Noorul-islam.NET :: ނަމާދު ކުރާއިރު ބޮލުގައި ތާކިހަލެއް ނުވަތަ ރުމާލެއް އެޅުން
ނަމާދު ކުރާއިރު ބޮލުގައި ތާކިހަލެއް ނުވަތަ ރުމާލެއް އެޅުން
Category »  ސުވާލާއި ޖަވާބު

ތާރީޚް: 10 މޭއި 2009

ޖަވާބު ދެއްވީ : އަލްއުސްތާޛު އަޙްމަދު ނިޡާމް

ސުވާލު: ނަމާދު ކުރާއިރު ބޮލުގައި ރުމާލެއް ނުވަތަ ތާކިހަލެއް ފަދަ އެއްޗެއް އެޅުމުގެ ޙުކުމަކީ ކޮބައިތޯ؟

 

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އާއްމު ގޮތެއްގައި ނަމާދުން ބޭރުގައިވެސް ބޮލުގައި އެއްޗެއް ތުރުކުރައްވާ ކަމުގައި ވެއެވެ. ނަމާދުގައިވެސް އެކަލޭގެފާނު صلى الله عليه وسلم ބޮލުގައި ތުރުކުރައްވާފައިވާ ފޮށާ ނަންގަވާކަމުގައި ޞައްޙަމަގުން އެއްވެސް ޙަދީޘެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ނަމާދުން ބޭރުގައި ބޯ ނިވާކޮށްގެން އުޅޭ މީހަކު ކަމުގައި ވަނީނަމަ ނަމާދުކުރަންވީމާ، ކޮންމެހެން ބޮލުގައި އަޅާފައިވާ އެއްޗެއް ނަގާކަށް ނުޖެހޭނެއެވެ. ހަމައެގޮތަށް ނަމާދުން ބޭރުގައި ބޮލުގައި އެއްޗެއް ނާޅާ މީހަކު ކޮންމެހެން ނަމާދުކުރަންވީމާ، ބޯނިވާކުރާކަށްވެސް ނުޖެހޭނެއެވެ. ސަބަބަކީ ނަމާދުގައި މިއިން އެއްވެސް ގޮތެއް އަނެއް ގޮތަށްވުރެ ރަނގަޅުކަމުގެ ޞައްޙަ ދަލީލެއް ނެތުމެވެ.  والله أعلم

 

ޖަވާބު ދެއްވީ: އަލްއުސްތާޛު އަޙްމަދު ނިޡާމް


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި