Noorul-islam.NET :: ތަޙިއްޔަތުލްމަސްޖިދު (މަސްޖިދު ސުއްނަތު)ގެ ދެ ރަކްޢަތާ ގުޅޭ ސުވާލު




ތަޙިއްޔަތުލްމަސްޖިދު (މަސްޖިދު ސުއްނަތު)ގެ ދެ ރަކްޢަތާ ގުޅޭ ސުވާލު
Category »  ސުވާލާއި ޖަވާބު

ތާރީޚް: 12 ޖެނުއަރީ 2009

ލިޔުއްވީ : މުޙައްމަދު އަނީލް

ސުވާލު: ނަމާދަށް ދާއިރު މިސްކިތުގައި ތިބި މީހުން ރަވާތިބު ސުންނަތް ކުރަން ފަށާފައި ވާނަމަ އަޅުގަނޑު ފަށަން ޖެހޭނީ މަސްޖިދު ސުންނަތްތަ ނޫނީ ރަވާތިބު ސުންނަތްތަ؟

ޖަވާބު: الحمد لله, والصلاة والسلام على نبينا وسيدنا محمد, وعلى آله وصحابته أجمعين, وبعد:

ތަޙިއްޔަތުލް މަސްޖިދު ނުވަތަ މަސްޖިދު ސުއްނަތަކީ އެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބާރު އަޅުއްވާފައިވާ ގަދަވެގެންވާ ސުއްނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. إِذَا دَخَلَ أَحَدُكُم الْمَسْجِدَ فَلاَ يَجْلِسَ حَتَّى يُصَلِّيَ رَكْعَتَيْنِ[1] ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށްވަދެއްޖެނަމަ 2 ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިށީންނާށެވެ.

މިސްކިތަށް ދެވޭ ވަގުތާއި ޤަމަތްދިނުމާ ދެމެދު މަސްޖިދު ސުއްނަތް (ތަޙިއްޔަތުލްމަސްޖިދު) ގެ ދެ ރަކްޢަތް ކުރުމަށްފަހު ރަވާތިބު ސުއްނަތް އަދާކުރާނެ ވަގުތު އޮތް ނަމަ ކުރެވިދާނެއެވެ.

ނަމަވެސް މޮޅުއިތުރު ވެގެންވަނީ ގޭގައި ސުއްނަތް އަދާކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. أفضل صلاة المرء في بيته؛ إلا المكتوبة[2] ފަރުޟު ނަމާދު ފިޔަވައި މީހާ ކުރާ އެންމެ ހެޔޮ ނަމާދަކީ ގޭގައި ކުރާ ނަމާދެވެ. (އެބަހީ؛ ސުއްނަތް ނަމާދު ކުރުން އެންމެ އައުލާ ވެގެންވަނީ ގޭގައެވެ.)

ނަމަވެސް އެހާވަރަށް ވަގުތު ނެތް ނަމަ ރަވާތިބު ސުއްނަތް ކުރުމުން ފުދޭނެއެވެ. މިގޮތަށް ކުރާއިރު ދެ ނަމާދަށް އެއްކޮށް (އެބަހީ؛ ރަވާތިބު ސުއްނަތަށާއި ތަޙިއްޔަތުގެ 2 ރަކްޢަތަށް) ނިޔަތްގަނެ 2 ރަކުޢަތް ކުރުމުން ފުދޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. [3]

އަދި ހަމަ އެގޮތަށް މިސްކިތަށް ދާއިރު ޖަމާޢަތްފެށިފައިވާނަމަ، އެ ސުއްނަތް އަދާކުރާކަށް ނުޖެހޭނެއެވެ. އެހެނެއްކަމަކު އޭރުން އޭނާ އަށް ޖެހޭނީ ޖަމާޢަތުގައި ބައިވެރި ވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. إذا أُقِيمَت الصلاة فلا صلاة إلا المكتوبة [4] ނަމާދަށް ޤަމަތް ދެވުމުން (އެ ޤަމަތްދެވުނު) ފަރުޟު ނަމާދު ފިޔަވައި އެހެން ނަމާދެއް ނުވެއެވެ.

والله أعلم



[1]  رواه البخاري:444، مسلم :714

[2]  صحيح البخاري:731، صحيح مسلم :781، سنن الترمذي:450، سنن النسائي :1599، سنن أبي داود :1447، مسند أحمد:5/186، موطأ مالك :293، سنن الدارمي :1366.

[3]  مجموع فتاوى العلامة عبد العزيز بن باز رحمه الله ( 11 / 377 )

[4]  رواه مسلم


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި