Noorul-islam.NET :: ﷲއީ ސަބަބުތަކުގައި ހިފުމަށް ފަހު އެކަލާނގެއަށް ވަކީލުކުރާ އަޅުންނަށް މަގުދައްކަވާ ކަލާނގެއެވެ.
ﷲއީ ސަބަބުތަކުގައި ހިފުމަށް ފަހު އެކަލާނގެއަށް ވަކީލުކުރާ އަޅުންނަށް މަގުދައްކަވާ ކަލާނގެއެވެ.
Category »  ވާހަކަ

ތާރީޚް: 7 ޖެނުއަރީ 2009

ލިޔުއްވީ : އަޙްމަދު އަސްލަމް

މާޝާ އަކީ ރީތީގެ ރާނީއެކެވެ. ލިބިފައިވާ ނުކުޅެދުންތެރިކަމާއެކުވެސް ގެވެހި ކުއްޖެކެވެ. ދީނަށް ލޯބިކުރާ ޢިއްފަތްތެރި ދީންވެރިއެއް މެއެވެ. ކިތަންމެ ރީތި ކުއްޖެއް ކަމުގައި ވިޔަސް މާޝާއަކީ ލޯފަން ކުއްޖެއް ކަމުން  އުމުރުން ހަތާވީސް އަހަރު ވީއިރުވެސް ކައިވެނިކުރާނެ މީހަކު ނުވިއެވެ. ނަމަވެސް މާޝާ ގެ ހިތުގައި ކަލާނގެ އާ މެދު އޮންނަ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއި އެކު ހެޔޮ ފިރިއަކު ދެއްވުން އެދިގެން ކުރަމުން ދިޔަ ދުޢާތަކަށް ކުޑަކޮށް ވެސް މަޑުޖައްސާލުމެއް ނުގެނެއެވެ. ލޮލުގެ ޝިފާއަށް އެދިވެސް މާތް ﷲ އަށް ނުހަނު ގިނަގިނައިން ދުޢާކުރެއެވެ. މާޝާގެ ލޮލަށް ބޭސްކުރެވެމުން ދެއެވެ. އެކަމަށްޓަކައި ޢާއިލާއިން ބޮޑު ޚަރަދުތަކެއް ކުރޭ މެއެވެ.

އެތައް ދުވަހަކަށް ފަހު މާޝާގެ އުންމީދު ހަޤީޤަތަކަށް ވެއްޖެއެވެ. ރީތިކަމުގައި މީހުން ހައިރާންކުރާ ފަދަ ސިފަތަކެއް ލިބިފައި ނެތަސް އަދި ކިތަންމެ ފަޤީރަސް، ދީންވެރި، އަޚްލާޤު ރަނގަޅު ޒުވާނަކު މާޝާގެ ކައިވެންޏަށް އެދި މާޝާގެ ޢާއިލާއަށް ހުށައަޅައިފިއެވެ. ހަމައެޔާއި އެކު އެ ހުށައެޅުން މާޝާ ޤަބޫލުކުރީ އުފަލާއި އެކުއެވެ.

ޢާއިލާއިން ނިންމާފައި އޮތީ އޭގެ ދެ މަސް ފަހުން މާޝާ ގެ ކައިވެނީގެ ކަންތައް ނިންމުމަށެވެ.

ދެ ހަފުތާ ފަހުން އަނެއްކާވެސް މާޝާއަށާއި މުޅި ޢާއިލާއަށް ލިބުނީ ހައިރާންކުރުވާ ފަދަ އުފާވެރިކަމެކެވެ. އެންމެ ޅަ އިރުއްސުރެ މާޝާގެ ލޮލަށް ކުރެވެމުން ދިޔަ ފަރުވާ ކާމިޔާބުވީއެވެ. މާތް ﷲ މާޝާއަށް ލޮލުގެ ފެނުން މިންވަރުކޮށްދެއްވީއެވެ. އެކަލާނގެއީ ސަބަބުތަކުގައި ހިފުމަށް ފަހު އެކަލާނގެއަށް ވަކީލުކުރާ އަޅުންނަށް މަގުދައްކަވާ ކަލާނގެއެވެ.

މާޝާއަކީ މިހާރު ލޮލަށް ފެންނަ ކުއްޖެކެވެ. ކައިވެންޏަށް ހަފުތާއަކަށް ވާން ގާތްވިއިރު، މާޝާގެ ކައިވެންޏަށް އެދި ރަށުގައި ތިބި އެންމެ ބޮޑެތި މުއްސަނދީންގެ ރީތި ޒުވާން ކުދީންތައް ހުށައަޅަމުން ދިޔައެވެ.

ނަމަވެސް އެ ހުރިހާ ރީތި މުއްސަނދި ހުށައެޅުންތަކުގެ ކުރިމަތީގައި މާޝާ ގެ އިޚްތިޔާރަކަށް ބަދަލެއް ނުގެނައެވެ. ރަށުގައި ހުރި ފަޤީރު ޢާއިލާއަކަށް އުފަން އެހެނަސް ހީވާގި ޒުވާނާ އަލީފް، މާޝާގެ ޢާއިލާއަށް ހުށައެޅި ހުށައެޅުން އެދުވަހެކޭ އެއްފަދައިން މިއަދުވެސް މާޝާ ޤަބޫލުކޮށްގެން އެހުރީ އުފަލާއި އެކުއެވެ. އެހެނީ މާޝާއަށް އެދުވަހަކަށް ކަލާނގެ މިންވަރުކޮށްދެއްވި ރީތިކަމާއި އެކު ދީންވެރި މާޝާ އާ ޤަބޫލުވެގެން އައީ އަލީފެވެ. ދެން އައި މީހުން އައީ މާޝާގެ ދެލޮލާއި ކައިވެނިކުރާށެވެ. އެފަދަ މީހަކާއި ކައިވެނިކޮށްފި ނަމަ ލޮލުގެ ފެނުން އަނެއްކާ ގެއްލިއްޖެ ނަމައީ ކައިވެނީގެ ނިމުން އަންނާނެކަން މާޝާއަށް ޔަޤީންކުރެވޭތީއެވެ. 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި