Noorul-islam.NET :: ރީތީގެ ރާނީއަކަށް ވުމަށްޓަކައި..؟

ރީތީގެ ރާނީއަކަށް ވުމަށްޓަކައި..؟
Category »  އުޚްތުން

ތާރީޚް: 6 ޖެނުއަރީ 2009

ތަރުޖަމާ ކުރެއްވީ: : [ ބިލާލް ]


 

 

 

ލޮބުވެތި އުޚްތެވެ. ތިބާ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ބޭނުންވަނީ އެތެރެއާއި ބޭރުން ރީތިކަމަށް ލާމަސީލު އަންހެނެއްގެ ގޮތުގައި ކަމަށް ވަނީ ނަމަ ތިރީގައި ކުރުގޮތަކަށް ބަޔާންކޮށްލެވިފައިވާ އިރުޝާދުތަކަށް ބަލާލުން ކީއްތޯއެވެ.

1.     ތިބާގެ ލޯ ރީތިކުރުމަށްޓަކައި، ކައިވެނި ޙަލާލް ފިރިހެނުންގެ ޙާޒިރުގައި ބެލުން ތިރިކުރާށެވެ. އޭރުން ތިބާގެ ދެލޮލަށް ރައްކާތެރިކަން ލިބޭނެއެވެ.

2.      މޫނު އަލިކޮށް އުޖާލާކޮށް ބެހެއްޓުމަށްޓަކައި ދުވާލަކު މަދުވެގެން ފަސްފަހަރު ވުޟޫކުރާށެވެ.

3.      ޖާދުވީ ތުންފަތެއް ބަހައްޓަން ބޭނުން ކަމުގައިވާ ނަމަ، މެދުކެނޑުމެއް ނެތި ހެޔޮ ބަސްތަކާއި ﷲ ރުއްސަވާނެ އެންމެހައި އެއްޗެއް ކިޔާށެވެ.

4.      މޫނުގެ ތަފާތު މޭކަޕެއް ޖައްސަން ބޭނުންނަމަ "ލަދު" ބްރޭންޑްގެ މޭކަޕް ސެޓެއް ހޯދާށެވެ. އަދި ﷲ ގެ ރުހިވޮޑިގަތުން ލިބެން ނެތް ކޮންމެ ކަމެއް ކުރަން ހިތަށް އަރާ ދަނޑިވަޅުގައި އެކަލާނގެއަށް ފުރިހަމައަށް ލަދުވެތިވާށެވެ.

5.      ތިބާގެ މޫނާއި ހަށިގަނޑު އިލާހީ ނޫރުން އަލިކުރުމަށްޓަކައި އިސްތިޣްފާރު[1] "ސައިބޯނި" ބޭނުންކުރާށެވެ.

6.      ތިބާގެ ހަށިގަނޑު އަވީން ސަލާމަތްވުމަށްޓަކައި ކުޑަޔަކަށް ވުރެ ބޮޑަށް އެދެވިގެންވަނީ އިސްލާމީ ފުރިހަމަ ޙިޖާބުން ރައްކާތެރިކަން ހޯދުމެވެ. އެހެނީ އެ ޙިޖާބު ތިބާ އިރުގެ ދޯދިތަކުން ސަލާމަތް ކޮށްދިނުމުގެ އިތުރުން ހިލޭ ފިރިހެނުންގެ ނުރައްކާތެރި ބެލުންތަކުން ރައްކާތެރިކޮށްދޭނެއެވެ. 

7.      ތިބާގެ އަތުގައި ކިޔަމަންތެރިކަމުގެ ތަނޑިއަޅާށެވެ. އަދި ބޭނުންޖެހިފައިވާ މުސްލިމުންނަށްޓަކައި މުށްބާރުކޮށް ނުލާށެވެ.

8.      ހިތުގެ ބަލިތަކުން ސަލާމަތްވުމަށްޓަކައި ތިބާއަށް އަނިޔާވެރިވެ، ބޭވަފާތެރިވީ މީހުންނަށް މާފުކުރާށެވެ.

 

މަތީގައި އެވާ ކުރު އިރުޝާދުތަކުގެ އިތުރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި އެންމެހައި އެންގެވުންތަކަށް ތަބާވެއްޖެނަމަ ތިބާ ވާނީ ރީތީގެ ރާނީއަކަށެވެ. ސުވަރުގޭގެ ގަނޑުވަރުތަކުގެ ތެރޭގައެވެ. މާތްކަމާއި ޢިއްޒަތުގައެވެ. ނިޢުމަތާއި އުފަލުގައެވެ. އަރާމާއި ހިތްހަމަޖެހުމުގައެވެ.



[1]  އިސްތިޣްފާރު ކުރުމަކީ މާތްﷲގެ ކިބައިން ފާފަ ފުއްސަވައި ދެއްވުމަށް އެދި ދެންނެވުމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި