Noorul-islam.NET :: މުޠުލަޤު ވަރިއަކީ ކޮބައިތޯ؟ އަދި ރުޖޫޢަ ކުރެވޭ ވަރިއަކުން ވަރިވެފައިވާ ދެމީހެއްގެ ދެމެދުގައި، ކައިވެނި ރުޖޫޢަ ނުކޮށް އެއްވެސް ގުޅުމެއް ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟




މުޠުލަޤު ވަރިއަކީ ކޮބައިތޯ؟ އަދި ރުޖޫޢަ ކުރެވޭ ވަރިއަކުން ވަރިވެފައިވާ ދެމީހެއްގެ ދެމެދުގައި، ކައިވެނި ރުޖޫޢަ ނުކޮށް އެއްވެސް ގުޅުމެއް ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 23 މާޗް 2009

ޖަވާބު : ނޫރުލްއިސްލާމް

ސުވާލު:

މުޠުލަޤު ވަރިއަކީ ކޮބައިތޯ؟ އަދި ރުޖޫޢަ ކުރެވޭ ވަރިއަކުން ވަރިވެފައިވާ ދެމީހެއްގެ ދެމެދުގައި، ކައިވެނި ރުޖޫޢަ ނުކޮށް އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟ ( އެ ދެމީހުން އަދި ކައިވެނި ރުޖޫޢަ ނުކޮށް ތިބި ނަމަވެސް އެދެމީހުން ތިބީ މި ޢިއްދައިގައި ކައިވެނި ރުޖޫޢަކުރާ ގޮތަށެވެ.)

 

ޖަވާބު:

މުޠުލަޤު ވަރިއަކީ  އެއްވެސް ޝަރުޠަކާއި ނުވަތަ ޤައިދަކާއަނުލައި ކުރެވޭ ވަރިއެވެ.{ ޝަރުޠު ވަރިއަކީ :އަނބިމީހާއަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ޝަރުޠުކޮށް އެކަމެއް ކުރުމުން ނުވަތަ ނުކުރުމުން ވަރިވުމެވެ. މިސާލަކަށް، ގެއިން ނުކުތިއްޔާ ވަރިވާނެވެ. މިފަދަ ގޮތަކުން ވަރި ވުމެވެ.) މިފަދައިން ޝަރުޠަކާއި ނުލައި ކުރެވޭ ވަރިއަކީ މުޠުލަޤު ވަރިއެވެ.

 

އަނބިމީހާ ތިންފަތްވަރިއަކުން ވަރިނުކޮށް އަދި ޢިޢްދާގައި ވާހިނދަކު އެއީ ރުޖޫޢަކުރެވޭނެ ވަރިއެކެވެ.

ފަހެ އަނބިމީހާ ތިންފަތް ވަރިއަކުން ވަރިނުކޮށް އަދި ޢިޢްދާގައި ވާހިނދު ރުޖޫޢަކުރެވޭނެ ވަނީ ދެގޮތެކެވެ..

1.ފިރިމީހާގެ ދުލުން ދެހެކީންގެ ހާޟިރުގައި ތިމަންނަ ކައިވެނި ރުޖޫޢަ ކޮށްފީމޭ ބުނުމެވެ. ނުވަތަ،

2.އަނބިމީހާއި އެކު އެއްދާން ކުރުމެވެ.

އެހެންކަމުން ކައަވެނި ރުޖޫޢަކުރަން ގަސްތުކޮށްގެން ތިބި ދެމަފިރިއަކު، ޢިއްދައިގެ ތެރޭގައި ދެމަފިރިކަމުގެ ގުޅުން ބޭއްވުމަކީ މައްސަލައެއް ނޫނެވެ. واللّـه أعلم

[ ނޫރުލްއިސްލާމް ]

 



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި