Noorul-islam.NET :: ހުކުރަށް ދިޔައިރު ހިނައިގަންނަން ހަނދާން ނެތުނުކަން، މިސްކިތުގައި ހުއްޓާ އެނގުމުން

ހުކުރަށް ދިޔައިރު ހިނައިގަންނަން ހަނދާން ނެތުނުކަން، މިސްކިތުގައި ހުއްޓާ އެނގުމުން
Category »  ސުވާލާއި ޖަވާބު

ތާރީޚް: 2 މޭއި 2009

ޖަވާބު ދެއްވީ : އަލްއުސްތާޛު އަޙްމަދު ނިޡާމް

ސުވާލު: ހުކުރު ދުވަހު ޖިމާޢުވެހުރެ، ހުކުރަށްދާން ފެންވެރި އިރު ހިނައިގަންނާކަށް ހަނދާނެއް ނެތެވެ. ޖިމާޢުވެފައިވާކަން ހަނދާންވީ ހުކުރަށް މިސްކިތަށް އެރިފަހުންނެވެ. އެއިރަކު ގެއަށްގޮސް ހިނައިގަނެގެން އަންނަހާ ވަގުތެއް ނެތެވެ. މިޙާލަތުގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟

 

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ދެޙަދަޘުން ޠާހިރުނުވާ ޙާލުގައި ކުރާ ނަމާދަކީ ޞައްޙަ ނަމާދެއްކަމުގައި ނުވާނެއެވެ. ހުކުރުނަމާދަށް ފެންވެރިއިރު، ޖުނުބުވެރިކަމުން ޠާހިރުވުމަށާއި ހުކުރުނަމާދަށް ހިނައިގަތުމަށް ނިޔަތްގަތްނަމަ، އެއްހިނައިގަތުމުން ދެކަމަށްވެސް ފުދުނީހެވެ. އެހެންނަމަވެސް ފެންވެރިއިރު ނިޔަތްގަނެވިފައިނުވާތީ، މިޙާލަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ފައިބައިގެން ގެއަށް ގޮސް، ހިނައިގަނެ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ކުރުމެވެ. މިގޮތަށް ދިމާވީ ހަނދާންނެތުމުގެ ސަބަބުންކަމަށް ވުމުން އިރާދަކުރެއްވިއްޔާ ހުކުރުނަމާދުގެ ޘަވާބުވެސް ލިބޭނެއެވެ.  والله أعلم

 

ޖަވާބު ދެއްވީ: އަލްއުސްތާޛު އަޙްމަދު ނިޡާމް

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި