Noorul-islam.NET :: ޖަމާޢަތުގެ ނަމާދާއި ހަށަންބަން ތަކުބީރުގެ މުހިއްމުކަން




ޖަމާޢަތުގެ ނަމާދާއި ހަށަންބަން ތަކުބީރުގެ މުހިއްމުކަން
Category »  އެޑިޓޯރިއަލް

ތާރީޚް: 7 އޭޕްރީލް 2009

ލިޔުއްވީ : މުޙައްމަދު އަނީލް

ނަސޭހަތްދެވުމުގައި އެންމެ އިސްކަންދޭންޖެހޭ ބަޔަކީ ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވާ މީހުންނެވެ. އެފަދަމީހުންނަށް ނަސޭހަތްތެރިވެވެން ޖެހެއެވެ. ނަމާދުގެ މުހިއްމުކަމާބެހޭގޮތުން ވާހަކަ ދެކެވެން ޖެހެއެވެ. ނަމާދު އެޅުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވާހަކަ ދެކެވެން ޖެހެއެވެ.

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ދެވަނަ ރުކުނެވެ. އެ ނަމާދު އަޅައިފިމީހާ ދީން މުގުރާލައިފިއެވެ. އެނަމާދު ޤާއިމު ކުރާ މީހާ ދީން ޤާއިމު ކޮށްފިއެވެ. އެނަމާދަށް ރައްކާތެރިވާ މީހާއަށްޓަކައި އެނަމާދު، ޤިޔާމަތްދުވަހު ނޫރަކަށް އަދި ޙުއްޖަތަކަށް ވާނެއެވެ. އެނަމާދު ޤާއިމު ކުރާމީހާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެއެވެ. އެނަމާދު ދޫކޮށްފި މީހާއަށް ދުނިޔޭގައި ދަތި އުނދަގޫ ދިރިއުޅުމެއް ދެއްވާނެއެވެ.

وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى () قَالَ رَبِّ لِمَ حَشَرْتَنِي أَعْمَى وَقَدْ كُنْتُ بَصِيرًا () قَالَ كَذَلِكَ أَتَتْكَ آَيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنْسَى (طه :24 126)

އަދި ތިމަން އިލާހު ހަނދުމަކުރުމުން އެއްކިބާވާ މީހާ، ފަހެ އެމީހާއަށް ދަތި އުނދަގޫ ދިރިއުޅުމެއް ވެއެވެ. އަދި ތިމަންއިލާހު އެމީހާ މަޙްޝަރު ކުރައްވާހުށީ ލޯފަން މީހެއްގެ ގޮތުގައެވެ. (އެހިނދު) އޭނާ ބުނާނެއެވެ. އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! މިއަޅާ ލޯފަން މީހެއްގެ ގޮތުގައި މަޙްޝަރު ކުރެއްވެވީ ކީއްވެތޯއެވެ؟ ހަމަ ކަށަވަރުން، (ދުނިޔެމަތީގައި) ލޮލަށް ފެންނަ މީހެއްގެ ގޮތުގައި ތިމަންނަ ވީމެވެ. ﷲ ވަޙީކުރައްވާނެއެވެ. ހަމައެގޮތަށް ކަލޭގެ ގާތަށް ތިމަން އިލާހުގެ އާޔަތްތައް އައެވެ. ފަހެ ކަލޭ ހަނދާން ނައްތާލީމުއެވެ. ހަމަ އެފަދައިން މިއަދު ކަލޭ ހަނދުމަ ނައްވާލެވޭ ހުއްޓެވެ.

އެހެންނަމަވެސް މިއަދު ކަންތައް ވެފައިވަނީ އެހެންނެއް ނޫނެވެ. މިއަދު ނަސޭހަތްތައް ވެފައި މިވަނީ ހަމައެކަނި ނަމާދުގެ ޖަމާއަތަށް އަންނަ މީހުންގެ ޙައްޤަކަށެވެ. އަދި އެއީ ހަމައެކަނި އެމީހުންނަށް ޚާއްޞަ އެއްޗަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެމީހެއްގެ ފޭރާމާއި ބޭރުފުށުން މީސްތަކުންނަށް ނަމޫނާއަކަށް ވުމަށް އަޅުގަނޑުމެން އެދޭ މީހާ، ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ސަފުގައި ވުމަށް ވެސް އެދެމުއެވެ. އެކަމުގައިވެސް އޭނާގެ ކިބައިން ނަމޫނާ ބޭނުންވެއެވެ. ހަމައެކަނި ބޭރުފުށަކުން ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ނަމާދު ނިމޭފަހުން މިސްކިތަށް އަރާ މީހުންގެ ތެރޭގައި މިފަދަ އަޚާ ނުވުމަށެވެ. ނުވަތަ ޖަމާޢަތުގެ ދެތިން ރަކުޢަތް ނިމޭފަހުން ޖަމާޢަތުގައި ބައިވެރިވާ މީހުންގެ ތެރޭގައިވެސް ނުވުމަށެވެ. އެހެނެއްކަމަކު ފުރަތަމަ ތަކުބީރާއެކު ޖަމާޢަތުގައި ނަމާދު ކުރާ މީހަކަށް ވުމަށް އެދެމެވެ.

އޭ ﷲ ގެ އަޅުތަކުންނޭވެ! މަދު މިނެޓް ކޮޅެކެވެ. އެހެން ނަމަވެސް އެއިން ގިނަ ދަރުމައާއި ސަވާބު ގެއްލިދަނީއެވެ. އެހެން ކަމުން މި މިނެޓުކޮޅު ބީވެ ދިޔަ ނުދޭށެވެ. އަދި ޢުޛުރުތަކެއް ދައްކައިގެން، ތިޔަބައިމީހުން، ބޮޑުވެގެންވާ ދަރުމައިން އެއްކިބާކޮށްލުމުގެ ދޮރެއް ޝައިޠާނާއަށްޓަކައި ހުޅުވާ ނުލާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ފުރަތަމަ ސަފުގެ އަހުލުވެރިންނަށް ރަޙްމަތް ލައްވައެވެ. އަދި އެއިލާހުގެ މަލާއިކަތުން ފުރަތަމަ ސަފުގެ އަހުލުވެރިންނަށް ރަޙްމަތްލެއްވުން އެދި ﷲ އަށް ދުޢާ ދަންނަވައެވެ.

ތިބާގެ ޙަޔާތުގެ މުހިއްމު ކަންތަކުގެ ލިސްޓުގައި، މުދިމް މީހާގެ ފަހަތުން ބަންގީގެ ކަލިމަތައް ތަކުރާރު ކުރުމާއި، ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތާއި އެއިގެ މާތްކަމާއި، ބަންގިއާއި ޤަމަތާ ދޭތެރޭގެ ނަމާދާއި އެއިގެ މާތްކަމާއި، އަދި ބަންގިއާއި ޤަމަތާ ދޭތެރޭ ވަގުތުގެ ދުޢާ އެއީ މުސްތަޖާބު ދުޢާއެއްކަން ހިމަނާލައިފިނަމަ، އެއްވެސް ޙާލެއްގައި އެއްވެސް ނަމާދެއްގެ ހަށަންބަން ތަކުބީރު އިމާމާއެކު ލިބި ނުގަނެ ގެއްލުވާނުލީހެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ހަށަންބަން ތަކުބީރާއެކު އިމާމާއާ ތަބާވެ، ނަމާދުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެންގެ ބޭރުފުށް ރިވެތިކޮށް އެހެން މީހުންނަށް ނަމޫނާ ދައްކާފަދައިން އަޅުގަނޑުމެންގެ އެތެރެފުށް، ﷲ އަށް ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތިވުމުގެ ސަބަބުން ޒީނަތްތެރިކޮށް ދެއްވުމެވެ.

އެއިލާހީ ދުޢާ އިޖާބަކުރައްވާ، ދީލަތިވަންތަ އިލާހެވެ.

و آخر دعوانا أن الحمد لله رب العالمين

وصلى الله وسلم على نبينا محمد وعلى آله وصحبه ومن تبعهم بإحسان إلى يوم الدين.

 



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި