Noorul-islam.NET :: ޢަޤީޤާ ކަތިލުން ލަސް ކުރުމުން ފާފަވެރިވާނެތޯ؟

ޢަޤީޤާ ކަތިލުން ލަސް ކުރުމުން ފާފަވެރިވާނެތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 6 މޭއި 2009

ޖަވާބު ދެއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ސުވާލު: ﷲ އަޅުގަނޑަށް ދަރިފުޅަކު ދެއްވިތާ މިހާރު ތިން މަސް ވެއްޖެއެވެ. ނަމަވެސް އަޅުގަނޑު ޢަޤީޤާ ކަތިނުލަމެވެ. މިކަމުގައި އަޅުގަނޑުގެ މައްޗައް ފާފައެއް ވާނެތޯއެވެ؟

 

ޖަވާބު: ޢަޤީޤާ ކަތިލުމަކީ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ގަދަވެގެންވާ ސުއްނަތެކެވެ. އެކަން ނުކުރެވި ދޫކޮށްލުމަކުން ފާފަވެރިއެއްނުވާނެ ކަމުގައި އެބޭކަލުން ވިދާޅުވެއެވެ. އެހެނީ މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. : (مَنْ وُلِدَ لَهُ وَلَدٌ فَأَحَبَّ أَنْ يَنْسُكَ عَنْهُ فَلْيَنْسُكْ ، عَنْ الْغُلامِ شَاتَانِ مُكَافِئَتَانِ، وَعَنْ الْجَارِيَةِ شَاةٌ ).(أبو داود).- މާނައީ: [ ތިޔައިން މީހަކަށް ދަރިއެއް ލިބިއްޖެނަމަ ފަހެ، އޭނާ ބޭނުންނަމަ އެދަރިފުޅަށްޓަކައި ޢަޤީޤާ ކަތިލުން ހުއްޓެވެ. ފިރިހެން ދަރިއެއްނަމަ އެއްވަރުގެ ހަމަހަމަ ދެބަކަރިއެވެ. އަންހެން ދަރިއެއްނަމަ ބަކަރިއެކެވެ.]

މިކަމަކީ ވާޖިބު ކަމެއް ނޫންކަން މިޙަދީޘުން އެބަ އެނގެއެވެ. އަދި އެއީ އެކަން ކުރުމަށް ލޯބިކުރާމީހާގެ މައްޗައް އޮތް ސުއްނަތެއް ކަން ވެސް ދޭހަވެއެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ މިފަދަ ސުއްނަތަކަށް ޢަމަލުކުރުމަކީ މޮޅު ގޮތެވެ. ފިރިހެން ދަރިއަކަށް ދެބަކަރި ކަތިލުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ، އެއްބަކަރި ކަތިލުމުން ވެސް ސުއްނަތް ޙާޞިލުވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުންގެ ކާފަ ދަރިކަލުން ޙަސަނުގެފާނަށް ޓަކައި ކަތިލެއްވެވި ކަމުގައި ވަނީ އެއް ބަކަރިއެވެ.

މިގޮތުން ސުއްނަތް ވެގެންވަނީ ހަތްވަނަ ދުވަހު ކަތިލުމެވެ. އެދުވަހުގައި ބޯބާލައި ކަތިލަންޖެހޭނެއެވެ. ނަމަވެސް ޢުޒުރަކާ ހުރެ ލަސްވެއްޖެ ނަމަ ސުއްނަތް ގޮތަކީ ދެން ސާދަ ވަނަ ދުވަހު ކަތިލުމެވެ. ނޫންނަމަ އެކާވީސް ވަނަ ދުވަހެވެ. އެއަށް ވުރެ ލަސްވެއްޖެ ނަމަ ބޭނުން ދުވަހަކުން ކަތިލެވުނު ކަމުގައި ވިއަސް ސުއްނަތް ފުދުނީއެވެ.] والله أعلم

 

ޖަވާބު ދެއްވީ: އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި