތަށް ޕްރޮގްރާމް ތައް ހެދިފައިވެއެވެ. އެހެންކަމުން މިފަދަ ވަޞީލަތްތައް ބޭނުން ކޮށްގެން ޤުރުއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ.

އަދި މިފަދަ ވަޞީލަތަކުން ޤުރުއާން ކިޔެވުމުގައިވެސް ޤުރުއާން ކިޔެވުމުން ލިބޭ ސަވާބާއި ދަރުމަ ލިބޭނެއެވެ. ސަބަބަކީ ކުރިން ދެންނެވި ފަދައިން މުޞްޙަފް ބަލައިގެން ޤުރުއާން ކިޔެވުމަކީ ޝަރުޠެއް ނޫނެވެ.

މުޞްޙަފުން ޤުރުއާން ކިޔެވުމުގައި ވުޟޫ / ޠަހާރަތުގެ މަތީގައި ހުރުމަކީ ލާޒިމު ކަމެކެވެ. އެހެން ނަމަވެސް މޯބައިލް ފޯނާއި ކޮމްޕިއުޓަރުން ކިޔަވާއިރު ޠަހާރަތު ޝަރުޠު ނުވާކަމަށް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ.

މިފަދަ ވަޞީލަތްތަކުން ޤުރުއާން ކިޔެވުމުގައި ވުޟޫކުރަން ނުޖެހޭނެކަމަށް ފަތުވާ ދެއްވާފައިވާ ފަހުގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާން ބުނު ނާޞިރު އަލްބައްރާކް އާއި ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޞާލިޙް އަލްފައުޒާން ހިމެނިވަޑައިގަންނަވައެވެ.  والله أعلم

 

ޖަވާބު: ނޫރުލްއިސްލާމް


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި